ތަފާތު ސްޓައިލްތަކުގެ ރީތި އަންނައުނު ވިއްކާ އިލާލާ ފިހާރައިން ކްލަބް މެމްބާ ކާޑް ތައާރަފްކޮށް، ލޯޔަލްޓީ ޕްރޮގްރާމެއް ފަށައިފި އެވެ.
އިލާލާއިން ބުނީ އެ ފިހާރައިން ތައާރަފްކުރި ކްލަބް މެމްބާ ކާޑް އޮންނަ ފަރާތްތައް، ކުރާ ކޮންމެ ވިޔަފާރިއަކުން ބޯނަސް ޕޮއިންޓް ލިބޭނެ ކަމަށާއި އެގޮތަށް ލިބޭ ޕޮއިންޓް، އޭގެ ފަހުން ކުރާ ވިޔަފާރީގައި ބޭނުންކުރެވޭނެ ކަމަށެވެ. އަންހެނުންނަށް ހާއްސަ ތަކެތި ވިއްކާ ފިހާރައަކާއި ފިރިހެނުންނަށް ހާއްސަ ތަކެތި ވިއްކާ ފިހާރައެއް އިލާލާގެ ހުންނަ އިރު، އެއް ފިހާރައިން ދޫކުރާ ކާޑް އަނެއް ފިހާރައިން ވިޔަފާރިކުރަން ވެސް ބޭނުންކުރެވޭނެ އެވެ.
އިލާލާގެ ކްލަބް މެމްބާ ކާޑް އޮންނަ ފަރާތްތަކަށް، އެތަނުގެ ހާއްސަ ބްރޭންޑް، "ކައުރީ" ގެ އުފެއްދުމެއް ގަންނަ ކޮންމެ ފަހަރަކު 10 ޕަސެންޓް ޑިސްކައުންޓް ލިބޭނެ އެވެ.

ލޮނުޒިޔާރަތްމަގުގައި ހުންނަ އިލާލާ ފިހާރަ. އިލާލާއިން ތައާރަފްކުރި ކްލަބް މެމްބާ ކާޑުން ކަސްޓަމަރުންނަށް ބޮޑު ފައިދާއެއް ވާނެ
އިލާލާގެ ކްލަބް މެމްބާ ކާޑް ލިބޭނީ 1،000ރ. ގެ ވިޔަފާރިއެއް ކުރީމަ އެވެ. އެ ކާޑް އޮންނަ ފަރާތްތަކުން އޭގެ ފަހުން 1،000ރ. ގެ ވިޔަފާރި ކޮށްފި ނަމަ ލޯޔަލްޓީ ކާޑް ލިބޭނެ އެވެ.
އިލާލާއިން ކަސްޓަމަރުންނަށް ދޭ އުފާވެރި ހަބަރަކީ ކްލަބް މެމްބާ ކާޑާއި ލޯޔަލްޓީ ކާޑް ގެންގުޅޭ ކަސްޓަމަރުންނަށް ހާއްސަކޮށްގެން އެތަނުން ޕްރޮމޯޝަންތައް ކުރިއަށް ގެންދަން ރާވާފައިވާ ކަމުގެ ހަބަރެވެ. ކާޑް ނުހޯދައި، އެ ފުރުސަތު ނަގައިލުން ރަނގަޅެއް ނޫނެވެ.









