ކޮވިޑަށް ޕޮޒިޓިވްވާ ކުޑަކުދިންގެ ފަރާތުން މިސްކްގެ އަލާމާތްތަކެއް!

ކޮވިޑް ޖެހުމުން ކުޑަކުދިންގެ ފަރާތުން ފެންނަ ބައްޔެއް ކަމުގައިވާ މިސްކް ބަލީގެ އަލާމަތްތައް ކުޑަކުދިންގެ ފަރާތުން ފެންނަމުންދޭ -- ފޮޓޯ: އަދަދު

ކޮވިޑް ޖެހުމުން ކުޑަކުދިންގެ ފަރާތުން ފެންނަ ބައްޔެއް ކަމުގައިވާ މިސްކް ބަލީގެ އަލާމަތްތައް ކުޑަކުދިންގެ ފަރާތުން ފެންނަމުންދޭ -- ފޮޓޯ: އަދަދު

ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓް ކުރާ ބައެއް ކުޑަކުދިންގެ ފަރާތުން މިސްކު ބަލީގެ އަލާމާތްތައް ފެނި އެ ކުދިންނަށް ފަރުވާ ދެމުން ދާކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮފް އިމިއުނައިޒޭޝަންގެ ޗެއާޕާސަން އަދި ކުޑަކުދިންގެ ހާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މިސްކް އަކީ ކޮބާ؟

މަލްޓި ސިސްޓަމް އިންފްލެމޭޓޮރީ ސިންޑްރޯމް އިން ޗިލްޑްރެން ނުވަތަ މިސްކް އަކީ ކުޑަކުދިންގެ ހަށިގަނޑުގެ އެކި ސިސްޓަމްތަކަށް ޖެހޭ ބައްޔަކަށް ކިޔާ ނަމެކެވެ. މި ބަލި ޖެހުމުން ހަށިގަނޑުގެ އެކި ގުނަވަންތައް ރަތްވެ ދުޅަ އެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބަނޑުގައި ރިއްސުމާއި، ލޯ ރަތްވުމާއި، ބޭރަށް ހިންގުމާއި، ހޮޑުލެވި ވަރުބަލިވުން، ހަންގަޑުގައި ބިހި ނެގުން، ބޯ އެނބުރުމާއި ބޮލުގައި ރިހުން ފަދަ ކަންކަން ހިމެނެ އެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫންކަމަށް ޑރ. ފައިސަލް މައުލޫމާތު ދެއްވި އެވެ. މިއީ ކޮވިޑް ޖެހުމާ އެކު ކުޑަކުދިންގެ ފަރާތުން ފެންނަ ބައްޔެކެވެ. މި ބަލީގެ އަލާމާތްތައް އާންމުކޮށް ފެންނަނީ ކުޑަކުދިންނަށް ކޮވިޑް ޖެހޭތާ ދެ ހަފްތާ ނުވަތަ ތިން ހަފްތާ ފަހުން ކަމަށްވެސް ޑރ. ފައިސަލް މައުލޫމާތު ދެއްވި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. އެންމެ ފަހުން އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި މި ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން 57 މީހުންނަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުންނެވެ. އޭގެތެރޭގައި 15 ކުޑަކުދިންވެސް ހިމެނެ އެވެ.

މި ވަގުތު އެޑްމިޓްކޮށްގެން ނުވަ ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަމަށް ޑރ. ފައިސަލް ވަނީ ހާމަކުރައްވާފަ އެވެ. އަދި ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ ކުދިންގެ ތެރެއިން އެއް ކުއްޖަކީ މިސްކް ގެ އަލާމާތްތަކަށް ފަރުވާ ދެމުންދާ ކުއްޖެއް ކަން ވެސް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ އަލާމަތްތައް ވަރަށް ކުޑަކޮށް ފެނުނު ނަމަވެސް މިސްކް ގެ އަލާމާތްތައް ކުއްޖާގެ ހަށިގަނޑުން ފެނުން އެކަށީގެންވާކަމަށް ޑރ. ފައިސަލްގެ ޓްވީޓުގައި ލިޔެފައިވެ އެވެ.

"މި ބަލި ކޮންޓްރޯލް ކުރަން ބޭނުމިއްޔާ ކޮވިޑް ކޮންޓްރޯލް ކުރަންވީ" ޑރ. ފައިސަލް "އަދަދު" އަށް މިކަމާ ގުޅިގެން މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

އިއްޔެ އެޗްޕީއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2607 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިްވެފަ އެވެ. އެއީ މާލޭ ސަރަހައްދުން 1427 މީހުންނާއި، ރާއްޖެ ތެރޭ ރަށްރަށުންނާއި ރިސޯޓުތަކުން 892 މީހުންނެވެ. ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މި މަހު 17 ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އުޅެނީ 1000 އިން މަތީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕްލާސްޓިކް ހޮޅި މަނާކުރުން ފަސްކުރުމުން އެމްޑީޕީގެ ކަންބޮޑުވުން

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބައެއް ބާވަތްތައް މަނާކުރުން 2031 ވަނަ އަހަރަށް ފަސްކުރުމަށް ސަރުކާރުން ނިންމި ނިންމުމާމެދު އިދިކޮޅު އެމްޑީޕީން ކަންބޮޑުވުން ފާޅުކުރޭ. އެ ޕާޓީން ބުނީ މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަޅާފައިވާ މުހިންމު ފިޔަވަޅެއް ފަހަތަށް ޖައްސާލުން ކަމަށް.

"ރަސްމާލެ ކުއްޔަށް ދެވިގެން ނުވާނެ، އެކަމާ ދެކޮޅު ހަދަންޖެހޭ"

ރަސްމާލޭގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަކީ ދައުލަތަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ، ޝަމްހީދު އެކަމާ ދެކޮޅު ހައްދަވާ. މަޖިލީހަށް ސިއްރުން މިފަދަ އަގުހުރި ބިންތައް ދޫކުރުމަކީ ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި، މި އެއްބަސްވުމުގެ ސަބަބުން ބިން ހިއްކުމަށް ދިޔަ ޚަރަދުވެސް ދައުލަތަށް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި.

ބީއެމްއެލްއިން 12 ބުރީގެ އޮފީސް އިމާރާތެއް ތަރައްގީކުރަނީ

ބޭންކް އޮފް މޯލްޑިވްސްއިން މާލޭގައި 12 ބުރީގެ އޮފީސް އިމާރާތަކާއި 3 ބުރީގެ ކޮމާޝަލް އިމާރާތެއް ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަޝްރޫއަށް ކުރިމަތިލާ ފަރާތްތަކަކީ ތަޖުރިބާކާރު ކުންފުނިތަކަކަށް ވާންޖެހޭއިރު، މަޝްރޫއު ކުރިއަށް ގެންދަންޖެހޭނީ ކޮންޓްރެކްޓަރުން އަމިއްލައަށް ފައިސާ ހޯދައިގެން.

މާދަމާއަށް ތާވަލުކުރި ޔާމީންގެ ޝަރީއަތް އަންނަ މަހަށް ފަސްކޮށްފި

ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޚުލާސާ ބަޔާން އިއްވުމަށް މާދަމާއަށް ތާވަލުކުރި އަޑުއެހުން އަންނަ މަހުގެ 8 ވަނަ ދުވަހަށް ވަނީ ފަސްކޮށްފައި. މީގެ އިތުރުން، ވ. އާރަށް މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅޭ އަޑުއެހުމެއް މި މަހުގެ 29 ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައި.

އެމްޑީޕީގެ އެކްޓިވިސްޓު ޝާމިން ބަންދުން ދޫކޮށްލައިފި

އެމްޑީޕީގެ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެކްޓިވިސްޓު މުހައްމަދު ޝާމިން ހައްޔަރުކުރީ، އޭނާގެ މައްޗަށް މުދަލަށް ގެއްލުންދިނުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހުމަތުކޮށްފަ.

އަބޫދާބީ ކުންފުނީގެ ފްލެޓުތައް ސަރުކާރަށް ލިބެނީ ހިލޭ

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓަކީ ސަރުކާރުން އެއްވެސް ގެރެންޓީއެއް ނުވަތަ ފައިނޭންޝަލް ކޮމިޓްމަންޓެއް ދީގެން ހިންގާ މަޝްރޫއެއް ނޫން ކަމަށާއި، މިއީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ސަރުކާރުން ބުނޭ.

ނައިބުރައީސް އދ. ގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި. މި ބައްދަލުކުރެއްވުމުގައި ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމާއި ފަލަސްތީނުގެ ހާލަތާ ގުޅޭގޮތުން ވާހަކަދެއްކެވި.

Newsletter

Get the latest news delivered straight to your inbox