އިނގިރޭސި ސްކޫލްތަކުގައި ތެލުލި ކާނާ މަނާކޮށް، ތާޒާ މޭވާ އާއި ތަރުކާރީ މަޖުބޫރުކޮށްފި

Sep 15, 2026, 6:31 AM
ފޮޓޯ: ބީބީސީ

ފޮޓޯ: ބީބީސީ

އިނގިރޭސިވިލާތުގެ ސްކޫލްތަކުގައި ކުދިންނަށް ދޭ ކެއުމުގެ ނިޒާމަށް ފާއިތުވި 10 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ގެންނަ އެންމެ ބޮޑު ބަދަލުގެ ދަށުން، ތާޒާ މޭވާއާއި ތަރުކާރީ އިތުރުކޮށް، ތެލުލި ކާނާ މަނާކުރުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ސްކޫލް ކެއުމުގެ އާ މިންގަނޑުތަކުގެ ދަށުން، ކާނާގައި ފައިބަރާއި ހޯލްގްރެއިން ހިމެނޭ މިންވަރު އިތުރުކުރަން ޖެހޭނެ އެވެ. އަދި ފުރަތަމަ ފަހަރަށް ބްރެކްފާސްޓް ކްލަބްތަކުން ވެސް ކާނާގެ މިންގަނޑުތަކަށް އަމަލުކުރަން ޖެހޭ ގޮތަށް ހަމަޖައްސައި، ސްކޫލްތަކުން މި އުސޫލުތަކަށް އަމަލުކުރާ މިންވަރު މޮނިޓަރު ކުރާނެ އެވެ.

އެސޯސިއޭޝަން އޮފް ސްކޫލް އެންޑް ކޮލެޖް ލީޑާސް (އޭއެސްސީއެލް) އިން މި ބަދަލުތަކަށް މަރުހަބާ ކިޔާފައިވީ ނަމަވެސް، މި އާ ގަވާއިދުތަކަކީ ސްކޫލްތަކުގެ ހެޑް ޓީޗަރުންނަށް ކުރިމަތިވާ އިތުރު ތަކުލީފަކަށް ނުވާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެ އެވެ.

Advertisement

ސަރުކާރުން ހާމަކުރި ގޮތުގައި، 2027 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފަށާ މި ބަދަލުތަކަށް ހަރަދުކުރާނީ ސްކޫލްތަކަށް މިހާރުވެސް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންނެވެ.

އާ އުސޫލުގެ ދަށުން، ކޭކު ފަދަ ފޮނި ކާތަކެތި ދޭ މިންވަރު މަދުކުރަން ޖެހޭނެ އެވެ. އެގޮތުން ސެކަންޑަރީ ސްކޫލްތަކުގައި ހަފުތާއަކު ދެ ފަހަރު އަދި ޕްރައިމަރީ ސްކޫލްތަކުގައި ހަފުތާއަކު އެއް ފަހަރު ނޫނީ ފޮނި ކާތަކެތި ނުދެވޭނެ އެވެ. އަދި އެފަދަ ތަކެތި ދޭއިރު މޭވާއާއެކު ދިނުން މިހާރު ވަނީ މަޖުބޫރުކޮށްފަ އެވެ.

މީގެ އިތުރުން، ސޮސެޖާއި ޗިކަން ނަގެޓްސް ފަދަ ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް ދެވޭނީ ހަފުތާއަކު އެންމެ ފަހަރަކު އެވެ. އަދި އެފަދަ ކާނާ ދޭންވާނީ ތަރުކާރީ ނުވަތަ މޭވާއާ އެކުގަ އެވެ.

އެޑިއުކޭޝަން ސެކްރެޓަރީ ލޫސީ ޕަވަލް ވިދާޅުވީ މިއީ މުޅި ގައުމުގެ ސްކޫލްތަކުގެ ކާނާގެ ނިޒާމު ބަދަލުކޮށްލާނެ، ޖީލަކުން އެއްފަހަރު ގެނެވޭ ފަދަ މުހިންމު ބަދަލުތަކެއް ކަމަށެވެ.

ޑިޕާޓްމަންޓް ފޯ އެޑިއުކޭޝަނުން ބުނި ގޮތުގައި މި އިސްލާހުތަކުގެ މަގްސަދަކީ ކުޑަކުދިން ފަލަވުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، ކާނާގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން ކުދިންގެ ސިއްހަތާއި، އުނގެނުމާއި، ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުކުރުމެވެ.

ސްކޫލްތަކުން ކާނާގެ ސިޔާސަތުތަކާއި މެނޫތައް އޮންލައިންކޮށް ޝާއިއުކުރަން ޖެހޭނެ ކަމަށާއި، ފުޑް ސްޓޭންޑަޑްސް އެޖެންސީއާ ގުޅިގެން މިކަންކަން ބަލަހައްޓާނެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ކާނާގެ މި އާ މިންގަނޑުތައް ހިނގާނީ އިނގިރޭސިވިލާތުގެ (އިންގްލެންޑް) ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކަށެވެ. ޔޫކޭގެ އެހެން ސަރަހައްދުތަކުގައި ސްކޫލް ކެއުމުގެ އުސޫލުތައް ތަފާތެވެ.

ވޭލްސްގައި މި އަހަރު ނިމުމުގެ ކުރިން އާ އިރުޝާދުތަކަށް އަމަލުކުރަން ފަށާނެ އެވެ. އެގޮތުން ކޮންމެ ދުވަހަކު މަދުވެގެން ދެ ބާވަތެއްގެ ތަރުކާރީ ދިނުމަށާއި، ބުއިމަށް ހަމައެކަނި ފެން، ކިރު ނުވަތަ ޕްލާންޓް-ބޭސްޑް ބުއިންތައް ބޭނުންކުރުމަށް ވަނީ ކަނޑައަޅާފަ އެވެ.

ސްކޮޓްލޭންޑުން 2020 ވަނަ އަހަރު ވަނީ ގަވާއިދުތައް އިސްލާހުކޮށްފަ އެވެ. ކޮންމެ ދުވަހަކު ދެ ބާވަތެއްގެ ތަރުކާރީއާއި އެއް ބާވަތުގެ މޭވާ ދިނުމުގެ އިތުރުން، ކޮންމެ ތިން ހަފުތާއަކުން އެއްފަހަރު ތެޔޮ ގިނަ މަސް (އޮއިލީ ފިޝް) ކެއުމުގައި ހިމަނަން ޖެހެ އެވެ.

ނޮދަން އަޔަލޭންޑުން އެންމެ ފަހުން ގަވާއިދުތައް އިސްލާހުކުރީ 2007 ވަނަ އަހަރު އެވެ. އެ ގަވާއިދުގައިވާ ގޮތުން ކޮންމެ ދުވަހަކު ޕާން ދޭންޖެހޭއިރު، ދުވާލަކު ދެ ބާވަތެއްގެ މޭވާއާއި ތަރުކާރީ ދޭންޖެހެ އެވެ. އަދި މައިގަނޑު ކެއުމުގައި ޕްރޮޓީންގެ ގޮތުގައި ބީންސް ނުވަތަ ފަލްސަސް ހިމަނާނަމަ، އިތުރު ތަރުކާރީއެއް ވެސް ހިމަނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

ރަސަލް ބްރޭންޑް އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދި

ރަސަލް ބްރޭންޑްގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން، އޭނާގެ ކުރީގެ އެސިސްޓެންޓަކު ވަނީ އަންހެން ސަޕޯޓަރުންގެ ފޯނު ނަންބަރު ހޯދުމަށް ބްރޭންޑް އަންގާފައިވާ ކަމަށް ކޯޓުގައި ހެކިބަސް ދީފައެވެ. ބްރޭންޑަކީ ޖިންސީ ކަންކަމަށް ދަހިވެތިވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރަމުން، އޭނާގެ އަމަލުތައް ހުންނަ ގޮތުން ވަޒީފާއިން ވަކިވި ކަމަށްވެސް އެސިސްޓެންޓް ބުންޏެވެ. ނަމަވެސް، ބްރޭންޑް ވަނީ އޭނާގެ މައްޗަށް ކުރެވޭ ރޭޕް އަދި ޖިންސީ ގޯނާގެ ހުރިހާ ދައުވާތަކަކަށް އިންކާރުކޮށްފައެވެ.

މީހަކަށް ހަމަލާދިނުމުން ކްރިސް ބްރައުންއަށް ޖަލު ހުކުމެއް

ލަންޑަނުގެ ނައިޓްކްލަބެއްގައި މީހަކަށް ހަމަލާދިން މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ކްރިސް ބްރައުންގެ މައްޗަށް އަށް މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުން 12 މަހަށް ފަސްކޮށްފިއެވެ. މި މާރާމާރީގައި ބައިވެރިވި އޭނާގެ ވޯކަލް ކޯޗަށް ވެސް ހަތަރު މަހުގެ ސަސްޕެންޑަޑް ހުކުމެއް އިއްވާފައިވާއިރު، ކޯޓުން ވަނީ މި ދެ މީހުން 1,500 ޕައުންޑުން ޖޫރިމަނާކުރުމަށް ވެސް އަމުރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox