އައިއެސް-ކޭގެ ލީޑަރުގެ ބޮލަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ހުށަހަޅައިފި

އައިއެސް-ކޭގެ ލީޑަރަކީ ސަނާއުﷲ ގަފަރީ ނުވަތަ ޝަހާބް އަލް މުހާޖިރް ކަމަށް އެމެރިކާއިން ބުނޭ. -- ފޮޓޯ: ރިވޯޑްސް ފޯ ޖަސްޓިސް/ ޓްވިޓާ

އައިއެސް-ކޭގެ ލީޑަރަކީ ސަނާއުﷲ ގަފަރީ ނުވަތަ ޝަހާބް އަލް މުހާޖިރް ކަމަށް އެމެރިކާއިން ބުނޭ. -- ފޮޓޯ: ރިވޯޑްސް ފޯ ޖަސްޓިސް/ ޓްވިޓާ

ވޮޝިންޓަން، އެމެރިކާ (ފެބްރުއަރީ 8) - އިސްލާމިކް ސްޓޭޓް (އައިއެސް) ޓެރަރިސްޓް ގްރޫޕުގެ އަފްގާނިސްތާން ގޮފީގެ ވެރިޔާގެ "ލޮކޭޝަން ނުވަތަ އައިޑެންޓިފިކޭޝަން" އާ ގުޅޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް އެމެރިކާއިން 10 މިލިއަން ޑޮލަރު ހުށަހަޅައިފި އެވެ.

އޭގެ އިތުރުން އޯގަސްޓް 26 ވަނަ ދުވަހު އިސްލާމިކް ސްޓޭޓް ހޮރަސާން ނުވަތަ އައިއެސް-ކޭ އިން ކާބުލް އެއާޕޯޓަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ މީހުން ހައްޔަރު ކުރަން ނުވަތަ ޝަރީއަތުގެ ކުރިމައްޗަށް ގެންނަން އެހީވާ ފަރާތްތަކަށް ވެސް އެ އަދަދު ހުށަހަޅާފައިވެ އެވެ.

އެމެރިކާއިން އަފްގާނިސްތާނުގެ ފަސްގަނޑު ދޫކޮށް ދިޔުމުގެ އޮޕަރޭޝަނުގެ ކަންކަން ކާބުލް އެއާޕޯޓުގައި ކުރިއަށް ދަނިކޮށް ދިން ހަމަލާގައި 100 އަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރޭގައި އެމެރިކާ ސިފައިންގެ 13 މީހުން ހިމެނެ އެވެ.

އެމެރިކާއިން ސަރުކާރުން ބުނީ އައިއެސް-ކޭގެ ވެރިޔަކަށް ސަނާއުﷲ ގަފަރީ ނުވަތަ ޝަހާބް އަލް މުހާޖިރް އައްޔަނު ކުރީ އައިއެސްއިން ޖޫން 2020 ވަނަ އަހަރުގައި ކަމަށެވެ. އިރާގާއި ސީރިއާގައި އުފެދުނު އައިއެސްގެ އަފްގާން ގޮފީގެ ނަމަކީ އައިއެސް-ކޭ އެވެ.

"އަފްގާނިސްތާނުގައި ހިންގާ އައިއެސް-ކޭގެ ހުރިހާ އޮޕަރޭޝަނަކަށް ހުއްދަ ދިނުމުގެ ޒިންމާ ނަގަނީ ގަފަރީ. އަދި އޮޕަރޭޝަންތަކަށް ފަންޑު ހަމަޖެއްސުމުގެ ޒިންމާ ވެސް ނަގަނީ އޭނާ،" ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ބައިނަލްއަގްވާމީ ޓެރަރިސްޓެއްގެ ގޮތުގައި އޭނާ ވަނީ ބްލެކްލިސްޓުކޮށްފަ އެވެ.

ގަފަރީއާ ގުޅޭ މާ ގިނަ މައުލޫމާތު ހާމަވެފައެއް ނުވެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި އޭނާއަކީ އަރަބި ގައުމަކުން އަފްގާނިސްތާނަށް ދިޔަ މީހެކެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން އޭނާއަކީ ކުރިން އަލް ގައިދާގެ ކޮމާންޑަރެއް ނުވަތަ ތާލިބާނުންގެ ތެރޭގައި ހިމެނޭ އެންމެ އަނިޔާވެރި އަދި ބާރުގަދަ ފެކްޝަން، ހައްގާނީ ނެޓްވޯކްގެ ކުރީގެ މެމްބަރެކެވެ.

އަފްގާނިސްތާނާއި ޕާކިސްތާނުގައި ފަހަކަށް އައިސް ދީފައިވާ އެންމެ ބޮޑެތި ހަމަލާތަކުގެ ފަހަތުގައި ވަނީ އައިއެސް-ކޭ އެވެ. އެގޮތުން މިސްކިތްތަކާއި، ފައްޅިތަކާއި، އާއްމުން އެއްވާ މައިދާންތަކާއި، ހޮސްޕިޓަލްތަކަށް ވެސް ހަމަލާދީފައިވެ އެވެ.

މުސްލިމުންގެ ތެރެއިން ސުންނީ މަޒުހަބު ނޫން އެހެން މަޒުހަބުތަކުގެ މީހުންނަށް އައިއެސް-ކޭ ގެ ހަމަލާތައް ވަކިން އަމާޒުކުރެ އެވެ.

ތާލިބާނާއި އެމެރިކާ ފައުޖުތަކުގެ އޮޕަރޭޝަންތަކާ ހެދި އައިއެސް-ކޭ ބަލިކަށިވި ނަމަވެސް، މިދިޔަ އޯގަސްޓް މަހު ތާލިބާނުން ވެރިކަމަށް އައުމާ އެކު އައިއެސް-ކޭ އިން މަސައްކަތް ކުރަނީ ތާލިބާނުން ބަލިކަށިކޮށްލަން ބޮޑެތި ހަމަލާތަކެއް ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox