ހިމާޔަތްކޮށްފައިވާ ފަޅު ރަށް ހުރަސްދޫ ބަލަހައްޓައިދޭނެ ބަޔަކު ހޯދަނީ

އދ. ހުރަސްދޫ: އެ ރަށް ހިމާޔަތް ކުރީ މީގެ 16 އަހަރު ކުރިން ރަށް އޮންނަ ތަނުގެ މުހިންމުކަމުން -- ފޮޓޯ: ގޫގްލް ކެޕްޗާ

އދ. ހުރަސްދޫ: އެ ރަށް ހިމާޔަތް ކުރީ މީގެ 16 އަހަރު ކުރިން ރަށް އޮންނަ ތަނުގެ މުހިންމުކަމުން -- ފޮޓޯ: ގޫގްލް ކެޕްޗާ

އދ. އަތޮޅުގައި އޮންނަ ހިމާޔަތްކޮށްފައިވާ ކުޑަ ފަޅު ރަށް ހުރަސްދޫ ބަލަހައްޓައިދޭނެ ބަޔަކު ހޯދުމަށް އެ އަތޮޅު ކައުންސިލުން މިއަދު އިއުލާނެއްކޮށްފި އެވެ.

ހުރަސްދޫއަކީ ގާތްގަނޑަކަށް 3.9 ހެކްޓަރުގެ ރަށެކެވެ. އެރަށަށް އާންމުކޮށް ގޮސް އުޅެނީ ކައިރި ރަށްތަކުގެ ޓުއަރިސްޓުންނެވެ. އެ ރަށް ބޭނުން ކުރަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގަ އެވެ. އެ ރަށަށް ގޮސްފައިވާ ބައެއް މީހުން އިންޓަނެޓުގައި ލިޔެފައިވާ ރިވިއުތަކަށް ބަލާއިރު އެއީ ގޮނޑުދޮށް ރީތި، ދޫނި ޖައްސާ ރަށެކެވެ.

ހުރަސްދޫ ހިމާޔަތް ކުރީ މީގެ 16 އަހަރު ކުރިންނެވެ. ރަށް ހިމާޔަތް ކުރީ އޮންނަ ލޮކޭޝަނުގެ މުހިންމުކަމުން ބައެއް އިލްމީ ދިރާސާތަކަށް ބޭނުން ކުރެވިދާނެތީ އެވެ.

"އދ. ހުރަސްދޫ އަކީ ޖޯގްރަފީ ގޮތުން ވަރަށް އާދަޔާ ހިލާފު ރަށެއް. ތަފާތު ދިރާސާތައް ކުރުމަށް ވަރަށް މުހިންމު ރަށެއް،" އެ ރަށް ހިމާޔަތް ކުރުމަށް ޖޫން 15، 2006 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ބަޔޯޑައިވާސިޓީ ޑިޕާޓްމަންޓުގެ އެއިރުގެ ޑިރެކްޓަރު މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވިދާޅުވެފައިވެ އެވެ.

ހުރަސްދޫ ވަކިން ފާހަގަކޮށްފައި: ރަށުގެ ބޮޑުމިނަކީ އެންމެ 3.9 ހެކްޓަރު އެކަމަކު އޮންނަ ލޮކޭޝަން މުހިންމު -- ފޮޓޯ: ގޫގްލް ކެޕްޗާ
ހުރަސްދޫ ވަކިން ފާހަގަކޮށްފައި: ރަށުގެ ބޮޑުމިނަކީ އެންމެ 3.9 ހެކްޓަރު އެކަމަކު އޮންނަ ލޮކޭޝަން މުހިންމު -- ފޮޓޯ: ގޫގްލް ކެޕްޗާ

ހުރަސްދޫ ވަކިން ފާހަގަކޮށްފައި: ރަށުގެ ބޮޑުމިނަކީ އެންމެ 3.9 ހެކްޓަރު އެކަމަކު އޮންނަ ލޮކޭޝަން މުހިންމު -- ފޮޓޯ: ގޫގްލް ކެޕްޗާ

ހުރަސްދޫ އޮންނަނީ ރާއްޖޭގެ މެދުތެރެއިން ހުޅަނގުގަ އެވެ. އެ ރަށާ އެންމެ ކައިރީގައި އޮންނަނީ ރާއްޖޭގެ އެންމެ ހުޅަނގުން އޮންނަ ރަށްތަކުގެ ތެރޭގައި ހިމެނޭ އދ. މަންދޫ އާއި ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑެވެ.

މަންދޫން ހުޅަނގުން ރާއްޖެ ހުރަސްކޮށް ގޮސްފި ނަމަ ސީދާ ސޯމާލިއާއަށް ދެވޭނެ އެވެ. އެ ދެމެދުގެ ދުރުމިނަކީ ގާތްގަނޑަކަށް 2800 ކިލޯމީޓަރެވެ. މަންދޫގެ ކައިރިން ރާއްޖެ ސަރަހައްދުން ބޭރުވާއިރު ސޯމާލިއާއަށް ވުރެ ކައިރީގައި އެކަމަކު ތަންކޮޅެއް ތިރީގައި ސިޝެލް އޮންނާނެ އެވެ. މަންދޫއާ ސިޝެލްސްއާ ދެމެދު އޮންނަނީ ގާތްގަނޑަކަށް 2000 ކިލޯމީޓަރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox