ކަފާލާތުގެ ދަށުން ޔުނައިޓެޑްގެ ފޯވާޑް ގްރީންވުޑް ޖަލުން ދޫކޮށްލައިފި

Feb 2, 2022, 5:59 PM
ކަފާލާތުގެ ދަށުން ޔުނައިޓެޑްގެ ފޯވާޑް ގްރީންވުޑް ޖަލުން ދޫކޮށްލައިފި

މެންޗެސްޓާ (ފެބްރުއަރީ 2) - ގެވެށި އަނިޔާގެ މައްސަލަ އާއި ރޭޕް އަދި މީހަކު މަރާލަން އިންޒާރު ދިނުމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް، ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފި އެވެ.

މިދިޔަ އާދިއްތަ ދުވަހު އުމުރުން 20 އަހަރުގެ ގްރީންވުޑް ހައްޔަކުރީ، އޭނާގެ ލޯބިވެރިޔާ ހެރިއަޓް ރޮބްސަން ސޯޝަލް މީޑިއާގައި އާންމުކުރި ފޮޓޯތަކާއި ވޮއިސް ނޯޓަށް ފަހު އެވެ.

ފޮޓޯތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ހެރިއަޓްގެ އަނގަމަތި ފަޅައިގެން ގޮސް ލޭ އޮހޮރެ އެވެ. އަދި ދައުރުވަމުން އަންނަ ވޮއިސް ނޯޓުން އިވޭ އަޑުތަކަށް ބަލާއިރު، ހެރިއަޓްގެ ނުރުހުމުގައި ގްރީންވުޑް ޖިންސީ އެދުން ފުއްދަން އުޅޭ އަޑުއިވެ އެވެ. ހެރިއަޓް ވަނީ ވީޑިއޯގައި މިއީ ގްރީންވުޑް އޭނާ އަށް ދީފައިވާ އަނިޔާ ކަމަށް ތަކުރާރުކޮށް ބުނެފަ އެވެ.

ގްރީންވުޑް ހައްޔަރުގައި ބަހައްޓާފައި ހުރިތާ ދެ ދުވަސް ފަހުން އިއްޔެ، ފުލުހުން ވަނީ ގްރީންވުޑް ޖަލުގައި ބަހައްޓައިގެން ތަހުގީގުކުރާ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. އެއީ އޭނާގެ އިތުރު މައްސަލަތަކެއް ފެންމަތިވުމުންނެވެ. އެއީ ގެވެށި އަނިޔާ އާއި ރޭޕްގެ ތުހުމަތުގެ އިތުރުން "މީހަކު މަރާލުމަށް" މަސައްކަތް ކޮށްފައިވާތީ ގްރީންވުޑްގެ މައްޗަށް ހިންގޭ ތަހުގީގުގެ ސުވާލުތައް ކުރުމުގެ ގޮތުންނެވެ.

ޔުނައިޓެޑުން ވަނީ ގްރީންވުޑް އެ ކްލަބްގެ ހަރަކާތްތަކުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. ޔުނައިޓެޑްގެ މާޗެންޑައިސް ޝޮޕްތަކުން ގްރީންވުޑާ ގުޅޭ ހުރިހާ އެއްޗެއް ނަގާފައިވާއިރު، އެ ކްލަބްގެ ގިނަ ކުޅުންތެރިން ވަނީ ސޯޝަލް މީޑިއާގައި ގްރީންވުޑް، އަންފޮލޯ ކޮށްފަ އެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ޕައުލް ޕޮގްބާ، ޑޭވިޑް ޑެހެއާ، މާކަސް ރެޝްފޯޑް، ޖެސީ ލިންގާޑް އަދި އަލެކްސް ޓެލޭސް ހިމެނެ އެވެ.

ޒުވާން ތަރި ގްރީންވުޑާ މެދު ނައިކީ އާއި އީއޭ ސްޕޯޓްސް އިން ވެސް ވަނީ ފިޔަވަޅު އަޅައިފަ އެވެ. ނައިކީން ވަނީ ގްރީންވުޑާ އެކު އޮތް ސްޕޮންސަޝިޕް އެއްބަސްވުން މި ވަގުތަށް ސަސްޕެންޑްކޮށްފަ އެވެ. އީއޭ ސްޕޯޓްސް އިން ވަނީ ފީފާ22 އިން ގްރީންވުޑްގެ ހުރިހާ ބައެއް އުނިކޮށްފަ އެވެ.

ޔުނައިޓެޑްގެ އެކެޑަމީ ގްރެޖުއޭޓެއްގެ ގޮތުގައި ފުރަތަމަ ޓީމަށް ގްރީންވުޑް ޕްރޮމޯޓްކުރީ 2019 ވަަނަ އަހަރުގެ މާޗް މަހުގަ އެވެ. ޔުނައިޓެޑްގެ ސީނިއާ ޓީމަށް ގަވާއިދުން ކުޅެމުން އައި ގްރީންވުޑް ވެފައިވަނީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށެވެ. އިންގްލެންޑް ގައުމީ ޓީމުން ވެސް ޖާގަ ހޯދި ގްރީންވުޑް، ޔުނައިޓެޑުގައި ދައްކަމުން އައި މޮޅު ކުޅުމުގެ ސަބަބުން އެ ކްލަބުން ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގްރީންވުޑަށް ހަތަރު އަހަރުގެ ކޮންޓްރެކްޓެއް ދީފަ އެވެ. އެކަމަކު، މިހާރު ގްރީންވުޑްގެ މައްޗަށް އެ ކުރާ ތުހުމަތުތަކުގެ ތަހުގީގު ނިމޭ ގޮތަކުން ޔުނައިޓެޑުން އޭނާގެ ކޮންޓްރެކްޓް އުވާލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox