ޑޮލަރުގެ އަގު ރެކޯޑު މިންވަރަކަށް މައްޗަށް، މިހާރު ޑޮލަރެއް ހުރީ 20.50ރ. އަށް

Jun 17, 2026, 7:33 AM
މީހަކު ޑޮލަރު ބޮނޑިއެއްގައި ހިފަހައްޓައިގެން

މީހަކު ޑޮލަރު ބޮނޑިއެއްގައި ހިފަހައްޓައިގެން

ރާއްޖޭގެ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ރެކޯޑު އަދަދަކަށް އުފުލި، މިހާރު ޑޮލަރެއްގެ އަގު 20.50 ރުފިޔާއަށް އަރައިފި އެވެ. 

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމަށް ފަހު ޑޮލަރުގެ އަގު 20.50 ރުފިޔާއަށް ދިޔަ ފުރަތަމަ ފަހަރެވެ. އަގު މިވަރަށް އުފުލުނީ ޑޮލަރު ރޭޓު 20ރ. އަށް ވުރެ މަތީގައި ހުންނަތާ އެތައް ދުވަހެއް ވުމަށް ފަހު އެވެ. މިއީ އެންމެ ގިނަ ދުވަސްތަކެއް ވަންދެން ޑޮލަރުގެ އަގު ނުވެއްޓި ހުރި ފުރަތަމަ ފަހަރެވެ. 

ޑޮލަރު ވިޔަފާރިކުރުމުގެ ލައިސަންސް އޮންނަ ފަރާތަކުން "އަދަދު" އަށް މައުލޫމާތު ދެމުން ބުނީ، ކޮވިޑުގެ ތެރޭގައި ވެސް ދުވަސްކޮޅަކަށް ޑޮލަރުގެ އަގު މިވަރުގައި ހުރި ނަމަވެސް، މިހާރު ރެކޯޑު މިންވަރަކަށް އަގު މައްޗަށް އުފުލުމުގެ  މައިގަނޑު ސަބަބަކީ ސަރުކާރުގެ ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސިޔާސަތު ކަމަށެވެ.

Advertisement

ޓޫރިސްޓުން އަންނަ މިންވަރު ދަށްވުމާއި، ޑޮލަރުން މުސާރަ ލިބޭ ފަރާތްތަކަށް މިހާރު ޑޮލަރުން މުސާރަ ނުލިބުމުގެ ސަބަބުން ޑޮލަރުގެ ސަޕްލައި ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާއި ބޭންކުތަކުން ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓު ދަށްވުމުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑަށް އުފުލިފައި ކަމަށް އޭނާ ބުންޏެވެ. 

"ޑޮލަރުގެ އަގަށް ދެން ބަދަލެއް އައިސް ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ އޯގަސްޓު މަހު،" ޑޮލަރު ވިޔަފާރިކުރާ މީހަކު ބުންޏެވެ. 

ރާއްޖޭގެ ކޮންސްޓަރަކްޝަން ދާއިރާގެ ބޮޑު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެ ކުންފުނިން އިއްޔެ ޑޮލަރު ގަންނަން ޖެހުނީ 20.50ރ. އަށް ކަމަށެވެ. ނަމަވެސް ނަމަވެސް ޑޮލަރުގެ ރަސްމީ ރޭޓަކީ 15.42ރ. އެވެ.

"ކުރިއަށް އޮތް ތަނުގައި އަގު ދަށްވާނެ ކަމަށް ނުބެލެވޭ. ސަބަބަކީ މެދުއިރުމަތީގެ ދަތުރުތައް ފަސޭހަވުމާއެކު މުދާ އެތެރެކުރުން އިތުރުވާނެ. އެއާއެކު ޑޮލަރުގެ ޑިމާންޑު މަތިވެ އަގު ވެސް އުފުލޭނެ،" އޭނާ ވިދާޅުވި އެވެ. 

ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒު ކުރަން ފެށުމުން ޑޮލަރުގެ އަގު މައްޗަށް ނާރާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން ޑޮލަރުގެ އަގު އާންމު ގޮތެއްގައި ހުރީ 20ރ. އިން މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

ވިލާ ކޮލެޖުން ކްރިމިނަލް ޖަސްޓިސް ޕްރޮގްރާމް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ޖިނާއީ އަދާލަތުގެ ދާއިރާއިން މީހުން ބިނާކުރުމަށްޓަކައި ތިން އަހަރު ދުވަހުގެ 'ބެޗެލަރ އޮފް ކްރިމިނަލް ޖަސްޓިސް' ޕްރޮގްރާމް އަލަށް ތައާރަފުކޮށްފިއެވެ. އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކްރިމިނޮލޮޖީއާއި ފޮރެންސިކް ސައިންސް ފަދަ މުހިންމު މާއްދާތައް އަމަލީ ހުނަރާއެކު އުނގަންނައިދޭނެއެވެ.

ބްލޫ މެރީނާ ވިއު: 120 މިލިއަން ރުފިޔާގެ ބޮންޑެއް ހުޅުވާލައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާރްސީސީން ތަރައްގީކުރާ "ބްލޫ މެރީނާ ވިއު" މަޝްރޫއަށް ބޭނުންވާ 120 މިލިއަން ރުފިޔާ ހޯދުމަށްޓަކައި، 5 އަހަރުގެ މުއްދަތަށް ޚާއްސަ ބޮންޑެއް ވިއްކަން ފަށައިފިއެވެ. އަހަރަކު 8.5 ޕަސެންޓުގެ ފައިދާ ލިބޭ މި ބޮންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު އެންމެ ކުޑަވެގެން 10،000 ރުފިޔާއިން ފެށިގެން މިހާރު ވަނީ ހުޅުވާލާފައެވެ.

އައިލެންޑް އޭވިއޭޝަނަށް ކޮވިޑު ފަހުން ފައިދާވެއްޖެ

ކޮވިޑަށްފަހު ޖެހިޖެހިގެން ފަސް އަހަރު ގެއްލުމުގައި ހިންގުމަށްފަހު، މިދިޔަ އަހަރު އައިލެންޑް އޭވިއޭޝަނަށް 181.9 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ވެއްޖެ. ނަމަވެސް ސަރުކާރުން ދިން ގާތްގަނޑަކަށް 400 މިލިއަންގެ އެހީތެރިކަން ނުލައި ހިސާބުކޮށްފި ނަމަ، އެ ކުންފުންޏަށް ޓެކުހުގެ ކުރިން 170 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓުން ދައްކާ.

ކެއާވަން ކްލިނިކަށް ކިމްސްގެ ޑޮކްޓަރުންގެ ޓީމެއް

އިންޑިއާގެ ކިމްސް ހޮސްޕިޓަލުގެ 10 ދާއިރާއަކުން ޚާއްސަ ޑޮކްޓަރުންގެ ޓީމެއް މި މަހު ކެއާވަން ކްލިނިކުގައި ބަލިމީހުން ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތަކަށް އާސަންދަ އާއި އެކި އިންޝުއަރެންސްތައް މެދުވެރިކޮށް ފަރުވާ ހޯދޭނެ ކަމަށް އެ ކްލިނިކުން ބުނެއެވެ. އެޕޮއިންޓްމަންޓް ހެއްދެވުމަށް 9233335 ނުވަތަ 9233336 ނަންބަރަށް ގުޅުއްވައިގެން ކުރިއަށް ގެންދެވޭނެއެވެ.

ރަޝިއާއަށް ހާއްސަ ސިޔާސަތެއް ނުގެންގުޅެން: ބީއެމްއެލް

ބީއެމްއެލްއިން ބުނީ ރަޝިއާގެ އެއްވެސް މީޑިއާއަށް މައުލޫމާތު ނުދޭ ކަމަށް. އަދި އެ ގައުމަށް އަމާޒުކޮށް ވަކި ހާއްސަ ސިޔާސަތެއް ނުގެންގުޅޭ ކަމަށް ވެސް ބުނި. ބީއެމްއެލްއިން ބުނި ގޮތުގައި ބޭރު ފައިސާގެ މުއާމަލާތްތައް ނިންމުމުގައި ބަރޯސާވަނީ ބައިނަލްއަގުވާމީ ކޮރެސްޕޮންޑެންޓް ބޭންކުތަކުގެ ކޮމްޕްލަޔަންސް ސިޔާސަތުތަކަށް.

Newsletter

Get the latest news delivered straight to your inbox