މެސީގެ ދިފާއުގައި ބެންޒެމާ ވާހަަކަ ދައްކައިފި

Jan 25, 2022, 7:52 AM
މެސީގެ ދިފާއުގައި ބެންޒެމާ ވާހަަކަ ދައްކައިފި

މެޑްރިޑް (ޖެނުއަރީ 25) - ފްރާންސްގެ ޕީއެސްޖީގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދައްކަމުން އަންނަ ކުޅުމަށް ގިނަ ބަޔަކު ފާޑުކިޔަމުންދާތީ އޭނާގެ ދިފާއު ގައި ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރީމް ބެންޒެމާ ވާހަކަ ދައްކައިފި އެވެ.

މި ސީޒަން ފެއްޓުމުގެ ކުރިން މެސީ، ސްޕެއިންގެ ބާސެލޯނާ ދޫކޮށް ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ. ޕީއެސްޖީ އަށް ބަދަލުވެ މެސީ މިހާތަނަށް އެ ޓީމަށް 16 މެޗު ވަނީ ކުޅެދީފަ އެވެ. އެ މެޗުތަކުގައި އޭނާ ހަ ގޯލު ޖަހައި ފަސް ގޯލް ޖަހަން އެހީތެރިވި އެވެ. އެ ހަ ގޯލުގެ ތެރެއިން ފަސް ގޯލު ކާީމިޔާބުކުރ ޗެމްޕިއަންސް ލީގުގަ އެވެ. މިހާތަނަށް ފްރެންޗް ލީގުގައި މެސީ އަށް ޖެހުނީ އެންމެ ގޯލެކެވެ.

ޕީއެސްޖީގައި އަދި ސަޕޯޓަރުން ބޭނުންވާ ފެންވަރުގެ ކުޅުމެއް މެސީ އަށް ނުދެއްކެ އެވެ. އެ ކަމާ ގިނަ ބަޔަކު ފާޑުކިޔަމުން އަންނައިރު، މެސީގެ ދިފާއުގައި ބައެއް ކުޅުންތެރިން އަންނަނީ ވާހަކަ ދައްކަމުންނެވެ. އޭގެ ތެރޭގައި މެސީގެ ވާދަވެރި، ރެއާލް މެޑްރިޑްގެ ކެޕްޓަން ވެސް ހިމެނެ އެވެ.

ބެންޒެމާ ބުނީ ސީޒަންގެ ކުރީކޮޅު މެސީ އަށް ލީގުގައި ގިނަ ގޯލްތަކެއް ނުޖެހުމުން އެކަމާ ހައިރާން ނުވާ ކަމަށެވެ. ކުރިން ފްރާންސް ލީގުގައި ލިޔޯނަށް ކުޅުނު ބެންޒެމާ ބުނީ އެ ލީގަކީ ސްޕެނިޝް ލީގާއި މުޅިން ތަފާތު ސްޓައިލެއްގެ ފުޓްބޯޅަ އެއް ކުޅޭ ލީގެއް ކަމަށެވެ. އެހެން ކަމުން ފްރާންސް ލީގަށް ހޭނެން މެސީ އަށް ވަގުތު ބޭނުންވާނެ ކަމަށް ބެންޒެމާ ގަބޫލުކުރެ އެވެ.

"މެސީ އެ ލީގަށް ހޭނެން ވަގުތު ބޭނުންވާނެ، އެއީ ގޯލު ނުޖެހިގެން އެ އުޅޭ ސަބަބަކީ، އެހެން ނަމަވެސް މެޗުގައި މެސީ ދައްކާ ކުޅުމަށް ބަލާއިރު ސުވާލު އުފައްދާނެ ޖާގަ އެއް ނެތް. ވަރަށް ރަނގަޅު ފެންވަރެއްގައި އޭނާ އަންނަނީ ކުޅެމުން" ބެންޒެމާ ބުންޏެވެ.

އަނިޔާގެ އެކި މައްސަލަތަކާއި ކޮވިޑްގެ ސަބަބުން މެސީ އަށް މި ސީޒަންގައި މެޗުތަކެއް ގެއްލިއްޖެ އެވެ. ކޮވިޑުން ރަނގަޅުވެ، އެންމެ ފަހުން ލީގުގައި ޕީއެސްޖީ ކުޅުނު މެޗުގައި މެސީ ކުޅުނީ ފަހު ތިރީހަކަށް މިނެޓެވެ.

ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދާފައިވާ މެސީ ވަނީ ބާސެލޯނާގައި ހޭދަކުރި ދުވަސްތަކުގައި އެކުލަބާ އެކު 35 ތަށި އުފުލާލައިފަ އެވެ. ޕީއެސްޖީގެ ސަޕޯޓަރުންގެ އުންމީދަކީ މެސީއާ އެކު އެކުލަބުން އެންމެ ބޭނުންވާ ތަށި ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގު ހޯދުމެވެ. ޕީއެސްޖީ އަށް ހާސިލްނުކުރެވި އޮތް ބޮޑު ކާމިޔާބީ އަކީ އެއީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox