ޔާމީންގެ ޝަރީއަތް: ކުރިން ލައިވްކުރެވުނު، މިހާރު ވަސީލަތެއް ނެތް!

ރައީސް ޔާމީންގެ ޝަރީއަތް ޓީވީން ވަގުތުން ދައްކާއިރު އެމަނިކުފާނުގެ ސަޕޯޓަރުން ބަލަނީ: ކޯޓުން ބުނީ ޝަރީއަތް ލައިވް ކުރާނެ ވަސީލަތެއް ނެތް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން

ރައީސް ޔާމީންގެ ޝަރީއަތް ޓީވީން ވަގުތުން ދައްކާއިރު އެމަނިކުފާނުގެ ސަޕޯޓަރުން ބަލަނީ: ކޯޓުން ބުނީ ޝަރީއަތް ލައިވް ކުރާނެ ވަސީލަތެއް ނެތް ކަމަށް -- ފޮޓޯ: މުހައްމަދު ޝާބިން

ސިޔާސީ މީހެއްގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާތަކުގެ މައްސަލަތައް ކޯޓުގައި ބަލާ ކޮންމެ ފަހަރަކު ޝަރުއީ ދާއިރާގެ އިތުބާރަށް ލޮޅުން އަރައިގެންދާ ގޮތް މި ވަނީ ކީއްވެތޯ ވިސްނާލިން ހެއްޔެވެ؟ ސިޔާސީ މީހެއްގެ މައްޗަށް ކުރެވޭ ދައުވާއަކަސް ކޯޓުގައި މައްސަލަ ބަލަން އިންނަވާ ފަނޑިޔާރަށް އެ މައްސަލައަކީ އޭނާ ބަލާ އެތައް މައްސަލަތަކުގެ ތެރޭގައި އޮތް އަނެއް މައްސަލަ އެވެ. އެހެން ގޮތަކަށް ދަންނަވާނަމަ "ޖަސްޓް އެނަދަރ ކޭސް" އެވެ. އެއީ ވާންޖެހޭ ގޮތެވެ. އެހެންނަމަވެސް، ރާއްޖޭގެ ޝަރުއީ ނިޒާމުގެ ދިގު ތާރީހުގައި ވެސް މި މަންޒަރު މިގޮތަށް ފެނުނު ފަހަރެއް ނާދެއޭ ދެންނެވުން ދޮގަކަށް ނުވާނެ އެވެ. ސިޔާސީ މީހާގެ މައްސަލަ އަބަދުވެސް އޮންނަނީ ހާއްސަ މައްސަލައަކަށް ބަދަލުވެފަ އެވެ.

ރިޝްވަތާއި މަނީ ލޯންޑަރިންގގެ އެތައް ދައުވާއެއް އުފުލިފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތަކުގައި މި ފަހުން ފެންނަންފެށީ އެފަދަ މަންޒަރެކެވެ.

ޔާމީންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމެވި މައްސަލައިގެ އަޑުއެހުންތައް ޓީވީއިން ދުރަށް ދައްކަމުން ގެންދިޔައީ ވަގުތުންނެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ ބޮޑު އާބާދީއެއް ގެންދިޔައީ އެކަމަށް ވަގުތު ހުސްކޮށްގެން ތިބެ، އެ މައްސަލައިގެ ވާނުވާ ގާތުން ބަލަމުންނެވެ. ޝަރީއަތް ލައިވްކުރެވުނީ އެންމެ މަންސައެއްގައެއް ނޫނެވެ. ޓީވީ ޗެނަލްތަކާއި، ޔޫޓިއުބާއި ފޭސްބުކާއި ޓުވީޓާގަ އެވެ. އެމީހަކަށް ކަމުދާ މަންސައެއްގައި ޝަރީއަތް ބަލާލެވޭ ގޮތަށް އިންތިޒާމު ހަމަޖެހިފައި ހުއްޓެވެ.

ކްރިމިނަލް ކޯޓުން ހައިކޯޓުން ގޮސް ސުޕްރީމް ކޯޓާ ހަމައިން ނިމުނުއިރު އެ މައްސަލައިގައި ކުރެވުނު ތުހުމަތުން ޔާމީން ބަރީއަވެއްޖެ އެވެ. އެކަމަކު އެކި ކުށްތަކާ ގުޅޭ ދައުވާތައް އަދި ކުރިއަށް ހުރީ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތު ނަގައި، މަނީ ލޯންޑާކުރިކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ލައިވް ކުރަން ޔާމީންގެ ފަރާތުން ކްރިމިނަލް ކޯޓުގައި އެދުނީ ޖެނުއަރީ 13، 2022 ގައި އެ ކޯޓުގައި ބޭއްވުނު އަޑުއެހުމުގަ އެވެ. ދައުވާ ހުށަހެޅުމުގެ ކުރިން އެކަމާމެދު ގޮތެއް ނިންމަވައި ދެއްވުމަށް ޔާމީން އެދިވަޑައިގެންނެވި އެވެ. އެކަމާ ގުޅިގެން ފަނޑިޔާރު ހޯއްދެވީ ދައުލަތުގެ ބަހެވެ. ދައުލަތުން ވިދާޅުވީ އެއީ ދައުލަތުންވެސް 'ލޮލުން ބޮލުން އެދި ތިބި ކަމެއް' ކަމުގަ އެވެ.

ޝަރީއަތް ލައިވްކުރުމާމެދު އިއުތިރާޒްކުރެއްވީ އެ މައްސަލައިގައި ދައުވާލިބޭ ޔޫސުފް ނައީމް އެވެ. އޭނާ އެދުނީ ޝަރީއަތް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަނަމަވެސް ޝަރީއަތް ލައިވްނުކުރުމަށެވެ. އެގޮތަށް އެދިވަޑައިގެންނެވި ސަބަބެއް ވިދާޅެއް ނުވެ އެވެ. އެ ވާހަކަ އަޑުއައްސަވަން އިންނެވި ފަނޑިޔާރު ވިދާޅުވީ، ހުރިހާ ފަރާތްތަކެއްގެ ހުށަހެޅުންތައްވެސް އަޑުއައްސަވައިފިކަމަށާއި، ދެން ބާއްވާ އަޑުއެހުމެއްގައި އެކަމާމެދު ގޮތެއް ނިންމަވާނޭ ކަމަށެވެ.

ދެން ބޭއްވުނު އަޑުއެހުމުގައި ފަނޑިޔާރު ނިންމެވީ ޝަރީއަތް ލައިވް ނުކުރުމަށެވެ. އެ ނިންމެވުމަށް ގާއިމުކުރެއްވި ހުއްޖަތަކީ ކްރިމިނަލް ކޯޓުގައި ވަސީލަތް ނެތުމެވެ.

ޝަރީއަތެއް ލައިވްކުރެވޭނޭ ވަސީލަތްތައް ކޯޓުގައި ނެތްކަމަށް ފަނޑިޔާރު ވިދާޅުވީމާ އަޅުގަނޑު އެވާހަކަ ގަބޫލުކުރަމެވެ. ހުރި ވަސީލަތެއް ނެތްކަމަށް ފަނޑިޔާރު ވިދާޅެއް ނުވާނެ އެވެ. ނެތްކަމަށް އެ ވިދާޅުވީ ހަމަ ނެތީމަ އެވެ. އެހެންނަމަވެސް ފަނޑިޔާރު ވިދާޅުވި އެވާހަކަ ގަބޫލުނުކުރާ ބައެއް މީހުން އުޅެ އެވެ. އެފަދަ މީހުން އެ ނިންމުމާމެދު ވަރަށް ގިނަ ސުވާލުތައް އެބަ އުފައްދަ އެވެ.

ކުރީގެ ރައީސް ޔާމީންގެ މައްޗަށް ހިންގުނު ފުރަތަމަ ޝަރީއަތުގެ އަޑުއެހުންތައް ލައިވްކުރިއިރު ބޭނުންކުރެއްވި ވަސީލަތްތަކަށް ވީ ކިހިނެއްތޯ އެވެ؟ އެއީ ކޯޓުގެ ވަސީލަތްތަކެއް ނޫންނަމަ، ކުރިން އެ ވަސީލަތް ހޯއްދެވި ގޮތަށް މިފަހަރު ހޯއްދެވެން ނެތީތޯ އެވެ؟ ކްރިމިނަލް ކޯޓުގައި ވަސީލަތް ނެތްނަމަ، ލައިވްކުރުމަށް ޝައުގުވެރިވާ މީޑިއާއަކަށް އެފުރުސަތު ދީގެންވެސް ލައިވް ކުރެވޭނެ ނޫންތޯ އެވެ.؟

އެކަހަލަ ކޮންޓެންޓް ގެނެސްދިނުމަށް މީޑިއާތަކުން ލައްކައިން ހަރަދުކޮށްލަ އެވެ. ޔާމީންގެ ޝަރީއަތް ލައިވްކޮށް ގެނެސްދިނުމަށް ބޭނުންނުވާނޭ މީޑިއާއެއް ނޯންނާނެ އެވެ. އެހެންވީއިރު އެފުރުސަތު ލިބޭނޭ ގޮތް ނުހެއްދެވީ ކީއްވެތޯ އެވެ؟ މީ ހައްތާވެސް އެމީހުން އުފައްދާ ސުވާލުތަކެވެ.

ފަނޑިޔާރު ދެއްކެވި ސަބަބު ގަބޫލު ނުކުރާ މީހުން ބުނެ އެވެ. ކްރިމިނަލް ކޯޓުގައި މިހާރުވެސް ޝަރީއަތްތައް ކުރިއަށް ގެންދަވަނީ އޮންލައިކޮށް ނޫންތޯ އެވެ. އޮންލައިންކޮށް ކުރިއަށް ގެންދެވޭ ޝަރީއަތެއްގެ ފީޑް ލައިވްކުރުމަށް ގިނަ ވަސީލަތެއް ބޭނުމެއް ނުވާނެ އެވެ. އެއީ ދެ ބަޓަނަކުން ކުރެވޭނޭ ކަމެކެވެ. ހުޅުވާލެވިގެން ބާއްވާ ކޮންމެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ލައިވްކުރަނީ ކޮން ގޮތަކަށްތޯ ސާފުކޮށް އެ އިންތިޒާމު ކްރިމިނަލް ކޯޓުގައިވެސް ހަމަޖައްސަންވީ ނޫންތޯ އެވެ.

މިހެން ކިޔަނިކޮށް ކޯޓުން އެންމެ ފަހުން ބުނީ އެއިދާރާގައި ނެތީ "އިންސާނީ" ވަސީލަތް ކަމަށެވެ. މި ދުވަސްކޮޅު ޖުޑީޝިއަރީގައި މަސައްކަތް ކުރަނީ އެންމެ އައިޓީ ސްޓާފެއް ކަމަށެވެ. އަދި ހުރިހާ ކޯޓެއްގެ އައިޓީއާ ހަވާލުވެ ހުރި އެ މުވައްޒަފު ކްރިމިނަލް ކޯޓުގެ އަޑުއެހުމެއް ލައިވްކުރަން ހުސްކޮށްގެން ދެތިން ގަޑިއިރު ނުބޭންދޭނެ ކަމަށެވެ.

އެކަމަކު ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ މާލެ ސަރަހައްދުގެ ކޯޓުތަކަށް ތިން އައިޓީ ސްޓާފުން ތިބޭނެ ކަމަށެވެ. އަނެއް ދެ ސްޓާފުން ޗުއްޓީގައި، ނުވަތަ ސަލާމުގައި ތިބުން އެކަށީގެންވެ އެވެ. އެހެން ކަމަށްވާނަމަ އެ ދުވަހު ގާޒީ އެވާހަކަ ތަފްސީލުކޮށްދެއްވި ނަމަ މިއިން އެއްވެސް ސުވާލެއް މީހަކު ނުއުފައްދާނެ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމެވުމާއި، އެ ނިންމުން ގަބޫލުނުކުރާ މީހުން އުފައްދާ ސުވާލުތަކާމެދު ކިޔުންތެރިން ފުންކޮށް ވިސްނަވާށެވެ. އެ ނިންމުމާމެދު ސުވާލު އުފެއްދުމާއި ފާޑުކިޔުމަކަށް ހުރަހެއް ނެތެވެ. ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިނަމަވެސް، ޔާމީންގެ ޝަރީއަތް ލައިވް ނުކުރަން ކްރިމިނަލް ކޯޓުން ނިންމަވާނީ އެކަށީގެންވާ ސަބަބުތަކެއް ހުރީމާކަން އަޅުގަނޑަށް ގައިމު ވެއެވެ. އެހެންނަމަވެސް އަޅުގަނޑަކީ އެންމެ މީހެކެވެ. ޝަރުއީ ދާއިރާގެ އިތުބާރަކީ އަޅުގަނޑު އެކަނި ދެކޭ ގޮތެއްގެ މައްޗަށް އޮންނާނެ އެއްޗެއް ނޫނެވެ. އެތައް ބަޔަކު އެދި ތިބި ގޮތަކާ ހިލާފަށް ކޯޓުން ކަމެއް ނިންމެވިނަމަވެސް، އިތުބާރު ދެމެހެއްޓުމުގެ ބޭނުމަށްޓަކައި، އެ ނިންމުމުގެ ސަބަބުތައް ބަޔާންކޮށްދިނުން މުހިންމު ކަމަށް ދެކެމެވެ. އަދި ސަބަބު ބުނެދޭންވާނީވެސް އުފެދޭ ސުވާލުތަކަށް ޖަވާބުލިބޭނޭ މިންވަރަށް ކަމަށް ގަބޫލުކުރަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox