ރައީސްއަށް ވީ އެންމެ ފުންމިނަކުން، ބޮޑުމިނަކުން އެހީތެރިކަން ފޯރުކޮށްދޭނަން: ނަޝީދު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދު ވިދާޅުވީ މަޖިލީހުން ރައީސަށް އެހީތެެރިވާނެކަމަށް.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަރިހުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. ނަޝީދު ވިދާޅުވީ މަޖިލީހުން ރައީސަށް އެހީތެެރިވާނެކަމަށް.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވަން ނިންމަވާފައިވާ މަސައްކަތްޕުޅުތައް ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުން ވީ އެންމެ ބޮޑަކަށް އެމަނިކުފާނަށް އެހީތެެރިވާނެ ކަމަށް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްުޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައި ނިންމެވުމުން، އެ ޖަލްސާ ނިންމައިިލުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، މިދިޔަ އަހަރު ރާއްޖެއަށް ދިމާވި ކަންކަމާ ގުޅޭ ގޮތުން ރިޔާސީ ބަޔާނުގައި ރައީސް ވާހަކަފުޅު ދެއްކެވީ ވަރަށް ތަފްސީލުކޮށް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރު ގެންގުޅުއްވާނެ ސިޔާސަތުތައް އެ މަނިކުފާނު ވަރަށް ސާފުކޮށް ހާމަކޮށްދެއްވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް އިންތިހާއަށްް ޝުކުރުދަންނަވަން. އަދި ރައީސުލް ޖުމްހޫރިއްޔާއަށް ޔަގީންކޮށް އަރުވަން މި އިއްޒަތްތެރި މަޖިލީހުން، މަނިކުފާނު ތިޔަ ކުރެއްވުމަށް ނިންމަވާފައިވާ ކަންކަން ކުރެއްވުމުގައި އަޅުގަނޑުމެނަށް ވީ އެންމެ ފުންމިނަކުން ބޮޑުމިނަކުން އިރާދަކުރެއްވިއްޔާ އެހީތެރިކަން ފޯރުކޮށްދޭނަން،" ނަޝީދު ވިދާޅުވި އެވެ.

އެއާކު ރައްޔިތުނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށާއި ކޮވިޑުން ދިފާއުވާ ވެކްސިން ޖެހުމަށެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ޝުކުރުއަދާކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ދަތިދުވަސްތަކުގައި މަޖިލީހުން ކުރި ބުރަމަސައްކަތްތައް ފާހަގަކުރައްވާ ކަމަށެވެ.

"މިދިޔަ ދަތި އުނދަގޫ ދުވަސްތަކުގެ ތެރޭގާ ވަކިން ހާއްސަކޮށް މިއިއްޒަތްތެރި މަޖިލީހަށް ނުހަނު ހައްސާސް ދަނޑިވަޅެއްގައި، ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކޮށް ތިޔަ ހުރިހާ އިއްޒަތްތެރި މެމްބަރުންނަށާ މަޖިލީހުގެ އިއްޒަތްތެރި ރައީސަށް ވަރަށް އިހުލާސްތެރި ޝުކުރު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި ސަރުކާރުން ކުރަން ގަސްދުކުރާ ގިނަ ކަންތައްތަކަކާއި ސަރުކާރަށް މިހާތަނަށް ހާސިލުކުރެވުނު މަސައްކަތްތަކާ ބެހޭ ގޮތުން ވަަރަށް ތަފްސީލުކޮށް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅު ގާތްގަނޑަކަށް ގަޑިއެއްހާ އިރަށް ދެމިގެން ދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox