ގެވެށި އަނިޔާގެ މައްސަލައިގައި ޔުނައިޓެޑްގެ ފޯވާޑް ގްރީންވުޑް ހައްޔަރުކޮށްފި

Jan 30, 2022, 6:34 PM
ގެވެށި އަނިޔާގެ މައްސަލައިގައި ޔުނައިޓެޑްގެ ފޯވާޑް ގްރީންވުޑް ހައްޔަރުކޮށްފި

މެންޗެސްޓާ (ޖެނުއަރީ 30) - މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް، ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އިންސްޓަގްރާމްގައި ގްރީންވުޑްގެ ލޯބިވެރިޔާ، މިއަދު ވަނީ ގްރީންވުޑް ގެވެށި އަނިޔާކުރިކަން ދައްކުވައިދޭ ފޮޓޯތަކަކާއި ވޮއިސް ނޯޓެއް އާންމުކޮށްފަ އެވެ. ފޮޓޯތަކުން ފެންނަ މަންޒަރުތަކަށް ބަލާއިރު، ގްރީންވުޑްގެ ލޯބިވެރިޔާ އަނގަމަތި ފަޅައިގެން ގޮސް ލޭ އޮހޮރެ އެވެ. އަދި ދައުރުވަމުން އަންނަ ވޮއިސް ނޯޓުން އިވޭ އަޑުތަކަށް ބަލާއިރު، ގްރީންވުޑް، އޭނާގެ ލޯބިވެރިޔާގެ ނުރުހުމުގައި ކަންތައްތަކެއް ކުރަން އުޅޭ އަޑުއިވެ އެވެ.

މި މައްސަލައިގައި މެންޗެސްޓާ ސަރަހައްދުގެ ފުލުހުން މިރޭ ވަނީ ގްރީންވުޑް ހައްޔަރުކޮށްފަ އެވެ.

މެންޗެސްޓާ ފުލުހުންގެ ތަރުޖަމާނު މެދުވެރިކޮށް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސޯޝަލް މީޑިއާގައި އާންމުވި ގެވެށި އަނިޔާގެ މައްސަލައެއްގައި 20 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ގެވެށި އަނިޔާ އާއި ރޭޕްގެ މައްސަލައަކާ ގުޅިގެން ކަމަށާއި ތަހުގީގު ނިމެންދެން މި ވަގުތަށް އޭނާ (ގްރީންވުޑް) ހައްޔަރުގައި ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

އިންސްޓަގްރާމާއި ޓްވިޓާ އަދި ފޭސްބުކްގައި ގްރީންވުޑްގެ މި އަމަލުތަކާ ބެހޭގޮތުން ގިނަ ބަޔަކު ވާހަކަ ދައްކަން ފެށުމާ އެކު ޔުނައިޓެޑުން ވަނީ ބަޔާނެއް ނެރެފަ އެވެ. ޔުނައިޓެޑުން ވަނީ އެއްވެސް ބާވަތެއްގެ ހަމަނުޖެހުމަކީ ޔުނައިޓެޑުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ޔުނައިޓެޑުން ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކި ގޮތެއް އަންގަންދެން ގްރީންވުޑަށް ޔުނައިޓެޑްގެ ޕްރެކްޓިހާއި މެޗުތަކުގައި ބައިވެރިނުވެވޭނެ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑްގެ ގިނަ ކުޅުންތެރިންތަކެއް ވަނީ ސޯޝަލް މީޑިއާގައި ގްރީންވުޑްގެ ރަސްމީ އެކައުންޓަކުން ވަކިވެފަ އެވެ. އޭގެ ތެރޭގައި ކްރިސްޓިއާނޯ ރޮނާލްޑޯ، ޕައުލް ޕޮގްބާ، ޑޭވިޑް ޑެހެއާ އަދި އަލެކްސް ޓެލޭސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ ކުރިން ވެސް އަންހެން ކުއްޖަކާ ގުޅޭ މައްސަލައެއްގައި ގްރީންވުޑަށް ވަނީ އިންގްލެންޑް ގައުމީ ޓީމުން ފިޔަވަޅު އަޅައިފަ އެވެ. އިންގްލެންޑް ގައުމީ ޓީމާ އެކު 2020 ވަނަ އަހަރު އައިސްލެންޑަށް ގޮސް، ޓީމު ހޮޓަލަށް އަންހެން ކުދިން ގެނައި މައްސަލައެއްގައި ގްރީންވުޑާއި މެންޗެސްޓާ ސިޓީގެ ފިލް ފޯޑެން އަށް ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިއްސާރައާ ހެދި ބުރު އާއި ނިއު މެޗު ފަސްކުރަން ޖެހިއްޖެ

މޫސުން ގޯސްވެ ގަލޮޅު ދަނޑުގައި ފެންބޮޑުވުމުގެ ސަބަބުން، ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓާއި ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރަން އޮތް މެޗު އެފްއޭއެމް އިން ފަސްކޮށްފި. މިއަދު ހަވީރު ކުޅުނު މެޗަށްވެސް ވިއްސާރައިގެ އަސަރުކޮށްފައިވާއިރު، މިރޭގެ މެޗު ފަސްކުރަން ނިންމީ މެޗު ކުޅެވޭނެ ފަދަ ހާލަތެއް ދަނޑުގައި ނެތުމުން.

އޮޑި އާއި އީގަލްސްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

ދިވެހި ޕްރިމިއާ ލީގުގައި ކްލަބް އީގަލްސް އާއި އޮޑި ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު 0-0 އިން އެއްވަރުވުމުން، ލީގުގެ އެއް ވަނަ އަށް އެރުމަށް އީގަލްސް އަށް ލިބުނު ފުރުސަތު ގެއްލުނު. ވިއްސާރައިގެ ސަބަބުން ކުޅުމަށް ހުރަސްތަކެއް ކުރިމަތިވި މި މެޗުގައި، ދެ ޓީމުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުނުވީ ދެ ޓީމުގެ ކީޕަރުންގެ ކުޅުން ރަނގަޅުވުމުން

ކްވަރަޝްކޭލިއާ އަށް ސީޒަން ނިމުމުގެ ބިރު

ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ޕީއެސްޖީގެ ކްވަރަޝްކޭލިއާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާއަށް މި ސީޒަން ނިމިއްޖެ. ޓެސްޓްތަކުން ދައްކާގޮތުގައި އޭނާގެ އޭސީއެލް އިރައިގެން ގޮސްފައިވާއިރު، މި އަނިޔާއިން ރަނގަޅުވުމަށް ގާތްގަނޑަކަށް 6 މަހާއި 9 މަހާ ދެމެދުގެ މުއްދަތެއް ނަގާނެ

އިންގްލެންޑުން ރިޓަޔާނުކުރާ ކަމަށް ހެންޑަސަން ބުނެފި

މިހާރު ޗެލްސީއަށް ކުޅެމުން އަންނަ ތަޖުރިބާކާރު މިޑްފީލްޑަރު ހެންޑަސަން، އިންގްލެންޑް ގައުމީ ޓީމުން ރިޓަޔާނުކުރާ ކަމަށާއި އަދިވެސް ގައުމީ ޓީމަށް ކުޅުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފި. އޭނާ ގަބޫލުކުރާ ގޮތުގައި ޗެލްސީގައި ރަނގަޅު ކުޅުމެއް ދައްކައިގެން އަދިވެސް އެންމެ މަތީ ފަންތީގައި ގައުމީ ޓީމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އޭނާއަށް އެބައޮތް

އިހުތިރާމް ކުރާތީ ފަބްރެގަސް ސުވާލަކަށް ޖަވާބު ނުދިން

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދޭން ކޯމޯގެ ކޯޗު ސެސްކް ފަބްރެގަސް ދެކޮޅުހަދައިފި. ފަބްރެގަސް ބުނީ މިވަގުތު ޔުނައިޓެޑްގެ ކޯޗަކަށް ހުރި މައިކަލް ކެރިކަށް އިހުތިރާމް އަދާކުރުމުގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ބޭނުންނުވާ ކަމަށް

ނިއު އަކީ ވަރުގަދަ ޓީމެއް ވިޔަސް ބުރަށް ވާދަކުރެވޭނެ

ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ނަމަވެސް، ބުރު ސްޕޯޓްސް ކްލަބުން އެ ޓީމާ ދެކޮޅަށް ރަނގަޅު ވާދައެއްކޮށް ކާމިޔާބު ހޯދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ކޯޗު ރޮޑްރިގޭޒް ބުނެފި. ކޯޗު ފާހަގަކުރި ގޮތުގައި ޓީމުގެ ކުޅުން ދުވަހުން ދުވަހަށް ކުރިއަރަމުން އަންނާތީ، ކޮންމެ ޓީމެއް އަތުންވެސް މޮޅުވެވޭނެ ކަމުގެ އިތުބާރު މިހާރު އެބައޮތް

ލިވަޕޫލަށް ތަފާތު މޮޅެއް، ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ޕީއެސްޖީން 4-2 އިން ބާސެލޯނާ ބަލިކުރިއިރު، ލިވަޕޫލުން ވަނީ ފަހަތުން އަރައި 4-3 އިން ވިޔަރެއާލްގެ މައްޗަށް ކުރިހޯދާފައި މީގެ އިތުރުން މެންޗެސްޓާ ސިޓީން 5-1 އިން އޭއީކޭ އެތަންސް ބަލިކުރިއިރު، އެ މެޗުގައި ފިލް ފޯޑެން ވަނީ ހެޓްރިކެއް ހަދާފައި

Newsletter

Get the latest news delivered straight to your inbox