އޮސްޓްރޭލިއަން އޯޕަން: ނަޑާލަށް އަމްޕަޔަރުން ހާއްސަ އަހައްމިއްޔަތެއް ދޭކަމުގެ ތުހުމަތެއް

Jan 26, 2022, 4:29 AM
ކުއާޓާ ފައިނަލް މެޗަށް ފަހު ޝަޕަވަލޯފް (ވ) އާއި ނަޑާލް ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

ކުއާޓާ ފައިނަލް މެޗަށް ފަހު ޝަޕަވަލޯފް (ވ) އާއި ނަޑާލް ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މެލްބަން، އޮސްޓްރޭލިއާ (ޖެނުއަރީ 26) - ސްޕެއިނުގެ މަޝްހޫރު ކުޅުންތެރިޔާ ރަފައެލް ނަޑާލަށް ޓެނިސް އަމްޕަޔަރުން ހާއްސަ އަހައްމިއްޔަތެއް ދޭ ކަމަށް ބުނެ، އޮސްޓްރޭލިއަން އޯޕަން ކުއާޓާ ފައިނަލުގައި އޭނާ އަތުން ބަލިވި ކެނަޑާގެ ޑެނިސް ޝަޕަވަލޯފް ތުހުމަތެއް ކޮށްފި އެވެ.

އޮސްޓްރޭލިއަން އޯޕަންގެ ކުއާޓާ ފައިނަލުގައި ޝަޕަވަލޯފް ވަނީ ނަޑާލާ ވާދަކޮށް ފަސް ސެޓު ކުޅެގެން ބަލިވެފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 6-3 6-4 4-6 3-6 6-3 އިންނެވެ.

މި މެޗުގެ ދެ ވަނަ ސެޓު ފެށުނު ތަނުން ޝަޕަވަލޯފް ވަނީ ނަޑާލް ގަސްދުގައި މެޗު ލަސްކުރަން މަސައްކަތް ކުރާ ކަމަށް ބުނެ، އޭނާ އަށް ފިޔަވަޅު އަޅަން އަމްޕަޔަރަކަށް ހުރި ކާލޯސް ބަނާޑޭސް ކައިރީގައި އެދިފަ އެވެ. އެ އެޕީލަށް އަމްޕަޔަރު ކާލޯސް ފިޔަވަޅު ނާޅަން ނިންމުމާ އެކު ޝަޕަވަލޯފް ރުޅިގަނޑު ފަޅައިގެން ގޮސް "ތި އެންމެން ތިބެނީ ކޮރަޕްޓްވެފައި" ކަމަށް ވަނީ ބުނެފަ އެވެ.

ޝަޕަވަލޯފް (ވ) މެޗުގެ ތެރެއިން އަމްޕަޔަރާ ވާހަކަދައްކަނީ.-- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝަޕަވަލޯފް ވަނީ މެޗުގެ ތެރޭގައި އެ ގޮތަށް ޖަޒުބާތީ ވެގެން ވާހަކަ ދެކެވުނީތީ މާފަށް އެދިފަ އެވެ. އެކަމަކު، ހަގީގަތަކީ ނަޑާލަށް އަމްޕަޔަރުންގެ ފަރާތުން އަބަދުވެސް ހާއްސަ އަހައްމިއްޔަތެއް ލިބުން ކަމަށް ޝަޕަވަލޯފް ވަނީ ބުނެފަ އެވެ.

"ތިއީ 100 ޕަސެންޓް ޔަގީންކަމެއް. ނަޑާލަށް އަމްޕަޔަރުންގެ ފޭވާ ލިބޭ. މިއީ އަބަދުވެސް އަހަންނަށް ފެންނަ މަންޒަރެއް. ކޮންމެ ފަހަރަކު ވެސް މެޗުގެ ޕޭސް (ސްޕީޑު) އަވަސްވާއިރު ނަޑާލަށް ނުކުޅެވޭނެ ހާލަތު ދިމާވާ ފަހަރެއްގައި އަލުން ފަށަން ނަގާ ވަގުތު އާންމު އުސޫލަށް ވުރެ ލަސްވާނެ. މިއީ ނަޑާލަށް ފޭވާކުރަން ކުރެވޭ ކަމެއް،" އުމުރުން 22 އަހަރުގެ ޝަޕަވަލޯފް ބުންޏެވެ.

އޭނާ ބުނީ ނަޑާލަށް އަބަދުވެސް އިހުތިރާމްކުރާ ކަމަށާއި އެކަމަކު، އުސޫލާ ހިލާފަށް ކަންކަން ދާނަަމަ ބަސްބުނާނެ ކަމަށެވެ.

އުުމުރުން 35 އަހަރުގެ ނަޑާލް ބުނީ ޝަޕަވަލޯފަށް ހީވެފައި އޮތީ ގޯސްކޮށް ކަމަށެވެ. ޓެނިސް ކެރިއަރުގައި އެއްވެސް ވަގުތެއްގައި ރެފްރީގެ ފަރާތުން އޭނާ އަށް ހާއްސަ އަހައްމިއްޔަތެއް ލިބިފައިވާ ކަމަށް ގަބޫލުކުރެވެން ނެތް ކަމަށް ނަޑާލް ބުންޏެވެ. އަދި ޕޮއިންޓަކަށް ފަހު މެޗު ފަށާ އުސޫލާއި އަމްޕަޔަރު އަމަލުކުރަން ޖެހޭ ގަވާއިދު ލިޔެވިފައި ހުއްޓައި ވަކި ކުޅުންތެރިއަކަށް ވަކި ގޮތެއް ހެދިދާނެ ކަމަށް ނުބެލެވޭ ކަމަށް ނަޑާލް ވަނީ ބުނެފަ އެވެ.

ނަޑާލް، އެންމެ ފަހުން އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރީ 2009 ވަަނަ އަހަރު އެވެ. ބަނޑަށް ލިބިފައިވާ އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ނަޑާލް މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅޭނީ އިޓަލީގެ މަޓެއޯ ބެރެޓީނީއާ ދެކޮޅަށެވެ.

މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަން ކާމިޔާބު ކުރެވިއްޖެނަމަ ނަޑާލަށް ގްރޭންޑް ސްލޭމް ރެކޯޑެއް ހެދޭނެ އެވެ. އެންމެ ގިނަ ގްރޭންޑް ސްލޭމް ހޯދުމުގެ ލިސްޓުގައި މި ވަގުތު ނަޑާލާއި ސާބިއާގެ ނޮވަކް ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އޮތީ 20 ތަށްޓާ އެކު އެއްވަރުވެފަ އެވެ.

ފެޑެރާ އަނިޔާގެ ސަބަބުން މި ފަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ނުކުޅެ އެވެ. ޖޮކޮވިޗަށް ވާދަނުކުރެވުނީ ވިސާ މައްސަލައިގައި އޭނާ ޑިޕޯޓްކޮށްލަން އޮސްޓްރޭލިއާ ސަރުކާރުން ނިންމުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox