ސެކިއުރިޓީ މައްސަލައަކާ ގުޅިގެން ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

Oct 22, 2026, 11:30 AM
ފޮޓޯ: ގެޓީ އިމޭޖަސް

ފޮޓޯ: ގެޓީ އިމޭޖަސް

އިންޓަނެޓްގެ ބޮޑު ބައެއް ހިންގުމަށް ބޭނުންކުރާ ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީގެ ނުރައްކާތެރި ދެ މައްސަލައެއް ހައްލުކުރުމަށް ބައިނަލްއަގުވާމީ ސަރުކާރުތަކާއި އިދާރާތަކުން ވެބްސައިޓްތަކަށް އިލްތިމާސްކޮށްފި އެވެ.

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި މި މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ "ފިކްސް" ނުވަތަ އަޕްޑޭޓް ބުދަ ދުވަހުގެ މެންދުރު ފަހު ވަނީ ނެރެފަ އެވެ.

ސައިބާ ސެކިއުރިޓީއާ ބެހޭ ގިނަ އިދާރާތަކަކުން ވަނީ، ވަގުތުން ވަގުތަށް މި މައްސަލަ ހައްލުކުރެވެން ނެތް އިދާރާތަކުން އެ ފަރާތްތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން ނިއްވާލުމަށް (އޮފްލައިން ކުރުމަށް) ބާރުއަޅާފަ އެވެ. މިއާއެކު ފިންލޭންޑް ސަރުކާރާއި، އެޑިންބަރާ ކައުންސިލް އަދި ބީބީސީ ފަދަ ތަންތަނުން ވަނީ ބައެއް ވެބް ޕޭޖްތައް އޮފްލައިންކޮށްފަ އެވެ.

މި މައްސަލަތައް ފުރަތަމަ ފާހަގަކުރީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެންނެވެ. ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ "ވިޒް" އިން ބުނި ގޮތުގައި، މިއީ ސައިބާ ދާއިރާ ބަދަލުކުރަމުންދާ އޭއައި ޓެކްނޮލޮޖީން މިހާތަނަށް ހޯދި އެންމެ ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކެވެ.

މި ނުރައްކަލާ ގުޅިގެން ފިންލޭންޑް ސަރުކާރުގެ އާންމު ވެބް ސާވިސްތައް ވަގުތީ ގޮތުން ބަންދުކޮށްފައިވާ އިރު، ނެދަލޭންޑްސްގެ ސައިބާ ސެކިއުރިޓީ އެޖެންސީން ވެސް ވަނީ އެ އެޖެންސީގެ އަމިއްލަ ވެބްސައިޓް އޮފްލައިންކޮށްފަ އެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޖެންސީ (އެންއެސްއޭ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ސެކިއުރިޓީ އަޕްޑޭޓް ނުކުރެވޭ އިދާރާތަކުން އެ ފަރާތްތަކުގެ ސިސްޓަމްތައް އޮފްލައިން ކުރަން ޖެހޭނެ ކަމަށެވެ.

"މިފަދަ ސެކިއުރިޓީ މައްސަލަތަކުގެ ސަބަބުން، ސާވަރުގެ ފައިލް ސިސްޓަމް ނުވަތަ ޑޭޓާބޭސްއަށް ސީދާ ވަނުމުގެ ފުރުސަތު ހެކަރުންނަށް ލިބިގެންދޭ،" އެ އެޖެންސީން ލިޔެފައިވެ އެވެ.

މީގެ އިތުރުން، ވައިޓް ހައުސްއިން ބުނި ގޮތުގައި ފެޑަރަލް އެޖެންޓުން ދަނީ އޭއައި ދާއިރާގެ ކުރިއަރާފައިވާ ކުންފުނިތަކާ ގުޅިގެން މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ޓަކައިޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އާންމުންނަށް ފެންނަން ހުރި ވެބްސައިޓްތަކަކީ ޕީއެޗްޕީ ބޭނުންކޮށްގެން ހިންގާ ސައިޓްތަކެއްތޯ ޗެކްކުރުމަށް އިލްތިމާސްކުރައްވާފަ އެވެ.

އޮންލައިން އެންސައިކްލޮޕީޑިއާ ވިކިޕީޑިއާ ހިންގާ ވިކިމީޑިއާ ފައުންޑޭޝަނުން ބުނީ، މި ސެކިއުރިޓީ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސެކިއުރިޓީ ޕެޗްތައް އެޅެންދެން އަޅުގަނޑުމެން ވާނީ ބައެއް ސިސްޓަމްތައް ނިއްވާލާފައި،" އެ ފައުންޑޭޝަނުން ބުންޏެވެ.

މީގެ ސަބަބުން ބުދަ ދުވަހު ވިކިޕީޑިއާގެ ބައެއް ބައިތަކަށް ނުވަދެވި، ބައެއް މީހުންނަށް ދަތިތަކާ ކުރިމަތިވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސެލް ބްރޭންޑް 10 އަހަރަށް ޖަލަށް

އިނގިރޭސި އެކްޓަރު ރަސެލް ބްރޭންޑްގެ މައްޗަށް ރޭޕް ކުރުމާއި ޖިންސީ ގޯނާގެ ކުށް ސާބިތުވެ، 10 އަހަރާއި 6 މަސް ދުވަހަށް ޖަލަށްލުމަށް ލަންޑަނުގެ ކޯޓަކުން ހުކުމްކޮށްފިއެވެ. ފަނޑިޔާރު އޭނާ ސިފަކުރެއްވީ އަންހެނުންގެ ހައްގުތަކަށް އިހުތިރާމްނުކުރާ "ޖިންސީ ޝިކާރަވެރިއެއް"ގެ ގޮތުގައެވެ. މި ހުކުމުގެ ތިންބައިކުޅަ ދެބައި ފުރިހަމަކުރުމުން އޭނާއަށް މިނިވަންވުމުގެ ފުރުސަތު އޮތް ނަމަވެސް، އެއީ ހަރުކަށި އުސޫލުތަކެއްގެ ދަށުންނެވެ.

އެންވީޑިއާގެ ސީއީއޯއާގެ މައްސަލަ އެފްބީއައި އިން ތަހުގީގުކުރަނީ

އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގް އާއި ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އޮތް ގުޅުން އެފްބީއައި އިން ތަހުގީގު ކުރަން ފެށުމާ ގުޅިގެން، އެ ކުންފުނީގެ ބާޒާރުގެ އަގުން 250 ބިލިއަން ޑޮލަރު ވެއްޓިއްޖެއެވެ. މި މައްސަލައިގައި ރައީސް ޓްރަމްޕް ހުއަންގްއާ ވާހަކަދައްކަވާފައިވާއިރު، އެންވީޑިއާ އިން ބުނަނީ މިކަމުގެ ސަބަބުން ކުންފުނީގެ ސިއްރުތަކަށް ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް މިނިވަން ތަހުގީގެއް ކުރިއަށްދާ ކަމަށެވެ.

މިސްރުގައި ދެ ރޭލު ޖެހި މަރުވި މީހުންގެ އަދަދު ހަތަކަށް

މިޞްރުގެ ޖީޒާ ކައިރީގައި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ހަތް މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. މި ހާދިސާއާ ގުޅިގެން ރައީސް އަލް-ސީސީ ވަނީ މައްސަލަ ތަހުގީގުކޮށް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އަމުރުކުރައްވާފައެވެ. އެ ސަރަހައްދުގެ ހޮސްޕިޓަލްތައް މިހާރު ވަނީ ހައި އެލާޓަށް ގެނެސްފައެވެ.

ރިޔާދުގެ މެދުތެރޭގައި ހުންނަ އަރަމްކޯ ޓަވަރަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ރިޔާދުގެ މަރުކަޒީ ސަރަހައްދުގައި ހުންނަ އަރަމްކޯ ޓަވަރަށް ހޫތީން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. ސައުދީ ސަރުކާރުން މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށް ބުނި ނަމަވެސް، ހޫތީން ވަނީ ރިޔާދުގެ އެއާޕޯޓަށާއި ތެޔޮ ރައްކާކުރާ މަރުކަޒުތަކަށްވެސް ހަމަލާދީފައިވާކަމަށް ބުނެފައެވެ. މި ހަމަލާތަކަކީ ޔަމަނަށް ސައުދީން ދިން ހަމަލާއެއްގެ ބަދަލުހިފުމެއްގެ ގޮތުން ދިން ހަމަލާތަކެކެވެ.

އިމިގްރޭޝަން ސިޔާސަތު "މާ ހަރުކަށި" ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އިމިގްރޭޝަން ސިޔާސަތުތަކަކީ "މާ ހަރުކަށި" ސިޔާސަތުތަކެއް ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ. ބޯޑަރު ބެލެހެއްޓުމުގައި ކާމިޔާބީތަކެއް ލިބުނު ނަމަވެސް، ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުކުރުމުގެ ސަބަބުން ސިޔާސީ ގޮތުން ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންވީޑިއާ ސީއީއޯއާއި ޗައިނާ ޖާސޫސަކާ އޮތް ގުޅުން ތަހުގީގު ކުރަނީ

ޗައިނާގެ ޖާސޫސެއް ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ ގާތް ގުޅުމެއް ބޭއްވި މައްސަލައިގައި، އެންވީޑިއާގެ ސީއީއޯ ޖެންސަން ހުއަންގްގެ މައްސަލަ އެ ކުންފުނިން މިނިވަންކަމާއެކު ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލައިގައި ޖެންސަން އާއިލާގެ ކިބައިން މައާފަށް އެދިފައިވާއިރު، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތެއް ބޭރުވެފައިވާކަމުގެ ހެއްކެއް އަދި ފެންނަން ނެތް ކަމަށް އެ ކުންފުނީގެ ބޯޑުން ބުނެއެވެ.

ޓައިޓޭނިކްގެ އިންޝުއަރެންސް ޕޮލިސީ ފުރަތަމަ ފަހަރަށް ނީލަމަށް

ޓައިޓޭނިކް ބޯޓު އަޑިއަށް ދިއުމުގެ 19 ދުވަސް ކުރިން އެ ބޯޓުގެ ހަލް އިންޝުއަރެންސް ކުރި ލިޔުމުގެ ކޮޕީއެއް ފުރަތަމަ ފަހަރަށް ނީލަމެއްގައި ވިއްކާލަން ވަނީ ނިންމާފައެވެ. އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ބާއްވާ މި ނީލަމުގައި، މި ތާރީޚީ ލިޔުން 30،000 އާއި 50،000 އިނގިރޭސި ޕައުންޑާ ދެމެދުގެ އަގަކަށް ވިކޭނެ ކަމަށް ބެލެވެއެވެ.

Newsletter

Get the latest news delivered straight to your inbox