ބިން ހިއްކުމުގެ މަޝްރޫއުތައް ނަޝީދު ދިފާއު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީޑިއާ ބްރީފިންއެއްގައި ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ރޭ ވިދާޅުވީ ހަމަ ބިންގަނޑެއް އޮތަސް ރަށްވެެހިކަން އަލާނުވާ ކަމަށް.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީޑިއާ ބްރީފިންއެއްގައި ވާހަކަފުޅުދައްކަވަނީ. އެމަނިކުފާނު ރޭ ވިދާޅުވީ ހަމަ ބިންގަނޑެއް އޮތަސް ރަށްވެެހިކަން އަލާނުވާ ކަމަށް.

ބޮޑެތި ފަޅުރަށްތައް ހުއްޓައި ކުދި ރަށްރަށުގެ ބިން ހިއްކައި، އެއްރަށާއި އަނެއްރަށް ގުޅުވަނީ، ރަށްވެހިކަން އާލާވާނެ ރަށްރަށް ދިވެހިންނަށް އެެނގޭތީ ކަމަށާއި ހަމަ "ބިންގަނޑެއް އޮތަކަސް" ރަށްވެހިކަން އާލާ ނުވާ ކަމަށް ވިދާޅުވެ، ބިންހިއްކުމުގެ މަޝްރޫއުތަކުގެ ދިފާއުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވާހަކަފުޅު ދައްކަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަނަށް ކެމްޕޭން ކުރަން އެޕާޓީން ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ގެއްލުމުން އަރައިގަންނަން އެހީތެެރިވާން ބޮޑެތި ގައުމުތަކުން އަބަދުވެސް ވައުދުވާ ކަމަށެވެ. އެހެން ނަމަވެސް އެވައުދު ނުފުއްދާ ކަމަށް އެމަނިކުފާނު ނުސީދާ ގޮތެއްގައި އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.

"ބޭރުމީހެއްގެ ކައިރީގައި، ކޮމަންޑޫ ހިއްކުމޭ އަޅުގަނޑުމެންގެ ބޭނުމަކީ ޖެހިގެން އޮތް ރަށާ ގުޅުވުމޭ ބޭނުމަކީ އަހާފައި، އޭނާއާ އެކީގައި ދާއިރުގައި، ޖެހިގެން ކައިރީގައި މާ ބިޔަ ބޮޑު ރަށެއް، ފަޅުކޮށް އޮވެދާނެ. މިއީ ދިވެހިންނަށް އެނގޭ ކަމެއް، ކޮން ރަށެއްގައިތޯ ރަށްވެހިކަން އާލާވަނީ،" ނަޝީދު ވިދާޅުވި އެވެެ.

ހަމަ އެކަނި ބިންގަނޑެއް އޮތީމާ ރަށްވެހިކަން އާލާ ނުވާ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުގައި އެމަނިކުފާނު ދެއްކެވީ ޅ. މާފިލާފުށްޓެވެ. އެއީ ބިންބޮޑު ރަށަކަށް ވާތީ އެރަށުގައި މީހުން އާލާކުރުމަށް ތިން ހަތަރު ފަހަރު މަސައްކަތްކުރި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެކަމެއް ވާތަނެއް ނުފެނޭ. ތޮބިއަތަކާ އެއް އެމްޑީޕީ ދެކޮޅެއް ނުހަދާ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮމަންޑުއަކީ ތަބީއީ ގޮތުން އަމިއްލަައަށް ތަރައްގީވަމުން އަންނަ ރަށެއް ކަމަށާއި ރާއްޖޭގައި އެފަދަ 27 ރަށް އެބަ އޮތް ކަމަށެވެ. އޭގެ ތެރެއިން 14 ވަރަކަށް ރަށް އެގޮތަށް ތަރައްގީވަނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ މަސްކަނޑުތަކުގެ ކައިރީގައިވާ ރަށްތަކަށް ވާތީ އެވެ.

ބިންހިއްކާތީ ޖަމިއްޔާތަކުން ފާޑުކިޔާ

ބޮޑެތި ފަޅުރަށްތައް ހުރި ނަމަވެސް ބައެއް ރަށްތަކުގެ ބިން ހިއްކަން ސަރުކާރުން ކުރާ މަސަައްކަތް ދިފާއުކުރައްވައި ނަޝީދު ވާހަކަފުޅު ދައްކަވާފައި މިވަނީ ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން އެކަމަށް ފާޑުކިޔާފައި އޮއްވަ އެވެ.

ތިމާވެށްޓަށް ގެއްލުންވާ ގޮތަށް ބިން ހިއްކާތީ ސަރުކާރަށް އެންމެ ފަހުން އެންމެ ބޮޑަށް ފާޑުކީ އެއް ޖަމާއަތަކީ ހިއުމަން ރައިޓްސް ވޮޗެވެ. އެމެރިކާގެ ނިއުޔޯކްގައި މަރުކަޒުކޮށްފައިވާ ހިއުމަން ރައިޓްސް ވޮޗް އިން މިއަދު ނެރުނު "އިންސާނީ ހައްގުތަކުގެ އަހަރީ ރިޕޯޓް" ގައި ބުނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ އޮތްކަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަތް ނަމަވެސް، ތިމާވެށި ހިމާޔަތްކުރުމުގެ ގާނޫނުތައް ތަންފީޒުކުރުމުގައި ސަރުކާރި ފެއިލްވެފައިވާ ކަމަށެވެ.

"އަދި ތިމާވެށްޓަށް ގެއްލުންވާ ގޮތަށް، ބިން ހިއްކުމުގެ މަޝްރޫއުތައް ވަނީ ފަށައިފަ. އެއީ ވެރިކަން ކުރާ ޕާޓީ އިދިކޮޅުގައި އޮތް އިރު އެކަމަށް ފާޑުކީ ކަމެއް،" ރިޕޯޓުގައި ބުންޏެވެ.

ގުޅިފަޅުގައި ސަރުކާރުން ހިންގަން އުޅޭ މަޝްރޫއަކީ ތިމާވެށްޓަށް ގެއްލުންވާނެ މަޝްރޫއެއް ކަަމަށް ބުނެ އެކަން ހުއްޓުވަން މަދަނީ ޖަމިއްޔާ އަކުން ކުރި މަސައްކަތް ކުރިކަން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވެ އެވެ. ތިމާވެށީގެ ދާއިރާއިން ރާއްޖެއަށް ފާޑުކީ އަނެއް ކަމަކީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެެޖެންސީ (އީޕީއޭ) އަކީ މިނިވަން މުއައްސަސާއަކަށް ހަދަން ސަރުކާރުން ވެފައިވާ ވައުދު ނުފުއްދުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox