ޖަޕާނުގައި ޑޮކްޓަރަކު ރަހީނުކޮށް މަރާލި މީހަކު ހައްޔަރުކޮށްފި

ޖަޕާނުގައި ނުރައްކާތެރި ކުށްތައް ހިނގަނީ ވަރަށް މަދުން ނަމަވެސް ކޮވިޑް ބަލިމަޑުކަމުގައި އެފަދަ ކުށްތައް އިތުރުވާން ފަށާފައިވާކަން ފާހަގަވޭ. -- ފޮޓޯ: އޭއެފްޕީ

ޖަޕާނުގައި ނުރައްކާތެރި ކުށްތައް ހިނގަނީ ވަރަށް މަދުން ނަމަވެސް ކޮވިޑް ބަލިމަޑުކަމުގައި އެފަދަ ކުށްތައް އިތުރުވާން ފަށާފައިވާކަން ފާހަގަވޭ. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (ޖެނުއަރީ 28) - ޖަޕާނުގައި ޑޮކްޓަރަކު ރަހީނުކޮށް، ބަޑި ޖަހައި މަރާލިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

ބަޑި ގެންގުޅެވޭނެ ގޮތްތަކަށް ހަރުކަށި ގަވާއިދުތައް ހަދާފަފައިވާ ޖަޕާނުގައި އެފަދަ ހަތިޔާރަކުން ކުށް ކުރުން ވަރަށް މަދެވެ. އެހެންކަމުން ޓޯކިޔޯ ކައިރީގައި އޮންނަ ފުޖިމިނޯ ސިޓީގައި ހިންގި ހާދިސާއާ ގުޅިގެން އާއްމުން ތިބީ ޝޮކެއްގަ އެވެ.

"ތުހުމަތު ކުރެވޭ މީހާ ބޭނުން ކުރީ ޝިކާރަ ކުރާއިރު ގެންގުޅޭ ބާވަތުގެ ރައިފަލް ބަޑިއެއް. އޭނާ ބަޑި ޖެހީ މަރާލުމުގެ ނިޔަތުގައި،" ފުލުހުންގެ ތަރުޖަމާނަކު އޭއެފްޕީއަށް ބުންޏެވެ.

ތަރުޖަމާނު ބުނީ އުމުރުން 66 އަހަރުގެ މީހާ ހައްޔަރުކޮށްފައިވާ އިރު، އެ ހާދިސާ ހިނގީ ބުރާސްފަތި ދުވަހުގެ ރޭ އޭނާގެ ގޭގައި ކަމަށެވެ. އޭނާ ބަޑި ޖެހުމުގެ ސަބަބުން ވަރަށް ބޮޑަށް ޒަހަމްވެފައިވާ ފިޒިއޮތެރަޕިސްޓަކަށް މިހާރު ދަނީ ފަރުވާދެމުންނެވެ.

މަރުވި ޑޮކްޓަރާއި، ފިޒިއޮތެރަޕިސްޓް އަދި މެޑިކަލް ޓީމްގެ އިތުރު މެމްބަރަކު އެ ގެޔަށް ދިޔައީ ތުހުމަތުވާ މީހާގެ މަންމަ މަރުވުމުން، ތައުޒިޔާގެ ޒިޔާރަތެއްގައި ކަމަށް ޖަޕާނުގެ މީޑިއާއިން ބުންޏެވެ.

އެންއެޗްކޭއިން ބުނީ ތުހުމަތުވާ މީހާ އެ ގޭގައި ދިރިއުޅެން ފެށީ މީގެ ތިން އަހަރު ކުރިން ކަމަށާއި އޭނާ އެ ގޭގައި ހުންނަނީ މަންމަގެ ކަންކަން ބަލައިދިނުމަށް ކަމަށެވެ.

"މަންމަ ބަލިވެ އުޅޭތީ މި ނެއިބާހުޑްގައި ކުރާ ކަންކަމުގައި ބައިވެރިނުވެވޭ ކަމަށް އޭނާ ބުނި،" އެ ސަރަހައްދުގައި ދިރިއުޅޭ މީހަކު އެންއެޗްކޭއަށް ބުންޏެވެ.

އެ ހިސާބުގައި ދިރިއުޅޭ އުމުރުން 19 އަހަރުގެ ދަރިވަރަކު ކިޔޯޑޯ ނިއުސްއަށް ބުނީ ބުރާސްފަތި ދުވަހުގެ ރޭ ބަޑީގެ އަޑު އިވުނު ކަމަށާއި "ބޭނުންވީ ބިރުން އެ ހިސާބުން ދުރަށް ދާން" ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ހާދިސާ ހިނގަމުން ދިޔައިރު، މެޑިކަލް ޓީމްގެ ތިން ވަނަ މީހާގެ ގަޔަށް ޕެޕާ ސްޕްރޭ ޖެހި އެވެ. ނަމަވެސް އޭނާ ވަނީ ގެއިން ނުކުމެގެން ގޮސް، ބަޔަކު ރަހީނުކޮށްގެން އުޅޭކަން ފުލުހުންނަށް އަންގާފަ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ވަނީ ތުހުމަތުވާ މީހާއަށް ފޯނުން ގުޅައި، ރަހީނުކޮށްފައި ތިބި ދެ މީހުން ދޫކޮށްލަން އޭނާއަށް ވިސްނައިދޭން ވަރަށް މަސައްކަތްކޮށްފަ އެވެ. ނަމަވެސް 11 ގަޑިއިރު ވަންދެން އޭނާ ދޫނުދީ ހިފެހެއްޓި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox