52 އަހަރު ތެރޭގައި ނުލިބޭ ވަރުގެ އިގްތިސާދީ ކުރިއެރުމެއް ފްރާންސަށް ލިބިއްޖެ

ފްރާންސަށް 2021 ވަނަ އަހަރު ލިބުނީ ހަތް ޕަސެންޓްގެ އިގްތިސާދީ ކުރިއެރުމެއް. --

ފްރާންސަށް 2021 ވަނަ އަހަރު ލިބުނީ ހަތް ޕަސެންޓްގެ އިގްތިސާދީ ކުރިއެރުމެއް. --

ޕެރިސް، ފްރާންސް (ޖެނުއަރީ 28) - ފާއިތުވި 52 އަހަރު ތެރޭގައި ފްރާންސްގެ އިގްތިސާދަށް ނުލިބޭ ވަރުގެ ބޮޑު ކުރިއެރުމެއް 2021 ވަނަ އަހަރު ލިބިއްޖެ އެވެ.

އިންސީ ސްޓެޓިސްޓިކްސް އިންސްޓިޓިއުޓުން ބުނީ 2021 ވަނަ އަހަރު އެ ގައުމުގެ އިގްތިސާދަށް 7.0 ޕަސެންޓުގެ ކުރިއެރުމެއް އައި ކަމަށެވެ. އެއީ ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރެވެ.

ވިހި ވިހި ވަނަ އަހަރު ފްރާންސްގެ އިގްތިސާދު 7.9 ޕަސެންޓް ފަހަތަށް ޖެހުމަށް ފަހު، މިދިޔަ އަހަރު އުފެއްދުންތެރިކަން ހުރީ 2019 ވަނަ އަހަރަށް ވުރެ ދަށުގަ އެވެ.

ނަމަވެސް އިންސީއިން ބުނީ 2019 ވަނަ އަހަރުގެ ފަހު ކުއާޓާއާ އަޅާ ބަލާއިރު، 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ޑިސެމްބަރު މަހަށް ޖީޑީޕީ އިތުރުވި ކަމަށެވެ.

ފިނޭންސް މިނިސްޓަރު ބްރޫން ލެ މެއާ ވިދާޅުވީ އެއީ "ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް" ކަމަށާއި އޭގެ ސަބަބުން "އިގްތިސާދީ ކާރިސާ ފޮހެވިއްޖެ" ކަމަށެވެ. އަދި އެއީ "ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ކާމިޔާބުކަމުގެ ހެއްކެއް" ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރު އިގްތިސާދީ ރަނގަޅު ކުރަން ފްރާންސްގެ ސަރުކާރުން 67 ބިލިއަން ޑޮލަރު (60 ބިލިއަން ޔޫރޯ) ހޭދަކުރި އެވެ. އެއާއެކު ސަރުކާރުގެ ދަރަނި ވެސް 113 ޕަސެންޓު އުފުލުނެވެ.

މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ފްރާންސްގައި ވަޒީފާ ނެތް މީހުންގެ އަދަދުތައް 10 އަހަރުގެ ތެރޭގައި ތިރިނުވާހާ ބޮޑަށް ތިރިވި އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި 2022 ވަނަ އަހަރު އިގްތިސާދް ހަތަރު ޕަސެންޓުން ފުޅާވާނެ އެވެ. ނަމަވެސް ބޭންކް އޮފް ފްރާންސުން އަންދާޒާ ކުރަނީ 3.6 ޕަސެންޓްގެ ކުރިއެރުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox