ބަރުލަމާނީއަށް ފުރޮޅާނުލާ އެމްޑީޕީއަށް ވެރިކަމުގެ ނުތިބެވޭނެކަން ނަޝީދަށް ޔަގީންވެއްޖެ

ރައީސް ސޯލިހާއި ރައީސް ނަޝީދު މަޖިލިސް ހުޅުވި ރަސްމިއްޔާތަށް ވަޑައިގަންނަވަނީ: ކޮމަންޑޫ ދާއިރާގެ ނަތީޖާއާމެދު ނަޝީދު ހިތްހަމައެއް ނުޖެހޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް ސޯލިހާއި ރައީސް ނަޝީދު މަޖިލިސް ހުޅުވި ރަސްމިއްޔާތަށް ވަޑައިގަންނަވަނީ: ކޮމަންޑޫ ދާއިރާގެ ނަތީޖާއާމެދު ނަޝީދު ހިތްހަމައެއް ނުޖެހޭ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރާއްޖޭގައި ވެރިކަން ހިންގާ ނިޒާމް, ބަރުލަމާނީ ނިޒާމަށް ބަދަލުނުކޮށްފިނަމަ, އެމްޑީޕީއަށް ދެން ވެރިކަމުގައި ނުތިބެވޭނެކަން ޔަގީންވެފައިވާކަން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވި ނަޝީދު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ކޮމަންޑޫ ދާއިރާގެ މަޖިލީހުގެ ގޮނޑީގެ ބައި އިލެކްޝަންގެ ނަތީޖާ އައި ގޮތުންނެވެ.

"...ޝުކުރިއްޔާ! އެކަމަކު 50 ޕަސެންޓް ހުރަސް ނުކުރި, ބަރުލަމާނީއަށް ބަދަލުނުވެއްޖެނަމަ އަޅުގަނޑުމެން ވެރިކަމުގައި ނުތިބޭނެ," އިއްޔެގެ ނަތީޖާ އައުމާއެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް އައި މަރުހަބާގެ މެސެޖްތަކަށް ރިޕްލައި ކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު, ރައީސް ނަޝީދު ވެސް ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ ކެމްޕެއިންގައި އިސް ސަފުގައި ހަރަކާތްތެރިވެ ވަޑައިގެން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގައި ސަރުކާރާއި އެމްޑީޕީން ހުރިހާ ވަސީލަތްތަކެއް ފުޅާ ގޮތެއްގައި ބޭނުންކުރި އެވެ.

އެ ޕާޓީން އެ ކެމްޕެއިނަށް ބުރަ މަސައްކަތްތެއް ކުރި ނަމަވެސް, އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓްގެ ކިބައިން މޮޅު ލިބުނީ 240 ވޯޓުގެ ތަފާތަކުންނެވެ. އިދިކޮޅު ޕީޕީއެމްއިން ގަބޫލުކުރާ ގޮތުގައި މިއީ އެ ޕާޓީއަށް ބޮޑު ކާމިޔާބެކެވެ.

"މި އިންތިހާބުގައި ޕީޕީއެމުން ވާދަކުރަން ޖެހުނީ މުޅި ދައުލަތާ, އެހެންވީމާ ޕީޕީއެމަށް ލިބުނު ކާމިޔާބީއެއް މިއީ އެއްގޮތަކުން އެނގޭތޯ،" ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މި ނޫހަށް ވިދާޅުވި އެވެ.

ފޯރިގަދަ އިންތިހާބުގެ ނަތީޖާ އިއްޔެ އައުމާއެކު އެމްޑީޕީގެ ގިނަ މެންބަރުންނާއި ސަޕޯޓަރުން އުފާ ފާޅުކުރަމުން ދިޔަ ނަމަވެސް, ނަޝީދު އިއްޔެ އެކަމާ އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ. އެމަނިކުފާނު މަރުހަބާގެ ޓްވީޓް ކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

އެމްޑީޕީން އުއްމީދުކުރި ވަރުގެ ކާމިޔާބެއް އިންތިހާބުގައި ނުލިބޭކަން އެމްޑީޕީގެ އެހެން މަޖިލިސް މެންބަރުން ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން, އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އެކަން ޓްވީޓާގައި ފާހަގަކުރެއްވި އެވެ.

"އެމްޑީޕީ މެމްބަރުންނާ ސަޕޯޓަރުންގެ ތެރޭގައި ބައެއްބާވަތުގެ ނުތަނަވަސްކަން ނެތްނަމަ، މިއަދުގެ އިންތިހާބު މާބޮޑުތަނުން ކާމިޔާބު ކުރެވުނީސް. މެމްބަރުންނާ ސަޕޯޓަރުންގެ އަޑުއަހައި، މި ނުތަނަވަސްކަން ފިލުވާލައި އާ ހިތްވަރާއެކު އެމްޑީޕީ ހިންދެމިލާންޖެހޭ. ޕާޓީގެ އިތުބާރު ނަގަހައްޓަންޖެހޭ،" ވަހީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި މިވަގުތު އޮތް އެންމެ ބޮޑު ހިޔާލު ތަފާތުވުމަކީ ބަރުލަމާނީ ނިޒާމަކަށް ދިޔުމާމެދު އެވެ. ބަރުލަމަނީ ނިޒާމަކަށް ބަދަލުކޮށް ބޮޑު ވަޒީރު ކަމަށް ވަޑައިގަންނަވަނަން ނަޝީދު ބޭނުންފުޅުވާއިރު, އެކަމަށް ރައީސް ސޯލިހުގެ ތާއިދެއް ނެތެވެ. އެކަމާ ގުޅިގެން މީގެކުރިން ދެ ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑުވެ, ޕާޓީ ތެރޭ ދެ ފެކްޝަން ވެސް އުފެދިގެން ދިޔަ އެވެ.

އެމްޑީޕީގެ ބައެއް ބޭފުޅުންނާއި ނަޝީދު ނަތީޖާއާމެދު ހިތްހަމަނުޖެހޭކަން ފާޅު ކުރެއްވި ނަމަވެސް, ރައީސް ސޯލިހު ގަބޫލު ކުރައްވާ ގޮތުގައި ކޮމަންޑޫ ދާއިރާއިން ލިބުނީ ފުރިހަމަ ކާމިޔާބެކެވެ. އެކަން ފާހަގަ ކުރައްވައި ރައީސް ސޯލިހު ވަނީ އިއްޔެ ކޮމަންޑޫ ދާއިރާގެ ރައްޔިތުންނާއި ކެމްޕެއިންގައި ބައިވެރިވި އެންމެންނަށް މަރުހަބާ ވިދާޅުވެފަ އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވިދާޅުވީ ކޮމަންޑޫ ދާއިރާއިން ލިބުނީ ފުރިހަމަ ކާމިޔާބެއް ކަމަށާއި ސަރުކާރުން ވައުދުތައް ފުއްދުމުގައި ދެމިތިބޭނެ ކަމަށެވެ. ރައީސް ސޯލިހުގެ ބައެއް މިނިސްޓަރުން ވެސް ވަނީ ސަރުކާރާއި އެމްޑީޕީއަށް ލިބުނީ ބޮޑު މޮޅެއްކަން ފާހަގަ ކުރައްވާފަ އެވެ.

"މާލޭ އާއި ރަށްރަށާ ދެމެދު އޮތް ތަފާތުކުރުން ނައްތާލާއި ރައީސް ސޯލިހު ގެނެސްދެއްވާ އިންގިލާބީ ތަރައްގީ ރައްޔިތުން ބަލައިގަންނަކަން މި މިޑްޓާމް އިލެކްޝަނުން ބުނެދީފި," ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ވެސް ވިދާޅުވީ ކޮމަންޑޫ ދާއިރާއިން ރައީސް ސޯލިހަށާއި އެމަނިކުފާނުގެ ޖަޒީރާ ރާއްޖެ ތަސައްވުރަށް ލިބުނީ ސާފު މޮޅެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox