ނިމިދިޔަ ހަފްތާ: ރާއްޖޭގެ ޝިޕިން ލައިނަށް ބޮޑު ހަފްތާއެއް

އެމްއެސްއެސް ގަލޭނާ ރާއްޖޭގައި ދަތުރު ކުރަނީ: މިފަހަރު ގެންނަނީ ގަލޭނާއަށްވުރެ 350 ޕަސެންޓު ބޮޑު ބޯޓެއް -- ފޮޓޯ: އެމްއެސްއެސް

އެމްއެސްއެސް ގަލޭނާ ރާއްޖޭގައި ދަތުރު ކުރަނީ: މިފަހަރު ގެންނަނީ ގަލޭނާއަށްވުރެ 350 ޕަސެންޓު ބޮޑު ބޯޓެއް -- ފޮޓޯ: އެމްއެސްއެސް

ދިވެހި ސަރުކާރުގެ ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިންއަށް މުޅިން އާ ބޯޓެއް ގަތުމަށް ނިންމުމަކީ މިދިޔަ ހަފްތާގައި ރާއްޖޭގައި ހިނގި މުހިންމު އެއް ކަމެވެ.

މީގެ ދެ އަހަރު ކުރިން 2020 ވަނަ އަހަރުގެ ތެރޭގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ދަށުން ހިންގާ ގޮތަށް އުފެއްދި އެމްއެސްއެސް އަށް ގަންނަ އާ ބޯޓު ރާއްޖެ އަންނާނީ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

މިފަހަރު ގެންނަ ބޯޓަކީ 48,000 ޓަނުގެ ބޮޑު ބޯޓެކެވެ. އެ ބޯޓާއެކު އެމްއެސްއެސްގެ ބޯޓުތައް ދެއަކަށް އިތުރުވީ އެވެ. އެ ކުންފުނީގެ އެންމެ ފުރަތަމަ ބޯޓު އެމްއެސްއެސް ގަލޭނާ ރާއްޖެ ގެނައީ ނޮވެމްބަރު، 2021 ގެ ތެރޭގަ އެވެ.

Advertisement

އެމްއެސްއެސް ގަލޭނާއަކީ 10،600 ޓަނުގެ ބޯޓެކެވެ. އެހެންކަމުން އަލަށް މި ގެންނަ ބޯޓަކީ، 2002 ވަނަ އަހަރު އުފައްދާފައިވާ ގަލޭނާއަށްވުރެ 350 ވަރަކަށް ޕަސެންޓު ބޮޑު ބޯޓެކެވެ. އެއީ ދިވެެހިރާއްޖޭގެ ތާރީހުގައި ގަންނަ އެންމެ ބޮޑު މުދާ އުފުލާ ބޯޓު ކަމަށް އެސްޓީއޯން ބުންޏެވެ.

ހަނގުރާމައިގެ ސަރަހައްދުގައި އުފަންވި ކުދިންގެ ރަޖިސްޓްރީކުރުމަށް އުސޫލެއް ހަދައި، އެއަށް އަމަލު ކުރަން ފެށީ މި ނިމިދިޔަ ހަފްތާގަ އެވެ. އެ އުސޫލުގެ ދަށުން، ސީރިޔާގައި ވިހެއި ދެ ކުއްޖެއްގެ މަންމައަކީ ދިވެހި އަންހެނެއް ކަމަށް ވެސް ވަނީ ކޯޓުން ކަނޑައަޅައިފަ އެވެ.

ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ފަރާތުން ކޮންމެ އަހަރަކު ވެސް ނެރޭ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި ހާމަ ކުރީ ވެސް މިދިޔަ ހަފްތާގަ އެވެ. މިފަހަރުގެ ލިސްޓުގައި 180 ގައުމުގެ ތެރެއިން ރާއްޖެ އޮތީ 85 ވަނައިގަ އެވެ. އެއީ 40 ޕޮއިންޓު ލިބިގެންނެވެ. އޭގެ ކުރިން 2020 ގައި 43 ޕޮައިންޓު ހޯދައިން ލިބިފައި ވަނީ 75 ވަނަ އެވެ.

ކޮވިޑް-19 ޖެހޭ ކުޑަކުދިންގެ ގައިން މަލްޓި އިންފްލެމެޓަރީ ސިންޑްރޯމް އިން ޗިލްރެން ނުވަތަ މިސްކުގެ އަލާމާތްތައް ފެންނަމުންދާ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ހާމަ ކުރެއްވީ މިދިޔަ ހަފްތާގަ އެވެ. ކޮވިޑް ޖެހިފަ ހުރި 15 ކުއްޖަކު އެނދުމަތިކޮށްގެން ފަރުވާ ދެމުން އަންނައިރު އޭގެ ތެރެއިން އެއް ކުއްޖެއްގެ ހަށިގަނޑުން މިސްކުގެ އަލާމާތްތައް ފެންނަމުންދާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

ހުޅުމާލޭގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީގެ ފަރާތުން 100 މެގަވޮޓްސްގެ އިންޖީނުގެއަށް އެޅުމަށް ނިންމައި އެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް އިއުލާން ކުރީީ ވެސް މިދިޔަ ހަފްތާގަ އެވެ. އެއީ ރާއްޖޭގެ ގާއިމްކުރާ އެންމެ ބޮޑު އިންޖީނުގެ އެވެ. ސްޓެލްކޯއިން ބުނީ އާބާދީ އިތުރުވާ މިންވަރަށް ބަލާއިރު އެ ޖަނަރޭޓަރުގެ ހިދުމަތް ކުރިއަށް އޮތް އަހަރުތަކުގައި ބޭނުންވާނެ ކަމަށެވެ.

އޭގެ އިތުރުން، ޕްރެޒިޑެންޓްސް ކަޕް 2021 ކްލަބް ވެލެންސިއާ އުފުލައިލީ ވެސް މި ވެއެތުވެދިޔަ ހަފްތާގެ ތެރޭގަ އެވެ. އެއީ ވެލެންސިއާއިން އެ މުބާރާތުގެ ތަށި އުފުލައިލި ހަ ވަނަ ފަހަރެވެ. އެ މުބާރާތުގެ ތަށި ވެލެންސިއާއިން ކާމިޔާބު ކުރީ ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް ބަލިކޮށް، ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.

ހަފްތާގެ ބައެއް މުހިންމު ހަބަރުތައް

  • މާލެ އާއި ތިލަފުއްޓާ ދެމެދުގައި އަޅާ ބްރިޖުގެ މަސައްކަތް
  • ޕޭމަންޓުގެ ހިދުމަތް ދިނުމަށް އެމްއެމްއޭއިން ފުރަތަމަ ފަހަރަށް ލައިސެންސެއް ދޫކުރުން
  • ރައީސް ނަޝީދަށް ދިން ހަމަލާގެ އިސް ދެ މޭސްތިރިންނަށް ކުރާ ދައުވާގެ ޝަރީއަތް
  • އެސްޓީއޯގެ އަހަރީ އާންމު ރިޕޯޓު އާންމު ކުރުން
  • މުއްދަތު ހަމަވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ހަ މަސް ދުވަހަށް އައިޑީ ކާޑު ބަލައިގަތުން
  • ޖުމްހޫރީ ޕާޓީގެ ލީޑަރު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނުގައި ބައިވެރިވުން

ހަފްތާގެ ހޮވާލެވޭ ބައެއް ލިޔުން

  1. މި ލިޔުން ކިޔާލުމުން ނަފްސާނީ ބަލިމަޑުކަމާއެކު ދިރިއުޅޭ މީހެއްގެ އިހްސާސް ރަނގަޅަށް އެނގޭނެ އެވެ. ނަފްސާނީ ބަލި މީހަކު މިސާލެއްގެ ގޮތުގައި ނަގައިގެން މުހައްމަދު ނަސީމް ލިޔެފައިވާ މި ލިޔުމުގައި އޭނާގެ ކުޑައިރުގެ ދިރިއުމާއި އާންމު އާދައިގެ ދިރިއުޅެއް އުޅުމަށް ކުރާ މަސައްކަތްތައް އެނގިގެންދާނެ އެވެ.
  2. މިއީ ބ. ތުޅާދޫގެ މަސް ކެއްކުމަށް މަޝްހޫރު ޝަރީފާ އިދުރީސްގެ ޕްރޮފައިލެކެވެ. މީގެ 40 އަހަރު ކުރިން މަސް ކެއްކުމުގެ ވިޔަފާރިއަށް ޝަރީފާއަށް ވަދެވުނު ގޮތާއި މިހާރު އެ މަސައްކަތް ކުރަމުން އަންނަ ގޮތާއި އަމިއްލަ ދިރިއުޅުމުގައި ކަންކަން ބައްޓަން ކުރާ ގޮތް މި ލިޔުމުގައި އައިމިނަތު އިބްރާހިމް ގެނެސްދީފައިވެ އެވެ.
  3. މިއީ ށ. ފޯކައިދޫއަށް މަރިޔަމް އަރީން އީސާ ގޮސް، އެރަށުގެ ކައުންސިލަރުންނާއި ކަމުވޮށިގެންވާ މީހުންނާއި އާންމުންނާ ވާހަކަ ދެއްކުމަށްފަހު މި މަރިޔަމް އަރީން އީސާ ލިޔެފައިވާ ރިޕޯޓެކެވެ. އަސާސީ އެކިއެކި ބޭނުންތައް ފުއްދުމަށް ފޯކައިދޫ ރައްޔިތުން ކުރި މަސައްކަތާއި މިހާރު ހާލަތު ބަދަލުވެފައިވާ ގޮތް މި ލިޔުން ކިޔާލުމުން އެނގޭނެ އެވެ.

ދިރާސާތަކުން ކިޔާލުމަށް

"ސިކްސް ސެންސާސް ލާމު ސީ ގްރާސް މޮނީޓަރިން 2020"

މިއީ ސިކްސް ސެންސާސް ލާމު ރިސޯޓުން ހިންގާ މޯލްޑިވްސް އަންޑާވޯޓާ އިނިޝިއޭޓިވްގެ ފަރާތުން ކުރިއަށްގެންދިޔަ ސީ ގްރާސް މޮނީޓަރުން ޕްރޮގްރާމުގެ ދަށުން ނެރުނު ދިރާސާ ރިޕޯޓެކެވެ. އެ ރިޕޯޓު އެކުލަވާލާފައި ވަނީ އަންޑާ ވޯޓާ އިނިޝިއޭޓިވްގެެ ހެޑް މެރިން ބަޔަލޮޖިސްޓް ފިލިޕާ ރޯއީ އެވެ.

އެ ދިރާސާގައި ބަލާފައި ވަނީ ލ. އޮޅުވެލީގެ ފަޅުގައި އުފެދިފައި އޮންނަ މޫދު ވިނަގަނޑަކަށެވެ. އެ ވިނަގަނޑަށް އަންނަމުންދާ ބަދަލުތައް މޮނީޓާކޮށް އެ ރިޕޯޓުގައި ގެނެސްދީފައިވެ އެވެ. އެ ސަރަހައްދުން އެކަނި ވެސް ފަސް ބާވަތެއްގެ މޫނު ވިނަ ފެނިފައިވާކަން ރިޕޯޓުން އެނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox