މޫސުމީ ބަދަލު: ޔޫކޭގެ ގަސްތަކުގައި މާ އަޅާ މޫސުން އަވަސްވެއްޖެ

ސައިންސްވެރިން ބުނީ މާ އަޅާ މޫސުން އަވަސްވުމުން ނުރައްކާތަކެއް އެބަހުރި ކަމަށް. -- ފޮޓޯ: ބެންކޮކް ޕޯސްޓް

ސައިންސްވެރިން ބުނީ މާ އަޅާ މޫސުން އަވަސްވުމުން ނުރައްކާތަކެއް އެބަހުރި ކަމަށް. -- ފޮޓޯ: ބެންކޮކް ޕޯސްޓް

ޕެރިސް، ފްރާންސް (ފެބްރުއަރީ 2) - މޫސުމީ ބަދަލާ ހެދި އިނގިރޭސިވިލާތުގައި ގަސްތަކުގައި މާ އެޅުން އެއް މަސް އަވަސްވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖުން ހިންގި ދިރާސާއިން އެނގުނު ގޮތުގައި ފިނިހޫނުމިން މަތިވުމާ އެކު ގަސްތަކުގެ މާ އަޅާ މޫސުން ވަނީ އަވަސްވާން ފަށާފަ އެވެ.

ކެމްބްރިޖް ޔުނިވާސިޓީގެ ޑިޕާޓްމަންޓް އޮފް ޖިއޮގްރަފީގެ ޕްރޮފެސަރު އުލްފް ބަންޓްގެން ވިދާޅުވީ އަވަހަށް މާ އެޅުމުގެ ސަބަބުން އިކޮލޮޖިކަލް ނުރައްކާތަކެއް ހުރުމާ އެކު މިއީ "ބޮޑު ކަންބޮޑުމެއް" ކަމަށެވެ.

Advertisement

އެ ދިރާސާ ޝާއިއުކޮށްފައިވަނީ ޕްރޮސީޑިންގްސް އޮފް ދަ ރޯޔަލް ސޮސައިޓީ ބީ ޖާނަލްގަ އެވެ.

މޫސުމަށް ވުރެ އަވަހަށް މާ އަޅައި ފޮޅުމަކީ ގަސްތައް މަރުވާން ދިމާވެދާނެ ސަބަބެކެވެ. ނަމަވެސް ސައިންސްވެރިން ބުނީ އޭގެ ނުރައްކާ އެންމެ ބޮޑީ އެހެން ދިރުންތަކަށް ކަމަށެވެ.

"އޭގެ ސަބަބަކީ ދޫންޏާއި ސޫފާސޫފީގެ ދިރިހުރުމުގެ މަރުހަލާތައް ގުޅިފައިވަނީ އެ ތަކެތި ބަރޯސާވާ ގަސްތަކަށް ކަމަށް ވާތީ. ގަސްތަކަށް ބޮޑު ބަދަލެއް އަތުވެއްޖެ ނަމަ އިކޮލޮޖިކަލް ގޮތުން އެހެން ދިރުންތަކަށް ގޮންޖެހުންތައް ދިމާވާނެ."

"ވަކި ކަހަލަ ގަހެއްގައި މާ އެޅުމުން، އެ ގަހަށް މި އަންނަނީ ވަކި ވައްތަރެއްގެ ސޫތްޕެއް. އެ ސޫފި އައުމުން، އެ ގަހާ ކައިރިވަނީ ވަކި ބާވަތެއްގެ ދޫންޏެއް،" އެހެން ދިރުންތަކާއި ގަސްތަކާ އޮތް ގުޅުން ސާފުކޮށްދެމުން ބަންޓްގެން ވިދާޅުވި އެވެ.

"އެކަމަކު މި ވަށް ބުރުގައި ހިމެނޭ ދިރުންތަކުގެ ތެރެއިން ދިރުމެއް، އަނެއް ދެ އެއްޗަށް ވުރެ އަވަހަށް ކުރިއަށްދާ ނަމަ، ދިރުންތަކުގެ މެދުގައި އޮތް ގުޅުމަށް އަސަރު ކުރުމުގެ ބިރު ބޮޑެ. އެ ބަދަލަށް އަވަހަށް އެޑެޕްޓް ނުވާ ނަމަ، ބައެއް ދިރުންތައް ނެތިގެން ދިޔުމުގެ ބިރު އޮވޭ."

ފިނި މޫސުމުގައި ބަހާރު މޫސުން އަތުވެދާނެ

ގަސްތަކުގައި މާ އެޅުމަށް އައިސްފައިވާ ބަދަލު ހޯދަން ސައިންސްވެރިން ބޭނުންކުރީ ނޭޗާޒް ކަލެންޑާ ނަމަކަށް ކިޔާ ޑޭޓާބޭސް އެކެވެ. އެއީ މީގެ 200 އަހަރު ކުރިން ސައިންސްވެރިން އެއް ކުރަން ފެށި މައުލޫމާތު ހިމެނޭ ޑޭޓާބޭސް އެކެވެ.

ދިރާސާ ހަދާފައިވަނީ އިނގިރޭސިވިލާތުން ފެންނަ 406 ތަފާތު ބާވަތެއްގެ ގަހާ ގުޅިގެން ޑޭޓާބޭސްގައި ރެކޯޑްކޮށްފައިވާ 400،000 އަށް ވުރެ ގިނަ އޮބްޒަވޭޝަނުގެ މައްޗަށް ބިނާކޮށެވެ.

އޭގެން އެނގުނު ގޮތުގައި 1753 ވަނަ އަހަރުން 1986 ވަނަ އަހަރާ ހަމައަށް ގަސްތަކުގައި މާ އަޅަމުން ދިޔައީ 1987 ވަނަ އަހަރުން 2019 ވަނަ އަހަރާ އަޅާ ބަލާއިރު 30 ދުވަސް ކުރިން ކަމެވެ.

އެ ބަދަލު ފާހަގަވާން ފަށާފައިވަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވާން މެދުވެރިވެ، މޫށުމީ ބަދަލުގެ އެކި ކަހަލަ އަސަރުތައް ފެންނަން ފެށި ހިސާބުން ކަމަށް ސައިންސްވެރިން ބުންޏެވެ.

ބަންޓްގެން ވިދާޅުވީ މިހާރު ކުރިއަށްދާ ރޭޓުގައި ދުނިޔެ ހޫނުވަމުންދާ ނަމަ އިނގިރޭސިވިލާތުގައި ފިނި މޫސުމުގެ ފެބްރުއަރީ މަސް ތެރޭގައި ބަހާރު މޫސުން އައިސް ގަސްތަކުގައި މާ އަޅަން ފަށާފާނެ ކަމަށެވެ.

ގުދުރަތީ ވަށް ބުރަށް އަންނަމުންދާ އެ ބޮޑު ބަދަލު ޖަންގަލިތަކާއި، ދަނޑުތަކާއި، ބަގީޗާތަކުން ވެސް ފެނިދާނެ ކަމަށް އޭނާ ލަފާކުރައްވަ އެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކާއި އޭގެ ސަބަބުން ބަޔޯޑައިވާސިޓީ ނުވަތަ ތަފާތު ދިރުންތައް ނެތި ދިޔުމަކީ ސައިންސްވެރިން ވަރަށް ކަންބޮޑުވާ މައްސަލަ އެކެވެ.

މިދިޔަ މަހު އދ. އިން ބުނީ ފާއިތުވި ހަތް އަހަރަކީ މިހާތަނަށް ރެކޯޑް ކުރި އެންމެ ހޫނު ހަތް އަހަރު ކަމަށެވެ. އެގޮތުން 2021 ވަނަ އަހަރު ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ހުރީ 1900 ވަނަ އަހަރާ އަޅާ ބަލާއިރު 1.11 ޑިގްރީ ސެލްސިއަސް މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިފޯން ޑުއޯގެ ސްކްރީނަށް މައްސަލަ ދިމާވާ ނަމަ ބަދަލުކޮށްދޭނެ

އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ ފޯނު "އައިފޯން ޑުއޯ" ގެ ސްކްރީނަށް ދިމާވި މައްސަލަތަކާ ގުޅިގެން، އެ ފޯނުތައް ބަދަލުކޮށްދޭން އެ ކުންފުނިން ނިންމައިފިއެވެ. ބާޒާރަށް ނެރުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސްކްރީނުގައި ރޮނގު އެޅުމާއި ރެނދުލުން ފަދަ މައްސަލަތައް ފާހަގަވެފައިވާއިރު، މި މައްސަލަ ދިމާވި ކަސްޓަމަރުން ފޯނު ބަދަލުކުރުމަށް އެޕަލްއާ ގުޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ޖާސޫސްކުރި މީހާއަށް ސައުދީ ސަރުކާރުގެ އެހީތެރިކަން ލިބޭ

އޯޕަންއޭއައިގެ މީޓިން ރޫމެއްގައި ސިއްރުން އަޑު ރެކޯޑުކުރާ ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސައުދީ އިންޖިނިއަރަކަށް، އެ ގައުމުގެ ސަރުކާރުގެ އެހީތެރިކަން ލިބޭކަން އެމެރިކާގެ ކޯޓު ލިޔުންތަކުން ހާމަވެއްޖެއެވެ. މި އަމަލަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބަލައި، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ދިރާގުގެ ގޭމިން ކޮންކުއެސްޓް ނޮވެމްބަރު 26 ގައި

ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026، އަންނަ ނޮވެމްބަރު 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޖުމްލަ 150,000 ރުފިޔާގެ އިނާމު ހުށަހަޅާފައިވާ މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލްގެ އެކި މުބާރާތްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ހިލޭ ލިބޭނެއެވެ.

މާސްގެ ހަނދުން ސާމްޕަލް ނެގުމުގެ މިޝަނަށް ޖަޕާން ތައްޔާރު

މާސްގެ ހަނދެއް ކަމަށްވާ "ފޯބޯސް" އިން ސާމްޕަލް ނެގުމަށް ޖަޕާނުން ކުރިއަށްގެންދާ ދުނިޔޭގެ ފުރަތަމަ މިޝަން ފެށުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ. ފަސް އަހަރުގެ މި ދިރާސާގެ ސަބަބުން މާސްގެ ހަނދުތައް އުފެދުނު ގޮތާއި އިރުގެ ނިޒާމުގައި ދިރުން އުފެދުނު ގޮތުގެ މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، މި މިޝަންގެ ސަބަބުން ކުރިމަގުގައި މާސްއަށް ކުރާ އިންސާނީ ދަތުރުތަކުގައި އެ ހަނދު ބޭސްއެއްގެ ގޮތުގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެއެވެ.

ޓެސްލާގެ އިންގިލާބީ އީޖާދު: އުދުހޭ ކާރު 'ރޯޑްސްޓާ' ދައްކާލައިފި

ޓެސްލާ އާއި ސްޕޭސް އެކްސް ގުޅިގެން އުފެއްދި، ވައިގެ ޕްރެޝަރު ބޭނުންކޮށްގެން އުދުހުމުގެ ގާބިލުކަން ލިބިފައިވާ "ރޯޑްސްޓާ" ކާރުގެ ނަމޫނާ ދައްކާލައިފިއެވެ. މި އިންގިލާބީ އުޅަނދު އާންމުކޮށް އުފައްދަން ފަށާނީ 2028 ވަނަ އަހަރު ކަމަށް އީލޮން މަސްކް ހާމަކޮށްފައިވާއިރު، މިއީ ދަތުރުފަތުރުގެ ދާއިރާއަށް އަންނާނެ ބޮޑު ބަދަލެއް ކަމަށް ބެލެވެއެވެ.

ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ސައުދީ މީހަކަށް ދައުވާ

އޯޕަންއޭއައިގެ އޮފީހެއްގައި ސިއްރުން ރެކޯޑިން ޑިވައިސްއެއް ހަރުކުރި ކަމުގެ ތުހުމަތުގައި އެ ކުންފުނީގެ ކުރީގެ އިންޖިނިއަރެއް ކަމަށްވާ ސައުދީ ރައްޔިތެއްގެ މައްޗަށް އެމެރިކާގައި ދައުވާ އުފުލައިފިއެވެ. ކުންފުނީގެ އޭއައި މޮޑެލްތައް ބޭނުންކޮށްގެން މި އަމަލު ހިންގި މީހާ ދެނެގަނެފައިވާއިރު، މި ހާދިސާގައި ކުންފުނީގެ އެއްވެސް މުހިންމު މައުލޫމާތެއް ވަގަށް ނަގާފައިވާކަމުގެ ހެއްކެއް ފެނިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox