އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖް ބާއްވަން ބިޑްކޮށް، ގައުމީ ޓީމުގެ ޕޮމިސް ކަޕް މި އަހަރު ބޭއްވޭތޯ މަސައްކަތް ކުރަނީ

Feb 7, 2022, 10:27 AM
ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ޕްރިތަމް (ވ) ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ޕްރިތަމް (ވ) ކައިރިން ރާއްޖޭގެ ހަމްޕު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ މެޗުތައް ސެންޓްރަލައިޒްކޮށް ރާއްޖޭގައި ކުޅެން ބިޑް ފޮނުވާފައިވާކަމަށާއި އޭގެ އިތުރުން މި އަހަރު ޕޮމިސް ކަޕްގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅުގެ މަތިން ބާއްވާ އިންވިޓޭޝަނަލް މުބާރާތެއް ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ބައްސާމް މިހެން ވިދާޅުވީ "އަދަދު" އިން ގެނެސްދޭ ކުޅިވަރު ޕްރޮގްރާމް "ފޯރީ"ގެ ފުރަތަމަ އެޕިސޯޑްގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިހާރު އޮތްގޮތުން އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް ސްޓޭޖުގެ މެޗުތައް ސެންޓްރަލައިޒްކޮށް ބާއްވާނީ ޖޫން މަހު އެވެ. ރާއްޖެ ކޮލިފައިންގައި ކުޅެން ޖެހޭނެ ގްރޫޕަކާއި ގައުމުތަކެއް އެނގޭނީ މި މަހު 24 ވަނަ ދުވަހު ބާއްވާ ގުރުއަތުލުމުގަ އެވެ.

ރައީސްގެ އިންވިޓޭޝަނަލް މުބާރާތެއްގެ ގޮތުގައި ބާއްވާ ޕޮމިސް ކަޕް ބާއްވަން ގަސްދުކުރަނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.

ބައްސާމް ވިދާޅުވީ ފުޓްބޯޅަ އަށް ލޯބިކުރާ ފަރާތްތަކުން ރާއްޖޭގެ ކްލަބްތަކަށް ދޭ ތަރުހީބު އިތުރުކޮށްދިނުން އެދޭ ކަމަށެވެ. އެއީ ކްލަބްތަކަށް ތަރުހީބު ދީގެން އެ ގައުމީ ޓީމުގެ މެޗުތައް އަންނައިރު ރަނގަޅު ހިސާބަކަށް ގެންދެވޭނެތީ އެވެ.

"ސެންޓްރަލައިޒްކޮށް އޭޝިއަން ކަޕް ކޮލިފައިންގެ ދެން އިންނަ ރައުންޑް ކުޅޭތޯ ބިޑް ވެސް އަޅުގަނޑުމެން ވާނީ ފޮނުވިފައި ރާއްޖޭގައި ހޯސްޓްކުރުމަށްޓަކައި. ޖޫންގައި މި އޮތީ ކޮލިފައިން. އެހެންވީމަ އިރާދަކުރެއްވިއްޔާ ޖޫންގައި ގައުމީ ޓީމުގެ މެޗުތަކެއް އަނެއްކާ ވެސް ގަލޮޅު ދަނޑުން ފެނުމަކީ ވަރަށް ކައިރީގައި އޮތް ކަމެއް،" ބައްސާމް ވިދާޅުވި އެވެ.

"ސެޕްޓެމްބަރު މަހުގެ ތެެރެއަށް ރޭވިފައި އެބައޮތް ނެޝަނަލް ޓީމުގެ މުބާރާތެއް. ގާތްގަނޑަކަށް ހައެއް ނޫނީ އަށް ވަރަކަށް އެހެން ގައުމީ ޓީމުތައް އެކުލެވިގެން ބޭއްވޭ މުބާރާތެއް މިއީ. ޕޮމިސް ކަޕްގެ ނަމުން ނަން ދެވިގެން ރައީސުލް ޖުމްހޫރިއްޔާގެ އިންވިޓޭޝަނަށް ބޭއްވޭ މުބާރާތަކަށް ވެގެންދާނީ،"

"އަދަދު" އިން ގެނެސްދޭ ފޯރި ޕްރޮގްރާމްގައި ބައްސާމް ވާހަކަ ދައްކަވަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް މިދިޔަ އޮކްޓޫބަރު މަހު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން ވިދާޅުވީ ކޮންމެ އަހަރަކު ރާއްޖޭގައި އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

ބައްސާމް ވިދާޅުވީ ގައުމީ ޓީމުގެ ގިނަ މެޗުތަކެއް މި އަހަރު ތެރޭ ދިވެހި ސަޕޯޓަރުންނަށް ފެނިގެންދާނެ ކަމަށެވެ. ގައުމީ ޓީމު ކާމިޔާބު ހޯދުމުގައި އަބަދުވެސް އެންމެ މުހިންމު ރޯލެއް ކުޅެނީ ސަޕޯޓަރުން ކަމަށާއި ޖުމްލަކޮށް މުޅި ފުޓްބޯޅަ އަށް މި ވަގުތު މުހިންމީ އެންމެންގެ އެއްބާރުލުން ލިބިގެން ކުރަން ޖެހޭ މަަސައްކަތް ކަމަށް ބައްސާމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދަންނަވާނީ ގައުމީ ޓީމު ނުކުޅުނެއް ކަމުގައި ވިޔަސް ކްލަބް ލެވަލްގެ މެޗުތައް ބަލަން ވެސް ސަޕޯޓަރުން ދިއުމަށް. ގޮސް ޖޫން ނޫނީ ސެޕްޓެމްބަރު މި އޮތް މެޗުތަކަށް ތައްޔާރުވަމާ ހިނގާށޭ ކުޅުންތެރިންނަށް ހިތްވަރުދީގެން،" ބައްސާމް ވިދާޅުވި އެވެ.

"ސާފް ޗެމްޕިއަންޝިޕްގައި ފެނުނު ސަޕޯޓަކީ މި ފަހަކަށް އައިސް ނުފެންނަ ވަރުގެ ބޮޑު ސަޕޯޓެއް،"

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ މިދިޔަ އަހަރު އޮކްޓޫބަރު މަހު ހަވާލުވި އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯގެ ކޯޗުކަމުގައި ރާއްޖޭން ކުޅުނު ހަމައެކަނި މެޗުތަކަކީ މިދިޔަ ނޮވެމްބަރު މަހު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕް ފުޓްބޯޅަ މުބާރާތެވެ. އެ މުބާރާތުގައި މޮޅެއް ނުލިބި ރާއްޖޭން ނިންމާލަން ޖެހުނުއިރު، މޮރިއޭރޯ ވަނީ ރާއްޖޭގެ ކުޅުންތެރިންގެ އިތުރަށް ދެނެގަންނަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ފަހު ދެން ގައުމީ ޓީމު ކުޅޭ މެޗުތަކަށް ރަނގަޅު ސްކޮޑެއް އެކުލަވާލާނެ ކަމަށް ބުނެފަ އެވެ.

ދާދި ފަހުން މޮރިއޭރޯ ވަނީ ކުޅުންތެރިން ޓެސްޓް ކޮށްލަން ހަ ދުވަހުގެ ޓްރެއިނިން ސެޝަންތަކެއް ބާއްވައިފަ އެވެ. އެއީ މި އަހަރުގެ ފުރަތަމަ. މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގައި ކުޅުންތެރިން ދެއްކި ކުޅުމަށް ބަލާފައި އެކި ސެޝަންތަކަށް ކްލަބްތަކުން ކުޅުންތެރިން ނަގައިގެން މޮރިއޭރޯ ކުރިއަށް ގެންދިޔަ ޓްރެއިނިންތަކެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox