އެއާ ޓްރެފިކް ކޮންޓްރޯލަށް މައްސަލަ ދިމާވެ، ޔޫކޭގެ ވައިގެ ދަތުރަށް ބުރޫއަރައިފި

Sep 9, 2026, 8:01 AM
ފޮޓޯ: ރޮއިޓާސް

ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތުގެ އެއާ ޓްރެފިކް ކޮންޓްރޯލްގެ ޚިދުމަތްދޭ ނޭޝަނަލް އެއާ ޓްރެފިކް ސާވިސަސް (ނެޓްސް) އަށް ދިމާވި މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ބޮޑެތި އެއާޕޯޓްތަކުން ފުރަން ހަމަޖެހިފައިވާ އެތައް ސަތޭކަ ފްލައިޓަކަށް އަންގާރަ ދުވަހު ބުރޫއަރައިފި އެވެ.

މި މައްސަލައިގެ ސަބަބުން ހީތުރޯ، ގަޓްވިކް، މެންޗެސްޓާ އަދި ސްޓެންސްޓެޑް ފަދަ ބޮޑެތި އެއާޕޯޓްތަކުން ގިނަ ފްލައިޓްތަކެއް ކެންސަލްކޮށް، ބައެއް ފްލައިޓްތައް ވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.

ނެޓްސް އިން ނެރުނު ބަޔާނެއްގައި ބުނީ، ދިމާވި މައްސަލައަކީ ފްލައިޓްތަކުގެ މައުލޫމާތު ޕްރޮސެސްކުރާ ސިސްޓަމަށް ދިމާވި މައްސަލައެއްކަން ދެނެގަނެވިފައިވާ ކަމަށެވެ. އަދި އިންޖިނޭރުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި، ވީ އެންމެ އަވަހަކަށް ޚިދުމަތްތައް އާންމު ހާލަތަކަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ނެޓްސް އިން ބުނީ، ފްލައިޓްތައް ފުރުމުގެ ހުއްދަ އަދިވެސް ދެމުންދާ ކަމަށާއި ވައިގެ ސަރަހައްދު ބަންދުނުކުރާ ކަމަށެވެ. ނަމަވެސް، މައްސަލަ އެއްކޮށް ހައްލުވެ، ކުރިން އޮތް ހާލަތަށް ރުޖޫއަވުމަށް ކޮންމެވެސް ވަރެއްގެ ވަގުތެއް ނަގާނެ ކަމަށް އެ ކުންފުނިން ފާހަގަކުރި އެވެ.

އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއާޕޯޓް ކަމަށްވާ ހީތުރޯ އެއާޕޯޓުން ބުނީ، ދިމާވެފައިވާ މި މައްސަލަ ހައްލުކުރުމަށް ނެޓްސްއާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފްލައިޓްތައް މޮނިޓާކުރާ ވެބްސައިޓެއް ކަމަށްވާ "ފްލައިޓްރޭޑާ24" އިން ސޯޝަލް މީޑިއާގައި ބުނި ގޮތުގައި، މި ފަންނީ މައްސަލައާ ގުޅިގެން ލަންޑަންގެ ފްލައިޓް އިންފޮމޭޝަން ރީޖަންގެ އެއާޕޯޓްތަކަށް ޖައްސާ ފްލައިޓްތަކާއި ފުރާ ފްލައިޓްތައް މިހާރު ވަނީ ކޮންޓްރޯލް ކުރަން ފަށާފަ އެވެ.

ފްލައިޓްތަކުގެ މައުލޫމާތު ހާމަކުރާ "ފްލައިޓްއަވެއާ" ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ހީތުރޯ އެއާޕޯޓުން މިހާތަނަށް 100 އެއްހާ ފްލައިޓް ކެންސަލްކޮށްފައިވާއިރު، 367 ފްލައިޓެއް ވަނީ ލަސްވެފަ އެވެ. އަދި ގަޓްވިކް އެއާޕޯޓުން ފުރަން އޮތް ފްލައިޓްތަކުގެ 31 އިންސައްތަ ނުވަތަ ގާތްގަނޑަކަށް 250 ފްލައިޓް ލަސްވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެޑިންބަރާ އެއާޕޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި މައްސަލައިގެ ސަބަބުން އެ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް އަސަރުކޮށްފާނެ ކަމަށެވެ. އަދި އަޔަލޭންޑްގެ ޑަބްލިން އެއާޕޯޓުން ވެސް ވަނީ އެ ތަނަށް ޖައްސާ ފްލައިޓްތަކާއި އެ ތަނުން ފުރާ ފްލައިޓްތަކަށް ބުރޫއަރަމުންދާ ކަމަށް ބުނެފަ އެވެ.

މީގެ އިތުރުން، ލަންޑަންގެ ލޫޓަން އެއާޕޯޓާއި، ބާމިންހަމް އެއާޕޯޓުގެ އިތުރުން އެބަޑީން އަދި ގްލާސްގޯ އެއާޕޯޓުން ވެސް ވަނީ ފްލައިޓްތައް ލަސްވަމުންދާ ކަމަށާއި ބައެއް ފްލައިޓްތައް ކެންސަލްވެފައިވާ ކަމަށް ރިޕޯޓްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox