އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިނުލައްވާނެކަން ޝާހިދު ހާމަކުރައްވައިފި

މިނިސްޓަރު ޝާހިދު: އިތުރު މަގާމަކަށް ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވި --

މިނިސްޓަރު ޝާހިދު: އިތުރު މަގާމަކަށް ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވި --

މިވަގުތު އިތުރު މަގާމަކަށް ޝައުގުވެރިކަން ނެތް ކަމަށް ވިދާޅުވެ, ވެރިކަން ކުރާ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިނުލައްވާނެކަން ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ހާމަކުރައްވައިފި އެވެ.

ޝާހިދު މިހެން ވިދާޅުވީ, އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އޭނާ ކުރިމަތިލައްވަން ނިންމެވި ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށެވެ. އަދި އެގޮތަށް ޝާހިދު ނިންމެވި ކަމަށް އެމްޑީޕީގެ ބައެއް ބޭފުޅުން މި ނޫހަށް ވެސް ވިދާޅުވެފައިވަނިކޮށެވެ.

ނަމަވެސް, މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ޝާހިދު ފޮނުއްވި މެސެޖްގައި ވިދާޅުވީ މިވަގުތު އިތުރު މަގާމަކަށް ޝައުގުވެރިކަން ނެތް ކަމަށެވެ.

މިހާރުގެ ޗެއާޕާސަން ހަސަން ލަތީފްގެ މަގާމުގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާއިރު އެ އިންތިހާބު ބާއްވާނެ ތާރީހެއް މިރޭ ގައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކުރަން ވަނީ އެޖެންޑާކޮށްފަ އެވެ.

މަގާމަށް ކުރިމަތިނުލައްވާނެކަން ޝާހިދު ހާމަކުރެއްވިއިރު, އެސްޓީއޯގެ އެމްޑީ ހުސެއިން އަމްރު ވަނީ ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަމްރުއަކީ މިވަގުތު އެމްޑީޕީ ގައުމީ މަޖިލީހުގެ މަތި ދެކުނު ޕްރޮވިންސްގެ ރައީސް އެވެ.

"އެމްޑީޕީގެ ސިޔާސަތު ކޮމިޓީގެ ރައީސް އާއި ކެމްޕޭން ކޮމިޓީގެ މެމްބަރެއްގެ ހައިސިއްޔަތުން ގިނަ މަސައްކަތްތަކެއް އަޅުގަނޑަށް ވަނީ ކުރެވިފައި. ކުރިމަތި މިލަނީ ޕާޓީއަށް ގެންނަން ޖެހޭ ބަދަލުތައް ވަރަށް ރަނގަޅަށް އެނގޭތީ،" ޗެއާޕާސަން ކަމަށް ވާދަކުރައްވާނެކަން "އަދަދު" އަށް ކަށަވަރު ކޮށްދެއްވަމުން އަމްރު ވިދާޅުވި އެވެ.

އަމްރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވެސް މަގާމަށް ކުރިމަތިލައްވާނެކަން ވަނީ ޔަގީންވެފަ އެވެ. ފައްޔާޒަކީ މި ސަރުކާރުގައި އެންމެ ނުފޫޒުގަދަ މިނިސްޓަރުންގެ ތެރޭ ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި, ފޮރިން މިނިސްޓަރު ޝާހިދާ ވެސް ވަރަށް ގާތުން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox