މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅުގެ ޑިޒައިން ނުނިމޭ!

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ރަސްމީ ގެކޮޅު އިމާރާތްކުރާ ބިން: ކުރިން ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މި ބިން ހުސްކޮށް، ސާފުކޮށްފައި އޮންނަތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައި. -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ރަސްމީ ގެކޮޅު އިމާރާތްކުރާ ބިން: ކުރިން ޕާކިން ޒޯނެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މި ބިން ހުސްކޮށް، ސާފުކޮށްފައި އޮންނަތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައި. -- ފޮޓޯ: އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު ފަރުމާކުރުމުގެ މަސައްކަތް އަދިވެސް ނުނިމޭ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

އެ ދެ ގެކޮޅު ފަރުމާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވޭތުވެދިޔަ އަހަރުގެ ޖުލައި މަހު ވެސް ޕްލޭނިން މިނިސްޓްރީން ބުނެފައިވެ އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މި ނޫހަށް ވިދާޅުވީ "[ރަސްމީ އެ ދެ ކޮޅު] ޑިޒައިން ކުރުން އަދިވެސް ދަނީ ކުރިއަށް" ކަމަށެވެ. އެ މަސައްކަތް ނިމޭނެ ވަކި ތާރީހެއް އޭނާ ވިދާޅެއް ނުވެ އެވެ.

Advertisement

ދައުލަތް މި ދެ ބާރުގެ ވެރިންނަށް ރަސްމީ ގެކޮޅު ކަނޑައެޅުއްވުމަށް ނިންމެވީ، މޭ 6، 2021 ގައި ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަހު އެވެ.

މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް ޑަންޑެހިލުގޭގެ ބިމުގައި އިމާރާތްކުރުމަށްޓަކައި، އެ ބިން ސާފުކޮށްފައި އޮންނަތާ ވެސް ގިނަ މަސްތަކެއް ވަނީ ވެފަ އެވެ. ދާއިމީ ގެކޮޅު އިމާރާތް ކުރެވެންދެން ނަޝީދު ދިރިއުޅުއްވުމަށް ދައުލަތުން ހަމަޖައްސަވާފައި ވަނީ މ. މުރައިދޫގެ އެވެ.

އުއްތަމަ ފަނޑިޔާރުގެ ރަސްމީ ގެކޮޅު އިމާރާތް ކުރަން ނިންމާފައި ވަނީ މަޖީދިއްޔާ ސްކޫލްގެ ކުރިމަތީގައި، ކުރިން ސްކައުޓް އެސޯސިއޭޝަން ހިންގި އިމާރާތް ހުރި ބިމުގަ އެވެ. އުއްތަމަ ފަނޑިޔާރަށް ވަގުތީ ގެކޮޅެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ރެހެންދި ފްލެޓް ހުންނަ ދައުލަތުގެ އެޕާޓްމެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox