ވިސާއާ ނުލާ ވިޔަފާރި ބޭނުންތަކަށް އިންޑިއާ މީހުންނަށް އެތެރެވެވޭ ގޮތަށް ހަދައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ: ވިސާގެ ކަންކަން ފަހިކުރަން އެއްބަސްވީ ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިއާ ފުރަތަމަ ކުރެއްވި ދަތުރުފުޅުގައި. -- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ: ވިސާގެ ކަންކަން ފަހިކުރަން އެއްބަސްވީ ވެރިކަމާ ހަވާލުވެވަޑައިގެން އިންޑިއާ ފުރަތަމަ ކުރެއްވި ދަތުރުފުޅުގައި. -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއާއި އިންޑިއާއާ ދެމެދު ވެފައިވާ ވިސާގެ ކަންކަން ފަހިކުރުމުގެ އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ބޭނުންތަކަށް އަންނަ އިންޑިއާ ރައްޔިތުންނަށް ވިސާއާ ނުލާ 90 ދުވަހާ ހަމައަށް ރާއްޖޭގައި ތިބެވޭ ގޮތަށް ހަދައިފި އެވެ.

މިއީ ރާއްޖެއާ އިންޑިއާ ދެމެދު ޑިސެމްބަރު 17، 2018 ގައި ވެފައިވާ ވިސާ ފަހިކުރުމުގެ އެގްރީމަންޓުގެ ދަށުން މި ހިނގާ ފެބްރުއަރީ 1، ގައި އަމަލު ކުރަން ފެށި އުސޫލެކެވެ.

ސަރުކާރު ހަބަރުތައް ގެނެސްދޭ ވެބްސައިޓު ގަވް.އެމްވީގައި އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން އެކި ފަހަރު މަތިން އެތެރެވޭ ތިން މަސް ދުވަހުގެ ނަން-ރެޒިޑެންޓް ބިޒްނަސް ވިސާއެއް ކޮންމެ ހަ މަހަކުން އިންޑިއާ ކޮންމެ ރައްޔިތަކަށް ވެސް ލިބޭނެ ކަމަށެވެ.

އެ ތިން މަސް ދުވަސް ހަމަވުމުން އެ މުއްދަތު ހަ މަސް ދުވަހަށް އިތުރު ކުރަން ފުރުސަތު ވެސް ލިބެ އެވެ. އެ ހަ މަސް ދުވަހަކީ ފުރަތަމަ ތިން މަސް ދުވަހުގެ ބޭރުން ގުނާ ދުވަސްތަކެއް ކަމުން ނުވަ މަސް ދުވަހާ ހަމައަށް މި ވިސާ ބޭނުންކޮށްގެން ރާއްޖޭގައި މަޑުކުރެވޭނެ އެވެ.

އަހަރެއްގެ ތެރޭގައި ނުވަ މަސް ދުވަހަށް ވުރެ އިތުރަށް މަޑުކުރާ ނަމަ އެމްޕްލޯޔިމަންޓް އެޕްރޫވަލްއެއް ހޯދަން ޖެހެ އެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނީ ތިން މަސް ދުވަހުގެ މުއްދަތު ހަމަވުމުގެ ކުރިން ބިޒްނަސް ވިސާ އިތުރުކުރަން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލުން ހުށަހަޅަން ޖެހެ އެވެ. އަދި މުއްދަތު ހަމަވުމުގެ ކުރިން ބިޒްނަސް ވިސާ އާކުރަން މަޖުބޫރެވެ.

ރާއްޖެއާ އިންޑިއާ ދެމެދު ވެފައިވާ ވިސާ އެއްބަސްވުމަކީ "ރެސިޕްރޯކަލް" އެއްބަސްވުމުގެއް ކަމުން، އިންޑިއާއަށް ދަތުރުކުރާ ހުރިހާ ދިވެހިންނަށް ވެސް މިކަންކަން އެ ގައުމުން ވަނީ ފަހިކޮށްދީފަ އެވެ.

މިހާރު ވެސް އެ އުސޫލުގެ ތެރެއިން ދިވެހިންނަށް އިންޑިއާއަށް އެތެރެވެވޭނެ ކަމަށާއި ވިސާ މުއްދަތު އިތުރުކުރަން ހުށަހެޅޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox