އީގަލްސް އިން ތައްޔާރުވީ މުބާރާތުގެ ތަށްޓައް އަމާޒުކޮށް: ނިމާ

ފައިނަލް މެޗުގެ ކުރިން ނިމާ އިންޓަވިއު ދެނީ: އީގަލްސްގެ އަމާޒަކީ ތަށި ހޯދުން ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފައިނަލް މެޗުގެ ކުރިން ނިމާ އިންޓަވިއު ދެނީ: އީގަލްސްގެ އަމާޒަކީ ތަށި ހޯދުން ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ތަށި ހޯދުމަކީ މި ފަހަރުގެ މުބާރާތަށް ތައްޔާރުވިއިރު ވެސް ކްލަބް އީގަލްސްގެ ފޯކަސް ކަމަށާއި އެ ޓީމު އޮތީ ފައިނަލަށް ފުރިހަމައަށް ތައްޔާރުވެފައި ކަަމަށް ކޯޗު އަހުމަދު ނިމާދު (ނިމާ) ބުނެފި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އީގަލްސް އިން ވަނީ މިހާތަނަށް ޔޫތު ޗެމްޕިއަންޝިޕްގެ ނުވަ މުބާރާތް ކުޅުނުއިރު، ހަތް މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. ހަތަރު ފަހަރު ތަށި އުފުލާލި އީގަލްސް އިން މުޅިން ވެސް ކާމިޔާބުކުރީ 21 އަހަރުން ދަށަށް މުބާރާތް ބޭއްވިއިރު އެވެ. ޔޫތު މުބާރާތް 19 އަހަރުން ދަށަށް ބޭއްވި ހަމައެކަނި ފަހަރު 2018 ވަނަ އަހަރު އީގަލްސް ވަނީ ކްލަބް ގްރީން ސްޓްރީޓްސް އަތުން ފައިނަލުގައި ބަލިވެފަ އެވެ. އެހެންވެ، މި ފަހަރުގެ ފައިނަލުން މިއަދު އީގަލްސް އަށް މޮޅުވެ، މި އުމުރުފުރާގެ ތަށްޓެއް އުފުލާލުމަކީ ބޮޑު އަމާޒެކެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތުގެ ފައިނަލުން އީގަލްސް ޖާގަ ހޯދީ ސެމީގައި ޓީސީ ސްޕޯޓްސް ކުލަބު 1-0 އިން ބަލިކޮށްގެންނެވެ. ސަސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 3-2 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްގެންނެވެ. އީގަލްސް އާއި ސަސް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅެފަ އެވެ. އެ މެޗުން ސަސް އަތުން 1-0 އިން އީގަލްސް މޮޅުވީ އެވެ.

ފައިނަލް މެޗަށް ޓީމުގެ ތައްޔާރީތަކާ ގުޅޭގޮތުން ނިމާ ބުނީ މުބާރާތަށް އީގަލްސް ތައްޔާރުވީ ތަށި ހޯދަން ކަމަށާއި އެކަން ހާސިލްކުރަން ކުރިއަށް އޮތް ފައިނަލުން މޮޅުވާން ބޭނުންވާ ކަމަށެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ކޮޅަށް ގޯލެއް ވެސް ނުވަދެ، ފުރިހަމަ ރެކޯޑަކާ އެކު ފައިނަލަށް އާދެވުމަކީ ޓީމަށް ލިބުނު ބޮޑު ކޮންފިޑެންސެއް ކަމަށް ނިމާ ގަބޫލުކުރެ އެވެ. މިއަދުގެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެ ތަށި ކާމިޔާބުކުރަން ޓީމް އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށް ނިމާ ވަނީ ބުނެފަ އެވެ.

"އީގަލްސް އިން މުބާރާތަށް ތައްޔާރުވީ ވެސް ސީދާ ހަމަ ތައްޓަށް އަމާޒުކޮށްގެން. އެގޮތަށް ހުރިހާ ވިސްނުމެއް ހުރީވެސް. ކޮންމެ މެޗަކަށް ނިކުންނައިރު ވެސް އިތުބާރު އޮވޭ. ފައިނަލަށް ތައްޔާރުވެފައި ޓީމު އޮތީ،" ނިމާ ބުންޏެވެ.

އީގަލްސްގެ ކޯޗު ނިމާވަނީ ޔޫތު ޓީމުގެ ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިންގެ ތެރެއިން 27 ކުޅުންތެރިއަކަށް މިހާތަނަށް އެ ޓީމު މި މުބާރާތުގައި ކުޅުނު ފަސް މެޗުގައި ފުރުސަތު ދީފަ އެވެ. ފައިނަލަށް ނުކުންނައިރު، ޓީމުގެ ހާލަތާއި ގުޅޭގޮތުން ނިމާ ބުނީ ކޮވިޑް-19ގެ ހާލަތާއި އަނިޔާގެ އެކި މައްސަލަތަކު ކަންކަން ކުރިމަތިވެ، އެ ފަދަ ގޮންޖެހުންތަކުގެ ތެރެއިން ވެސް ޓީމުގެ ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދެވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެންމެ ބޮޑު އުފަަަލަކީ ލިބޭ ފުރުސަތުގައި ތަފާތު ދައްކަން ކޮންމެ ކުޅުންތެރިއަކު ވެސް ކުރާ މަސައްކަތް ކަމަށް ނިމާ ބުނެފައިވެ އެވެ.

"ކޮންމެ ކުޅުންތެރިއަކުވެސް ވަރަށް މޮޅަށް ކުޅޭ. އެއީ ބޮޑު ހިތްހަމަޖެހުމެއް. ކުޅުންތެރިއަކަށް އަނިޔާވިޔަސް ދެން އަރާ ކުޅުންތެރިއަކު އެތަން ފޫބައްދާ،" ނިމާ ބުންޏެވެ.

ޔޫތު މުބާރާތުގެ ތެރެއިން ކުޅުންތެރިން ޑިވެލޮޕްކޮށްގެން އީގަލްސް އިން އަންނަނީ ސީނިއާ ޓީމަށް ވެސް ގިނަ ކުޅުންތެރިންތަކެއް ނަގަމުންނެވެ. އަބަދުވެސް ޔޫތު މުބާރާތަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކްލަބެއްގެ ގޮތުގައި އޮތް އީގަލްސް އިން މި ފަހަރުގެ ޔޫތު މުބާރާތަށް ޓީމެއް އެކުލަވާލަން ވެސް ވަނީ ދުރާލާ ޓްރަޔަލްތަކެއް ބާއްވައިގެން ރަނގަޅު ކުޅުންތެރިންތަކެއް ހޯދައިފަ އެވެ.

ސަސް އާއި އީގަލްސް ކުޅޭ ޔޫތު ޗެމްޕިއަންޝިޕް ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox