އިންތިހާބަށް އެއްވެސް މީހަކު ނުފޫޒު ފޯރުވައިގެން ނުވާނެ: އީސީ

ނިމި ދިޔަ ކައުންސިލް އިންތިހާބުގެ ވޯޓު ގުނަނިކޮށް: މާދަމާ އޮންނަ އިންތިހާބަށް ކަނޑައަޅާފައިވާ ކެމްޕެއިން ވަގުތު ހަމަވެއްޖެ -- ފޮޓޯ: އަދަދި

ނިމި ދިޔަ ކައުންސިލް އިންތިހާބުގެ ވޯޓު ގުނަނިކޮށް: މާދަމާ އޮންނަ އިންތިހާބަށް ކަނޑައަޅާފައިވާ ކެމްޕެއިން ވަގުތު ހަމަވެއްޖެ -- ފޮޓޯ: އަދަދި

މާދަމާ އޮންނަ އިންތިހާބުތަކުގައި ވާދަކުރާ ވަކި ކެންޑިޑޭޓަކަށް ވޯޓުލާން އެއްވެސް މީހަކަށް މަޖުބޫރުކޮށް ނުފޫޒު ފޯރުވުމަށް މަގުފަހިވާ އެއްވެސް އަމަލެއް ނުހިންގުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ގޮވާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި، ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިހާބު މާދަމާ ހެނދުނު ފެށޭނެ އެވެ.

އެގޮތުން ގާނޫނާއި ގަވާއިދުތަކަށް ބޯލަބުމަށާއި، އެއްވެސް ސިފައެއްގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ނުގެންދިއުމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ގޮވާލެއްވި އެވެ. އަދި ވީހާވެސް ކުރިން ވޯޓުލާން ދިއުމަށް އެދިވަޑައިގަތެވެ.

"މިއަދު އިރުއޮއްސި ހަޔަކުން ފެށިގެން ކެމްޕެއިން ކުރުމަކީ މަނާ ކަމެއް، އިންތިހާބަށް ނުފޫޒު ފޯރުވާ، ވަކި މީހަކަށް ވޯޓުލާން މަޖުބޫރު ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަނީ."' ކެމްޕެއިނަށް ކަނޑައެޅިފައިވާ ވަގުތު ހަމަވުމާއި އެކު މި ނޫހާއި ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ތިން ޕާޓީއިން ވާދަކުރީރު، އެ ކެމްޕެއިންއަކީ ރާއްޖޭގެ ތާރީހުގައި ލިޔެވިގެން ދިޔަ ފޯރިގަދަ ކެމްޕެއިން އެކެވެ.

ރައްޔިތުން މަޖިލީހުގެ އަގުލަބިއްޔަތު، 64 ގޮނޑިއާއި އެކު އެމްޑީޕީގެ އަތުގައި އޮތް ނަމަވެސް، އެ ޕާޓީ އިސްވެ އޮވެ ހިންގާ ކޯލިޝަން ސަރުކާރުންވެސް އެންމެ ތަންފުކެއްވެސް ދޫކޮށްފައެއް ނުވެ އެވެ. އެތައް މަޝްރޫއެއް އެ ދާއިރާއަށް އިއުލާނުކޮށް، ފައްޓަވާ، ދެ ފަހަރު މަތިން ރައިސުލްޖުމްހޫރިއްޔާއާ ރައްޔިތުން މަޖިލީހުގެ ރައީސްއާ ވެސް އެ ދާއިރާއަށް ވަޑައިގަތެވެ.

އަދި ކޯލިޝަން ސަރުކާރުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް އާއި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ވެސް އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިންގައި ބައިވެރިވަޑައިގަތެވެ.

މީގެ އިތުރުން މުޅި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ކެމްޕެއިންއަށް ގޮސް އުޅުނު އިރު، އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި، އެ ޕާޓީގެ ލީޑާޝިޕްގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ ސަޕޯޓަރުންވެސް ކޮމަންޑޫ ދާއިރާއަށް ކެމްޕެއިނަށް ގޮސް އުޅުނު އެވެ.

އަދި އަލަށް އުފެއްދި އެމްއެންޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދަން އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރާ އެންމެންވެސް އެ ދާއިރާގައި ކެމްޕެއިން ޖަގަހަތައް ހުޅުވައިގެން ހަރަކާތްތެރިވި އެވެ.

ބައި އިލެކްޝަނަށް ތައްޔާރުވެފައި ވާއިރު އެ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓްގައިވާ ގޮތުން ބައި އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވެ އެވެ. އެއީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ އެ ދާއިރާއަށް ނިސްބަތްވާ މީހުންގެ އަދަދެވެ.

ކޮމަންޑޫ ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން

ކެންޑިޑޭޓް ނަމްބަރު 1: އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރު ކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.

ކެންޑިޑޭޓް ނަމްބަރު 2: ޕީޕީއެމްގެ ޓިކެޓުގައި ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ މޫސާ ފަތުހީއަކީ ށ.އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކުރިން ކޮމަންޑޫ ކުޑަ ކަތީބުކަންވެސް އޭނާ ކުރެއްވި އެވެ. މީގެ އިތުރުން އޭނާއަކީ ކުރީ ސަރުކާރުގައި ހޯމް މިނިސްޓަރުގެ ނައިބުކަންވެސް ކުރެއްވި ވަކީލެކެވެ.

ކެންޑިޑޭޓް ނަމްބަރު 3: އެމްއެންޕީގެ ފަރާތުން ވާދަކުރާ ހަންނާނަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން (1987- 2019އަށް) ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އެ އޭނާއަކީ ވިޔަފާރިވެރި އެކެވެ.

މި ބައި އިލެކްޝަން ބާއްވަނީ ކޮމަންޑޫ ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި ހުސެއިން ވަހީދު، 53، ކެންސަރު ބަލީގައި އަވަހާރަވުމުނެވެ. ގިނަ ދުވަހު ކެންސަރަށް ފަރުވާ ކުރެއްވުމަށްފަހު އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިމަހުގެ 14 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox