ޕީއެސްއެމަށް ލިބޭ އާމްދަނީ އާއި ހަރަދުތަކުގެ ހިސާބު ނުބަލަހައްޓާ މައްސަލަ އޮޑިޓުން ފެންމަތިވެއްޖެ

ޕީއެސްއެމް އިމާރާތުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: އޮޑިޓު ކުރީ އެ ކުންފުނީގެ ތިން އަހަރުގެ މާލީ ހިސާބުތައް -- ފޮޓޯ: ފައިލް

ޕީއެސްއެމް އިމާރާތުގެ ބޭރުން ނަގާފައިވާ ފޮޓޯއެއް: އޮޑިޓު ކުރީ އެ ކުންފުނީގެ ތިން އަހަރުގެ މާލީ ހިސާބުތައް -- ފޮޓޯ: ފައިލް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މާލީ ހިސާބުތައް ބަލަހައްޓަނީ އެ ކުންފުންޏަށް ލިބޭ އާމްދަނީ އާއި ހަރަދު ކުރާ ފައިސާގެ ސައްހަކަން ކަށަވަރު ނުކުރެވޭނެ ގޮތަށް ކަމަށް އެ އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޕީއެސްއެމްގެ 2017 އާއި 2018 އާއި 2019 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓު ކުރުމަށްފަހު އޮޑިޓާ ޖެނެރަލްގެ އޮފީހުން އާންމުކޮށްފައިވާ ރިޕޯޓުތައް ދައްކާ ގޮތުން އެ އަހަރުތަކުގެ ކުންފުނީގެ އާމްދަނީ އައީ ހަރަދުތައް ހިނގާފައިވާ ގޮތް ހިސާބުތަކުން އެނގޭކަށް ނެތެވެ.

އެގޮތުން، 2017 ވަނަ އަހަރުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު ކަމަށް ރިޕޯޓުކޮށްފައިވާ 53.9 މިލިއަން ރުފިޔާގެ ސައްހަކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް އޮޑިޓުގައި ބުނެފައިވެ އެވެ.

ހަމަ އެގޮތަށް ކަމާ ގުޅޭ ލިޔުން ނެތުމުން، 2018 ވަނަ އަހަރު ލިބުނު ކަމަށް ބުނާ 39.6 މިލިއަން ރުފިޔާ އާއި 2019 ވަނަ އަހަރުގެ އާމްދަނީގެ ގޮތުގައި ލިބުނު ކަމަށް ބުނާ 22.2 މިލިއަން ރުފިޔާގެ ސައްހަކަން ވެސް ކަށަވަރުނުވާ ކަމަށް އޮޑިޓު އޮފީހުން ބުނެ އެވެ.

އާމްދަނީގެ އިތުރުން، އެ ތިން އަހަރު ޕީއެސްއެމުން ހަރަދުގެ ގޮތުގައި ބަޔާންކޮށްފައިވާ ޖުމްލަ 600 މިލިއަނެއްހާ ރުފިޔާގެ ސައްހަކަން ވެސް ކަށަވަރު ކުރެވޭނެ ގޮތެއް ނެތް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ. އަދި 2017 ގައި ޕީއެސްއެމް ބަޖެޓަށް ފިނޭންސް މިނިސްޓްރީން ދޫކުރި 88.1 މިލިއަން ރުފިޔާ އާއި 2018 ގައި ދޫކުރި 142 މިލިއަން ރުފިޔާގެ އިތުރުން 2019 ގައި ލިބުނު 129.9 މިލިއަން ރުފިޔާގެ ހިސާބުތައް ވެސް ބަލަހައްޓާފައިނުވާ ކަމަށް އެ އޮޑިޓު ރިޕޯޓުތަކުން ދައްކަ އެވެ.

އޭގެ އިތުރުން، ގާނޫނުގެ ދަށުން ޕީއެސްއެމުން ވެސް ބިޒްނަސް ޕްރޮފިޓް ޓެކްސް އާއި އިންކަމް ޓެކްސް ދައްކަން ލާޒިމުކޮށްފައިވީ ނަމަވެސް، ކުންފުނީގެ މާލީ ހިސާބުތަކުގައި ޓެކްސް ޕްރޮވިޝަން ހަދާފައިނުވާކަން އެ ތިން އަހަރުގެ އޮޑިޓު ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox