ކޮވިޑް-19 އާއެކު ޓުއަރިޒަމް ބަދަލުވާ ގޮތާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޖަރުމަނުވިލާތުގެ ފްރީޑްރިކް ނައުމަން ފައުންޑޭޝަން ފޯ ފްރީޑަމްގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހާއްސަ ވެބިނާއެއް މިރޭ އޮންނާނެ އެވެ.
"ރިޑިސްކަވަރިން މޯލްޑިވްސް: ނިއު ނޯމަލް ކޮވިޑް އެރާ" ގެ ނަމުގައި ބާއްވާ އެ ވެބިނާ އޮންނާނީ ރާއްޖެ ގަޑިން މިރޭ 9:00 ޖަހާއިރެވެ. ވެބިނާގައި ބައިވެރިވެވޭނީ ކުރިން ރަޖިސްޓްރީކޮށްގެނެވެ.
އެ ވެބިނާގެ ކީ ނޯޓް ސްޕީކަރަކީ ޖަރުމަނުގެ ޕާލަމެންޓުގެ މެމްބަރު ފްރޭންކް މުލާ އެވެ. އޭގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު ޑރ. މައުމޫސް އަބްދުﷲ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސްގެ މެނޭޖިން ޑައިރެކްޓަރު ތޮއްޔިބް ޝަހީމާއި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އެ ވެބިނާގައި ކޮވިޑާއެކު ޓުއަރިޒަމް ބަދަލުވެފައިވާ ގޮތަށް ވަރަށް ބޮޑަށް ވާހަކަ ދައްކާނެ އެވެ. އަދި އެފަދަ ހާލަތެއްގައި ސިޔާސަތާއި ސިއްހީ ފިޔަވަޅުކުގެ ސަބަބުން ޓުއަރިޒަމް އިއާދަވުމަށް އޮތް ފުރުސަތާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކާނެ އެވެ.














