ހުލާސާކޮށް އިއްޔެ: 100 މެގަވޮޓްސްގެ އިންޖީނުގެއެއް އެޅުން

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އިންޖީނުގެ: އަލަށް ގާއިމްކުރާ 100 މެގަވޮޓްސްގެ އިންޖީނުގެ ގާއިމް ކުރާނީ މި އިމާރާތަ އިންވެގެން -- ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ހުޅުމާލޭގައި ގާއިމްކޮށްފައިވާ އިންޖީނުގެ: އަލަށް ގާއިމްކުރާ 100 މެގަވޮޓްސްގެ އިންޖީނުގެ ގާއިމް ކުރާނީ މި އިމާރާތަ އިންވެގެން -- ފޮޓޯ: ސްޓެލްކޯ

ދިވެހިރާއްޖޭގައި ކަރަންޓު އުފެއްދުމަށް ގާއިމްކުރާ އެންމެ ބޮޑު ޖަނަރޭޓަރު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހުޅުމާލޭގައި ގާއިމް ކުރުމަށް ނިންމައި އެކަމާ ގުޅޭ ބައެއް މައުލޫމާތުތައް ހާމަ ކުރީ އިއްޔެ އެވެ.

ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ގާއިމް ކުރަނީ 100 މެގަވޮޓްސްގެ އިންޖީނުގެއެކެވެ. އެ އިންޖީނުގެ އެޅުމަށް ހަމަޖެހިފައި ވަނީ މިހާރު ވެސް ހުޅުމާލޭގައި އެ ކުންފުނިން އަޅާފައިވާ 50 މެގަވޮޓްސްގެ އިންޖީނުގެ ކައިރީގަ އެވެ.

ސްޓެލްކޯއިން މާލެ އާއި ހުޅުމާލެ އާއި ހުޅުލެއަށް މިހާރު ކަރަންޓު ދެނީ 50 މެގަވޮޓްސްގެ އިންޖީނުގެއިންނެވެ. މާލެ އާއި ހުޅުލެ އާއި ހުޅުމާލެއަށް އެ އިންޖީނުގެއިން ކަރަންޓު ދޭން ފެށުމުން އެތަނުގެ މެކްސިމަމް ކެޕޭސިޓީއަށް މިހާރު ކަރަންޓު އުފައްދަމުންދާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

"މިހާރު އިންޖީނުގެއިން ކަރަންޓު އުފައްދާ މިންވަރުން ވެސް އަޅުގަނޑުމެންނަށް މާލެއާއި ހުޅުމާލޭގެ ހަކަތަ ބޭނުންވާ މިންވަރަށް އެ ހަކަތަ ފޯރުކޮށްދެވޭނެ. އެކަމަކު ކުރިއަށް އޮތް މުސްތަގުބުލުގައި ހުޅުމާލޭ ދެވަނަ ފިޔަވެއްސާއި އިންޓާކަނެކްޝަން ކޭބަލް ގުޅާލާ ކަންކަން ކުރާއިރު ގިނަ ޕަވާ ފޯރުކޮށްދެވޭ ވަރުގެ ޖެނެރޭޓަރުތަކެއް ބެހެއްޓޭ ވަރުގެ އިންޖީނުގެޔެއް ގާއިމްކުރުން އަސްލު މަގްސަދަކީ،" ސްޓެލްކޯގެ މީޑިއާ އޮފިޝަލަކު މި ނޫހާ ވާހަކަ ދައްކަމުން އިއްޔެ ވިދާޅުވި އެވެ.

ސްޓެލްކޯގެ މީޑިއާ އޮފިޝަލު ވިދާޅުވީ ކުރިއަސް އޮތް ތަނުގައި، މިހާރު ގާއިމްކޮށްފައިވާ 50 މެގަވޮޓްސްގެ އިންޖީނުގޭގެ އިތުރުން އެހެން އިންޖީނުގެއެއް އޮތުން ވަރަށް މުހިންމު ކަމަށެވެ. އާބާދީ އިތުރުވަމުންދާ މިންވަރަކަށް ބޭނުން ކުރާ ކަރަންޓުގެ މިންވަރު ވެސް އުފުލޭއިރު ހިދުމަތް ރަނގަޅަށް ދެވޭނީ ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ.

"އަދި މި ދަނީ އިނިޝަލް ސްޓޭޖުގެ މަސައްކަތްތަކާއެކު ސަރުކާރާ މަޝްވާރާތައް ކުރަމުން. އަސްލު ބޭނުމަކީ 100 މެގަވޮޓާ ހަމަޔަށް ކަރަންޓު އުފެއްދޭ ފެންވަރުގެ އިންޖީނުގެޔެއް ގާއިމްކުރުން. އެކަމަކު އިންޖީނުގެއިން އިނިޝަލް ޕަވާ ފޯރުކޮށްދޭނީ ކިހާވަރަކަށްތޯ ކަނޑައެޅުމަށްފަހު އަޅުގަނޑުމެން ވަރަށް އަވަހަށް އެކަން އިއުލާނުކުރާނަން،" މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.

ދިވެހިރާއްޖޭ އާއި ކަރަންޓު

ރާއްޖެއަށް ކަރަންޓު ދިނުމަށް އިންޖީނެއް އެންމެ ފުރަތަމަ ގެނައީ 1949 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ގެނައީ 14 ކިލޯވޮޓްސްގެ ޖަނަރޭޓަރެކެވެ.

ކިލޯވޮޓަކީ 1000 ވޮޓެވެ. އެ އަޅާބަލާއިރު މެގަވޮޓަކީ 1،000،000 ވޮޓްސް އެވެ. ވޮޓްސްއަކީ ހަކަތަ މިނުމަށް ބޭނުން ކުރާ ރަސްމީ މިންގަނޑެވެ. އެހެންކަމުން ރާއްޖެއަށް އެންމެ ފުރަތަމަ ގެނައީ 14،000 ވޮޓްސްގެ ހަކަތަ އުފެއްދުމުގެ ގާބިލްކަން ހުރި ޖަނަރޭޓަރެކެވެ.

ރާއްޖެ ގެނައި ފުރަތަމަ ޖަނަރޭޓަރު މާލޭގައި ބެހެއްޓުމަށްފަހު އެއިން މާލޭގެ ބައެއް ގޭގެއަށް ކަރަންޓު ދޭން ފެށީ ޑިސެމްބަރު 21، 1949 ގަ އެވެ. އެންމެ ފުރަތަމަ ކަރަންޓު ދިނީ މާލޭގެ ގާތްގަނޑަކަށް 50 ވަރަކަށް ގެއަށެވެ. ކަރަންޓު ދޭން ފެށީ ފޯނުގެ ހިދުމަތާއެކު ކަމަށްވެ އެވެ.

ކަރަންޓުގެ ހިދުމަތް ތައާރަފް ކުރި ދުވަހުން ފެށިގެން އެ މަސައްކަތް ކުރަމުންދިޔައީ ސަރުކާރުގެ އޮފީހެއްގެ ދަށުންނެވެ. މީގެ 25 އަހަރު ކުރިން 1997 ގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ އުފެއްދުމުގެ ކުރިން އެކިއެކި ނަންނަމުގައި ހިންގި އޮފީސްތަކުގެ ދަށުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވެ އެވެ. އެގޮތުން ޑިޕާޓްމަންޓް އޮފް އިލެކްޓްރިސިޓީ އާއި މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ދަށުން އިންޖީނުގެ ހިންގާފައިވެ އެވެ.

މިހާރު ސްޓެލްކޯއިން މުޅި ރާއްޖޭގެ ދެބައިކުޅަ އެއް ބަޔަށް ކަރަންޓު ފޯރުކޮޮށްދޭ ކަމަށް ލަފާ ކުރެވެ އެވެ. މީގެ ހަ އަހަރު ކުރީގެ ހިސާބުތަކަށް ބަލާއިރު މާލެއިން 37،660 ގެއަކަށް ސްޓެލްކޯއިން ކަރަންޓު ދިނެވެ. ރާއްޖޭގެ އެހެން ރަށްރަށުން 14،462 ގެއަކަށް ކަރަންޓު ދެ އެވެ.

މުހިންމު ބައެއް ހަބަރުތައް

  • ކްރިމިނަލް ކޯޓުގައި ވަސީލަތްތައް ނެތް ކަމަށް ބުނެ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހިންގާ، ރިޝްވަތު ނެންގެވުމާއި ކަޅު ފައިސާ ދޮވުމުގެ ދައުވާގެ ޝަރީއަތް ބްރޯޑްކާސްޓް ނުކުރުމަށް އެ ކޯޓުން ނިންމީ އިއްޔެ އެވެ.
  • ޓުއަރިޒަމް މިނިސްޓްރީގެ 13 އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލުމުން ރާއްޖެއިން ފިލައިގެން އުޅުއްވާ އެ އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ވަހީދު ހައްޔަރު ކުރުމަށް ނެރެފައިވާ އަމުރުގެ އިނގިރޭސި ތަރުޖަމާއެއް ފުލުހުންނަށް ކޯޓުން ދީފައިވާކަން އެނގުނީ އިއްޔެ އެވެ. އަލީ ވަހީދު ނުގެނެވިގެން އުޅެނީ އިނގިރޭސި ބަހުން ހައްޔަރު އަމުރު ނެތުމުން ކަމަށް ފުލުހުންގެ ސީނިއާ އޮފިޝަލަކު ކުރިން ވިދާޅުވެފައިވެ އެވެ.
  • އެސްޓީއޯއިން އިއްޔެ އާންމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓަށް ބަލާއިރު، ކުންފުނީގެ އާމްދަނީ ފުރަތަމަ ފަހަރަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާއަށް އަރައިފި އެވެ. މައިގަނޑު ގޮތެއްގައި މިދިޔަ އަހަރު އެ ކުންފުނިން ކުރީ ތެލުގެ ވިޔަފާރި އެވެ.

ދުވަހުގެ ކޯޓޭޝަން

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ އިން ވަގަށް ނެގި ފައިސާގެ ތެރެއިން ބައެއް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ލިބިފައިވާތީ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ހިންގެވުމަށް ހަމަޖެހިފައިވާ ފަނޑިޔާރު މުހައްމަދު މިސްބާހު، ހަމަ އެ މައްސަލައިގައި ހިމެނޭ އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވާތީ، މައްސަލައިން ތަނާޒަލްވެވަޑައިގަތުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ:

"[އަބްދުﷲ] ޒިޔާތުއަކީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވެ، ފައިސާތައް ބެހުމަށްޓަކައި އެހެން މީހުންނަށް ވާސިލުކޮށްދެމުންދިޔަ މީހާ، އެހެންކަމުން އަބްދުﷲ ޒިޔާތުގެ ވަކީލުގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅަކު މި ސްކީމާ ގުޅުން ހުރި ފައިސާ ލިބިގެން ކުރާ ދައުވާއެއްގެ މައްސަލަ ބެލުމަކީ ފަނޑިޔާރުގެ މަސްލަހަތު ފުށުއެރުމެއް ކަމަށް ބެލުމުގެ ފުރުސަތު އޮންނާނެ ކަމެއް ކަމުގައި މި އޮފީހުން ދެކެން."

ދުވަހުގެ ފޮޓޯ

ބ. ތުޅާދޫގައި އަންހެނަކު ކުނި ކަހާއިރު ދެ ދޫނި ބިންމަތިން ހޮވައިގެން ކަނީ: ތުޅާދޫއަކީ މަސައްކަތްތެރި އާބާދީއެއް ދިރިއުޅޭ، އެކި ކަހަލަ ހުނަރުވެރިން ދިރިއުޅޭ ރަށެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ބ. ތުޅާދޫގައި އަންހެނަކު ކުނި ކަހާއިރު ދެ ދޫނި ބިންމަތިން ހޮވައިގެން ކަނީ: ތުޅާދޫއަކީ މަސައްކަތްތެރި އާބާދީއެއް ދިރިއުޅޭ، އެކި ކަހަލަ ހުނަރުވެރިން ދިރިއުޅޭ ރަށެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ބ. ތުޅާދޫގައި އަންހެނަކު ކުނި ކަހާއިރު ދެ ދޫނި ބިންމަތިން ހޮވައިގެން ކަނީ: ތުޅާދޫއަކީ މަސައްކަތްތެރި އާބާދީއެއް ދިރިއުޅޭ، އެކި ކަހަލަ ހުނަރުވެރިން ދިރިއުޅޭ ރަށެއް -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ދިރާސާތަކުން ކިޔާލުމަށް

" އަ ބްރައިޓާ ފިއުޗާ ފޯ މޯލްޑިވްސް ޕަވާޑް ބައި ރިނިއުބަލްސް: ރޯޑް މެޕް ފޯ ދި އެނާޖީ ސެކްޓާ 2020-2030"

އެއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 2020 ވަނަ އަހަރު ޝާއިއު ކުރި ދިރާސާއެކެވެ. އެ ދިރާސާގައި ބަލާފައި ވަނީ އިއާދަކުރަނިވި ހަކަތައިން ރާއްޖޭގެ ކަރަންޓު އުފެއްދޭނެ ގޮތްތަކަށެވެ.

މިހާރު ރާއްޖެއިން ތެޔޮ އަންދާ މިންވަރާއި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އެ ރިޕޯޓުގައި ދިރާސާކޮށްފައިވެ އެވެ. އަދި އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމަށް ފަންޑު ހޯދިދާނެ ބައެއް ގޮތްތަކުގެ މައްޗަށް ވެސް ރިޕޯޓުގައި އަލިއަޅުވާލާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox