އަފްގާނިސްތާނުގެ ހަތް ބިލިއަން ޑޮލަރު ބޭނުން ކުރަން އެމެރިކާއިން ވިސްނަނީ

އެމެރިކާގެ ވިސްނުމަކީ ސެޕްޓެމްބަރު 11 ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އަފްގާނިސްތާނުގެ ފައިސާއިން ބަދަލު ދޭން. -- ފޮޓޯ: ގެޓީ އިމޭޖާޒް

އެމެރިކާގެ ވިސްނުމަކީ ސެޕްޓެމްބަރު 11 ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް އަފްގާނިސްތާނުގެ ފައިސާއިން ބަދަލު ދޭން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ތާލިބާނުން ވެރިކަމަށް އައުމުން އެމެރިކާއިން ހިފެހެއްޓި އަފްގާނިސްތާނުގެ ހަތް ބިލިއަން ޑޮލަރު ބޭނުންކޮށްގެން ސެޕްޓެމްބަރު 11 ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ ބަދަލު ދޭން އެމެރިކާ ސަރުކާރުން ވިސްނަން ފަށައިފި އެވެ.

މިދިޔަ އޯގަސްޓް މަހު އެމެރިކާއިން ހިފެހެއްޓި ފައިސާއިން ތާލިބާނަށް ސީދާ ފައިދާއެއް ނުވާނެ ގޮތަކަށް ބޭނުން ކުރަން އެމެރިކާއަށް ދަނީ ޕްރެޝަރު ބޮޑުވަމުންނެވެ.

އެމެރިކާ ސަރުކާރުން އެ ފައިސާ ހޭދަކުރަން ވިސްނާ ގޮތް ހާމަކުރުމާ އެކު ތާލިބާން ތަރުޖަމާނަކު ބުނީ އެއީ "ވައްކަން" ކަމަށާއި އަދި އެއީ "ދިރިއުޅުމުގައި ރީތި ސިފައެއް ނެތް ކަމުގެ ހެއްކެއް" ކަމަށެވެ.

އެމެރިކާއިން ހިފެހެއްޓި ހަތް ބިލިއަން ޑޮލަރުގެ އިތުރުން ޔޫރަޕުން ހިފަހައްޓާފައިވާ ދެ ބިލިއަން ޑޮލަރަކީ ފާއިތުވި 20 އަހަރު ބައިނަލްއަގްވާމީ އެހީގެ ގޮތުގައި އެކި ގައުމުތަކާއި ޖަމިއްޔާތަކުން އަފްގާނިސްތާނަށް ދީފައިވާ ފައިސާ އެވެ.

އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ހުކުރު ދުވަހު ބުނީ އެ ފައިސާއިން 3.5 ބިލިއަން ޑޮލަރުގެ ޓްރަސްޓް ފަންޑެއް ގާއިމްކޮށް، ތާލިބާނަށް އެހީ ނުވެ، އަފްގާން ރައްޔިތުންނަށް ދިމާވެފައިވާ އިންސާނީ ކާރިސާއިން އެހީވެވޭނެ ގޮތް ބަލާނެ ކަމަށެވެ.

ބާކީ ފައިސާ ހަރަދު ކުރަން ވިސްނަނީ ސެޕްޓެމްބަރު 11، 2001 ވަނަ އަހަރު އަލް ގައިދާއިން އެމެރިކާގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ފައިސާގެ ބަދަލުގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ވަކި ގޮތެއް އަދި ނުނިންމަ އެވެ.

އެ ހަމަލާގައި މަރުވި މީހުން ނިސްބަތްވާ 150 އާއިލާއަކުން ވަނީ 2010 ވަނަ އަހަރު ތާލިބާނާއި އަލް ގައިދާއާ ދެކޮޅަށް ދައުވާ އުފުލާފަ އެވެ. އެ ހަމަލާ ދިނީ އަލް ގައިދާއިން ކަމަށްވާ އިރު، އަލް ގައިދާއަށް ހިމާޔަތް ދިނީ ތާލިބާނުން ކަމަށް އެމެރިކާއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox