އެލައިޑުން ބަދަލުގެ ގޮތުގައި މިދިޔަ އަހަރު 250.7 މިލިއަން ރުފިޔާ ދޫކޮށްފި

އެލައިޑު އިންޝުއަރެންްސްގެ ސްޓޯލެއް: މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް އެންމެ ބޮޑު ބަދަލެއް ދިނީ މިދިޔަ އަހަރު-- އަދަދު ފައިލް ފޮޓޯ

އެލައިޑު އިންޝުއަރެންްސްގެ ސްޓޯލެއް: މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ވެސް އެންމެ ބޮޑު ބަދަލެއް ދިނީ މިދިޔަ އަހަރު-- އަދަދު ފައިލް ފޮޓޯ

އެލައިޑު އިންޝުއަރެންސް ކުންފުނިން މިދިޔަ އަހަރު 250.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެލައިޑުން ބުނި ގޮތުގައި ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު ވެސް މިދިޔަ އަހަރަކީ އެލައިޑުގެ ކަސްޓަމަރުންނަން އެންމެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޫކުރެވުނު އަހަރެވެ.

"މިދިޔަ އަހަރު ދޫކުރި ބަދަލުގެ ތެރޭގައި ހިމެނޭނެ އެހެން އަހަރު ތަކުގައި ކްލޭމް ކޮށްފައި ހުރި ބަދަލުވެސް،" އެލައިޑުގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ފިރުޝާން ވިދާޅުވި އެވެ.

Advertisement

އެލައިޑުން ބަދަލުގެ ގޮތުގައި 2020 ވަނަ އަހަރު ދޫކޮށްފައިވަނީ 107.6 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ ކުންފުނިން ވިޔަފާރި ކުރާ ފަރާތްތަކާއި އާންމުންނާ ގުޅުންހުރި ވަރަށް ގިނަ ޕޮލިސީ ތަކެއް ތައާރަފު ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އިސްލާމިކް އިންޝުއަރެންސް ޕޮލިސީތައް ވެސް ހިމެނެ އެވެ.

އެލައިޑުގެ ހިދުމަތް ހޯދާ ފަރާތްތަކަށް މޯބައިލް އެޕްލިކޭޝަން އެެއް ތައާރަފުކޮށްފައި ވާއިރު، 1600 ފޯނު ނަމްބަރުންނާއި އެ ކުންފުނީގެ ވެބްސައިޓުން ވެސް ގިނަ ހިދުމަތްތައް ލިބޭ ގޮތަށް ހަމަޖައްސާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިދޭސީންނަށް މުސާރަ ދިން ކަމަށް ބަލާނީ އެކައުންޓަށް ޖަމާކުރުމުން

ބިދޭސީންނަށް މުސާރަ ދިންކަމަށް ބަލާނީ، އެ މީހެއްގެ ނަމުގައި ރާއްޖޭގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ފައިސާ ޖަމާކުރުމުން އެކަނި ކަމަށް ކަނޑައަޅާފައިވާތީ ނަގުދު ފައިސާއިން މުސާރަ ދިނުން މަނާވާނެ. މި ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ކޯޓާ ކެންސަލްކުރުމާއި ޖޫރިމަނާކުރުން ފަދަ ފިޔަވަޅުތައް އަޅާނެ.

ސުކޫކު ދެއްކިއިރަށް ވުރެ ބޭނުންކުރެވޭ ރިޒާވު ދަށަށް

މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް 200.6 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި. މިއީ އޭޕްރިލް މަހު ސުކޫކު ދައްކަން ހޭދަކުރި 525 މިލިއަން ޑޮލަރަށްވުރެ މަދު އަދަދެއް ނަމަވެސް، ޑޮލަރު މާރުކުރާ މިންވަރު އިތުރުވުމާއެކު އަހަރުގެ ފަހު ކުއާޓަރުގައި ރިޒާވް ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ.

އެމްއައިބީން ފައިސާ މޮބައިލް އެކްސް 2.0 ރޯލްއައުޓްކޮށްފި

އެމްއައިބީގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި، އައު ފީޗާސްތަކާއެކު "ފައިސާ މޮބައިލް އެކްސް 2.0" އެޕްލިކޭޝަން މިހާރު ވަނީ ނެރެފައެވެ. މި އަޕްގްރޭޑްގައި ޔޫޒާ އިންޓަފޭސް ރަނގަޅުކުރުމުގެ އިތުރުން، ސްމާޓް ސާޗް އަދި ބޭރު ގައުމުތަކަށް ފައިސާ ފޮނުވޭނެ ރެމިޓެންސްގެ ޚިދުމަތް ހިމަނާފައިވެއެވެ. މީގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުންނަށް ރައްކާތެރި އަދި ލުއިފަސޭހަ ބޭންކިންގ ތަޖުރިބާއެއް ފޯރުކޮށްދިނުމެވެ.

ބަންކަރިން ހިދުމަތުން 80 މިލިއަން ޑޮލަރު ލިބިއްޖެ: ސައީދު

ބަންކަރިން ހިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު ސައީދު ވިދާޅުވީ މިއީ ބަނދަރެއް ނެތި މި ޚިދުމަތް ފަށައިގެން ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށާއި، ކުރިއަށް އޮތް ތަނުގައި އިތުރު ޚިދުމަތްތަކާއެކު މި އާމްދަނީ އިތުރުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް.

ޓީޓީތައް ލަސްވެ، ސަޕްލަޔަރުންނާ މޫނުކެނޑޭ ހިސާބަށް

ބީއެމްއެލް މެދުވެރިކޮށް ބޭރުގެ ސަޕްލަޔަރުންނަށް ފޮނުވާ ޓީޓީތައް ލަސްވުމުގެ ސަބަބުން، މުދާ ލިބުން ލަސްވެ ވިޔަފާރިވެރިންނަށް ބޮޑެތި މާލީ ގެއްލުންތަކާ ކުރިމަތިލާން ޖެހިއްޖެ. މި މައްސަލައިގެ ސަބަބުން ސަޕްލަޔަރުންނާ އޮންނަ އިތުބާރު ގެއްލި، ޑެމަރޭޖުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދައްކަން ޖެހޭކަމުގެ ޝަކުވާ ވިޔަފާރިވެރިން ދަނީ ކުރަމުން.

ވަރުގަދަ ބްރޭންޑަކަށް އެމްއޭސީއެލުން ޖާގައެއް ނުދިން

ޒިޔާދު ވިދާޅުވީ ރެވެނިއު-ޝެއަރިންގް މޮޑެލްގެ ދަށުން މިފަދަ ވަރުގަދަ ބްރޭންޑެއް އެއާޕޯޓަށް ގެނައުމަކީ ރާއްޖޭގެ ތަސައްވުރު ބައިނަލްއަގުވާމީ ފެންވަރުގައި ރަނގަޅުވެގެންދާނެ ކަމެއް ކަމަށް.

ބީއެމްއެލް އިސްލާމިކް ބޭންކިންއަށް ބަދަލުވެއްޖެ

ބީއެމްއެލްގެ "އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީ" ގެ ދަށުން އެކައުންޓުތަކާއި ލޯނުތައް ވެސް އިސްލާމިކް ބޭންކިންއަށް ބަދަލުކުރުމުގެ ފުރުސަތު އޮތް ނަމަވެސް، ކަސްޓަމަރުން ބޭނުންވެއްޖެ ހާލަތެއްގައި އާންމު ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox