ރާއްޖޭގައި މިވަގުތު ހުރި އެންމެ އުމުރުން ދޮށީ މީހުންގެ ތެރެއިން އެކަކު މަރުވެއްޖެ

އުމުރުން 104 އަހަރުގެ މީހެއް މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވި ފަހުން ހެދި ޓެސްޓުގެ ނަތީޖާއިން އޭނާ ވަނީ ކޮވިޑަށް ފައްސިވެފައިކަން ހާމަވި--ފޮޓޯ:އަދަދު

އުމުރުން 104 އަހަރުގެ މީހެއް މިއަދުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ. އޭނާ ނިޔާވި ފަހުން ހެދި ޓެސްޓުގެ ނަތީޖާއިން އޭނާ ވަނީ ކޮވިޑަށް ފައްސިވެފައިކަން ހާމަވި--ފޮޓޯ:އަދަދު

ރާއްޖޭގައި ތިބި އެންމެ އުމުރުން ދޮށީ މީހުންގެ ތެރޭގައި ހިމެނޭ އެކަކު ކަމުގައިވާ ޏ. ފުވަމުލަކަށް ނިސްބަތްވާ އަލީ ސުލައިމާން (އަލިބެ) މިއަދު ހެނދުނުގެ ވަގުތެއްގައި މަރުވެއްޖެ އެވެ.

އަލީ ސުލައިމާން މަރުވި އިރު އުމުރަކީ 104 އަހަރެވެ. އޭނާ މަރުވި އިރު ދިރިއުޅެމުން ދިޔައީ މާލޭގަ އެވެ. އަދި މަރުވި ފަހުން ހެދި ޓެސްޓުތަކުން އޭނާ ވަނީ ކޮވިޑަށް ފައްސިވެފައިކަން ހާމަވެފައިވުމާ އެކު އޭނާގެ ޖަނާޒާ ބާއްވާފައި ވަނީ މިއަދު ހުކުރު ނަމާދަށްފަހު ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ.

އަލީ ސުލައިމާން ނިޔާވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު ވަނީ އެ އާއިލާއަށް ތައުޒިޔާ ވިދާޅުވުމުގެ ގޮތުން އޮފިޝަލް ޓްވިޓާ އެކައުންޓުގައި ޓްވީޓެއް ކުރައްވާފަ އެވެ.

އަލިބެ ނިޔާވި އިރު ކޮވިޑަށް ފައްސިވެފައިވީ ނަމަވެސް އޭނާގެ މަރުގެ ސަބަބަކީ ކޮވިޑަށް ފައްސިވުން ކަމުގައި އެޗްޕީއޭއިން އިއުލާނުކޮށްފައެއްނުވެ އެވެ.

މިހާތަނަށް ރާއްޖޭގައި ކޮވިޑް ބަލީގައި 274 މީހުން މަރުވެފައިވާކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. ރާއްޖޭގަ ކޮވިޑަށް ފައްސިވެފައިވާ މީހުންގެ އަދަދު މިހާރު 16،950 އަށް އަރާފައިވާ އިރު، 54 މީހަކަށް މިވަގުތު ހޮސްޕިޓަލުގައި ފަރުވާ ދެވެމުން ދާކަން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox