ސަސް އިން ފައިނަލަށް ނުކުންނަނީ ޕްރެޝަރެއް ނެތި: ފަރީދު

ސަސްގެ ކޯޗު މުހައްމަދު ފަރީދު: ސަސް އަށް ފައިނަލުން މޮޅުވުމުގެ މާ ބޮޑު ޕްރެޝަރުތަކެއް ނެތް ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަސްގެ ކޯޗު މުހައްމަދު ފަރީދު: ސަސް އަށް ފައިނަލުން މޮޅުވުމުގެ މާ ބޮޑު ޕްރެޝަރުތަކެއް ނެތް ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިއަދު ހަވީރު ކްލަބް އީގަލްސްއާ ދެކޮޅަށް ނިކުންނައިރު އެއްވެސް ޕްރެޝަރެއް ޓީމަށް ނެތް ކަމަށާއި، އެ ޓީމަށް ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ކަމަށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކޯޗު ފަރީދު މުހައްމަދު (ފަރިއްޓެ) ބުނެފިއެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުން ސަސް ޖާގަ ހޯދީ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން 3-2 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްގެންނެވެ. ކުލަބު އީގަލްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި ޓީސީ ސްޕޯޓްސް ކުލަބު 1-0 އިން ބަލިކޮށްގެންނެވެ. ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ހަތް ވަނަ ފަހަރަށް އީގަލްސް އިން ކުޅޭއިރު، މިއީ ސަސް އިން މި މުބާރާތުގައި ވެސް ކުޅޭ ފުރަތަމަ ފަަހަރެވެ. މިއީ ސަސްގެ އަލަތު ފައިނަލެވެ.

ފ.ނިލަންދޫގައި ޓާފް ދަނޑުގައި މިއަދު ކުޅޭ ފައިނަލް މެޗުގެ ކުރިން އިއްޔެ ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކަށް ފަހު ފަރިއްޓެ ބުނީ ސަސް އަށް ފައިނަލާ ހަމައަށް އާދެވުމަކީ ވެސް ބޮޑު ކާމިޔާބެއް ކަމަށެވެ. ފައިނަލަށް ނިކުންނައިރު އެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ފަރިއްޓެ ގަބޫލުކުރެ އެވެ .

"އަސްލު މި ޓީމު މިހާ ހިސާބަށް އައުމަކީ ވެސް ބޮޑު ކާމިޔާބީ އެއް. ވަރަށް ބޮޑަށް މި ކުޅުންތެރިން ހިތްވަރު ކޮށްގެން މިހާ ހިސާބަށް މި އައީ. ފައިނަލަށް ނިކުންނައިރު ޓީމަށް ގެއްލޭނެ އެއްޗެއް ނެތް. އެގޮތަށް ކުޅުންތެރިންނަށްވެސް ވިސްނައިދެނީ މި،" ފަރިއްޓެ ބުންޏެވެ.

ސަސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކީޕަރު މީސަމް: ސެމީގައި ޔުނައިޓެޑް ވިކްޓްރީ އަތުން ސަސް މޮޅުވުމުގައި މީސަމް މުހިންމު ރޯލެއް ކުޅެފައިވޭ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ސަސް އަދި އީގަލްސް ހިމެނުނީ އެއް ގްރޫޕެއްގަ އެވެ. ގްރޫޕްގެ ސްޓޭޖުގެ މެޗުގައި ދެ ޓީމު ވާދަކޮށް ސަސް ބަލިވީ 1-0 އިންނެވެ.

ފަރިއްޓެ ބުނީ ގްރޫޕް ސްޓޭޖުގައި އީގަލްސް އަތުން ބަލިވުމުން ފައިނަލަށް ގޮސްފިނަމަ ވެސް އެ ޓީމާ ކުޅެން ޖެހިދާނެ ކަމަށް ބެލެވުނު ކަމަށެވެ. އީގަލްސް އަކީ ޔޫތު މުބާާރާތްތައް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ ޓީމެއް ކަމަށްވާއިރު، އެ ޓީމުގެ އެ ކާމިޔާބީތަކަށް ފަރިއްޓެ ވަނީ އިހުތިރާމް އަދާކޮށްފަ އެވެ.

ކޯޗިން ކެރިއަރުގެ ކުރީކޮޅު ހެޑް ކޯޗެއްގެ ގޮތުގައި ސަސް ގޮވައިގެން ފައިނަލަށް އާދެވުން ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން ފަރިއްޓެ ބުނީ ކޯޗިން ކެރިއަރުގައި ހޯދި އެންމެ ބޮޑު ދެ ކާމިޔާބަކީ ދަ ގްރާންޑޭ ފުރަތަމަ ޑިވިޝަނަށް ކޮލިފައިކޮށްދިނުމުގެ އިތުރުން 19 އަހަރުން ދަށުގެ ޓީމުގެ ކޯޗިން ސްޓާފަކަށް ހުރެ ލޯ މެޑަލް ހޯދުން ކަމަށެވެ. އެ ދެ ކާމިޔާބީއާ ދެން ހަމަކުރުމާ ގާތަށް ދާނެ އެއް ކަމަކީ ސަސްއާ އެކު ޔޫތު މުބާރާތުގެ ފައިނަލަށް އާދެވުން ކަމަށް ފަރިއްޓެ ބުންޏެވެ.

ފަރިއްޓެ ބުނީ ކުޑަ ދުވަސްކޮޅެއްގައި ޒުވާން ޓީމެއް ތައްޔާރުކުރުމަކީ ބޮޑު ޗެލެންޖެއް ކަަމަށެވެ. ސަސް ގޮވައިގެން ކުރި އެ މަސައްކަތަށް އިޝާރާތްކޮށް، ފަރިއްޓެ ބުނީ ބޮޑެތި ޓީމްތައް ފަހަތަށް ޖައްސާލުމަށް ފަހު ސަސް މި ފައިނަލުގައި ކުޅުން އޭނާގެ ކެރިއަރުގައި ހާއްސަވާނެ ކަމަށެވެ.

"އަސްލު މިއީ ވަރަށް ހާއްސަ ފައިނަލެއް. ހުރިހާ ގޮތަކުން ވެސް. ކުޑަ ދުވަސްކޮޅެއްގައި ޓީމެއް ތައްޔާރުކޮށް މި މެނޭޖްމަންޓާ އެކު މިކަން ކުރެވުން މިއީ ވަރަށް ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެކެނީ." ފަރިއްޓެ ބުންޏެވެ.

ފައިނަލަށް ނުކުންނައިރު، ފަރިއްޓެ ބުނީ ސަސްގެ ތައްޔާރީތަކާއި ފިޓްނަސް ހުރި ލެވަލާ މެދު ހިތްހަމަޖެހޭ ކަމަށާއި ރަނގަޅު މެޗެއް ކުޅެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ސަސް އާއި އީގަލްސް ކުޅޭ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox