ޔޫކްރެއިން މައްސަލައިގައި ޗައިނާގެ ތާއީދު ރަޝިއާއަށް

ރަޝިއާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި ގިނަ އަދަދެއްގެ ރަޝިއާ ސިފައިން އެބަ ތިބި. -- ފޮޓޯ: އޭއެފްޕީ

ރަޝިއާ އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ކައިރީގައި ގިނަ އަދަދެއްގެ ރަޝިއާ ސިފައިން އެބަ ތިބި. -- ފޮޓޯ: އޭއެފްޕީ

މޮސްކޯ، ރަޝިއާ (ފެބްރުއަރީ 4) - އެމެރިކާއިން އިސް ނަގައިގެން ކުރިއަށް ގެންދާ އަސްކަރީ ޖަމިއްޔާ، ނޭޓޯއަށް އާ މެމްބަރުން އައްޔަނު ކުރުމާ ދެކޮޅު ކަމަށް ބުނެ، ޔޫކްރެއިން މައްސަލައިގައި ޗައިނާއިން ރަޝިއާއަށް ތާއީދުކޮށްފި އެވެ.

ޗައިނާއިން އެގޮތަށް ބުނީ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިންއާ ދެމެދު ޗައިނާގައި ބޭއްވި ބައްދަލުވުމަކަށް ފަހު އެވެ.

ދެ ގައުމުން ނެރުނު ސްޓްރެޓެޖީ ލިޔުމެއްގައި ވަނީ "ބައިނަލްއަގްވާމީ ސަލާމަތާއި ހަމަޖެހުމަށް ގެއްލުން ދިނުމުގައި އެމެރިކާއިން އަދާކުރާ ދައުރަށް" ފާޑުކިޔާފަ އެވެ.

"ނޭޓޯ އިތުރަށް ފުޅާ ކުރުމާ އަޅުގަނޑުމެން ދެކޮޅު އަދި ފިނި ހަނގުރާމައިގެ ޒަމާނުގައި ގެންގުޅުނު ވިސްނުން ދޫކޮށްލަން ނޯތު އެޓްލާންޓިކް އެލަޔަންސަށް ގޮވާލަން،" ލިޔުމުގައިވެ އެވެ.

އޭގެ އިތުރުން "އެހެން ގައުމުތަކުގެ އިސްތިގްލާލާއި ސަލާމަތާއި މަސްލަހަތަށް" އިހްތިރާމް ކުރުމަށް ވެސް ގޮވާލި އެވެ.

ޗައިނާއިން ރަޝިއާއަށް ތާއީދުކޮށްފައިވާ އިރު، ނޭޓޯގެ މެމްބަރެއްގެ ގޮތުގައި ޔޫކްރެއިން ނުހިމެނުމަށް ރަޝިއާއިން ވަނީ ހުޅަނގުގެ ގައުމުތަކަށް މީގެ ކުރިން ޑިމާންޑުކޮށްފަ އެވެ.

ހުޅަނގުގެ ގައުމުތަކުން ތުހުމަތު ކުރާ ގޮތުގައި ރަޝިއާގެ 100،000 ސިފައިން ޔޫކްރެއިނާ ގުޅޭ ބޯޑަރު ކައިރިއަށް ފޮނުވާފައި ވަނީ އެ ގައުމު ހިފުމުގެ ބޭނުމުގަ އެވެ.

ނަމަވެސް އެފަދަ ކަމެއް ކުރަން ނޫޅޭ ކަމަށް ރަޝިއާއިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މައްސަލަ ހަމައަކަށް އަޅުވަން ޖަރުމަނުވިލާތާއި ރަޝިއާގެ ވެރިން މި ފެށޭ ހަފްތާގައި ރަޝިއާ އާއި ޔޫކްރެއިނަށް ދަތުރު ކުރަން ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox