ލުކާކޫގެ ގޯލުން ޗެލްސީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

Feb 9, 2022, 9:13 PM
ލުކާކޫގެ ގޯލުން ޗެލްސީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

އަބޫ ދާބީ، ޔޫއޭއީ (ފެބްރުއަރީ 10) - ރޮމެލޫ ލުކާކޫގެ ގޯލުން 1-0 އިން އޭޝިއާގެ ޗެމްޕިއަން ސައުދީ އަރަބިއްޔާގެ އަލް ހިލާލް ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަން ޗެލްސީން ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިއީ ޗެލްސީން އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އުމުރުން 28 އަަހަރުގެ ލުކާކޫ ޖެހި ފުރަތަމަ ގޯލެވެ.

ހޮނިހިރު ދުވަހުގެރޭ ކުޅޭ މި ފަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ޗެލްސީ ނުކުންނާނީ ބްރެޒިލްގެ ޕަލްމެއިރާސްއާ ދެކޮޅަށެވެ. ޕަލްމެއިރާސް އިން ފައިނަލުގެ ޖާގަ ހޯދީ އެފްރިކާގެ ޗެމްޕިއަން އަލް އަހްލީ އަތުން ސެމީ ފައިނަލުގައި 2-0 އިން މޮޅުވެގެންނެވެ.

ޔޫއޭއީގެ މުހައްމަދު ބިން ޒައިދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ޗެލްސީގެ ހަކީމް ޒިޔެޗް އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ. އޭގެ ފަހުން މެޗުގެ 18 ވަނަ މިނިޓްގައި އޭރިއާތެެރެއިން ލުކާކޫ އަށް ލިބުނު ބޯޅަ އޭނާ ފަޔަށް ރަނގަޅަށް އަރާ ގޮތެއްނުވި އެވެ.

އެކަމަކު، މެޗުގެ 32 ވަނަ މިނިޓްގައި ލުކާކޫ ވަނީ ލިބުނު ފުރުސަތުގެ ބޭނުންހިފައި ގޯލު ޖަހައިފަ އެވެ. ޗެލްސީގެ ކައި ހަވާޓްޒް އަރިމަތިން ނެގި ހުރަހެއް ދިފާއުކުރަން އަލް ހިލާލް ކުޅުންތެރިން ކުރި މަސައްކަތުގައި ކުޑަ އޭރިއާތެރެއިން ލުކާކޫ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން މިނިޓް ތެރޭ ހަވާޓްޒް ޗެލްސީގެ ލީޑުފުޅާކުރަން އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ޒިޔެޗް ޖެހި ބޯޅައެއް އަލް ހިލާލްގެ ކީޕަރު އަލް މަޔޫފް ވަނީ މަތަކޮށްފަ އެވެ.

އަލް ހިލާލުން ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ދެ ހަމަލާއެއް ފޮނުވާލި އެވެ. އެ ގޮތުން އަލް ހިލާލްގެ ފޯވާޑް، ކުރިން ޕޯޓޯ އަށް ކުޅުނު މޫސާ މަރޭގާ އޭރިއާތެެރެއިން ޖެހި ބޯޅަ އާއި އޭރިއާބޭރުން މުހައްމަދު ކާނޯ ޖެހި ބޯޅަ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ މަތަކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޗެލްސީގެ ކޯޗުކަމާ ހަވާލުވި ޖަރުމަނުގެ ކޯޗު ތޯމަސް ޓުޗެލް ހަވާލުވިތާ މިވީ 379 ދުވަސް ތެރޭ އޭނާ ޗެލްސީ ގޮވައިގެން ނުކުތް ހުރިހާ މުބާރާތެއްގެ ފައިނަލުގައި ވަނީ ކުޅެފަ އެވެ. މިިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުނުއިރު، މި ފަހަރުގެ ސީޒަން ފެށުމުގެ ކުރިން ޔުއެފާ ސުޕަ ކަޕް ފައިނަލް ކުޅުނެވެ. އަދި މި ސީޒަނުގައި މި ވަނީ އިނގިރޭސި ލީގު ކަޕާއި ކްލަބް ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

އެކަމަކު، މިރޭގެ މެޗުގައި ޓުޗެލް އަށް ޗެލްސީ ބެންޗުން ފުރުސަތެއް ނެތެވެ. އެއީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ ކަރަންޓީނުގައި ހުންނަން ޖެހިފައިވާތީ އެވެ. ޗެލްސީ ޓީމަށް ބެންޗުން އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު ޒްސްކޮޓް ލޯ އެވެ.

ޗެލްސީ އަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ތެރެއިން ތަށި ނުހޯދި އޮތީ ކްލަބް ވޯލްޑް ކަޕްގެ އެވެ. ޗެލްސީން 2012 ވަަނަ އަހަރުގެ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުގައި ކުޅުނު ނަމަވެސް ވަނީ ބްރެޒިލްގެ ކޮރިންތިއަންސް އަތުން 1-0 އިން ބަލިވެފަ އެވެ. މި ފަހަރުގެ ފައިނަލުގައި ވެސް ޗެލްސީ ކުޅެން ޖެހިފައި އޮތީ ބްރެޒިލްގެ ކްލަބަކާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox