ދުނިޔޭގެ އެންމެ ބޮޑު ބޯޓް އަދި ޔޮޓް އުފައްދާ ކުންފުނި ކަމަށްވާ ގަލްފް ކްރާފްޓް އިން ރާއްޖޭގައި އޮޕަރޭޓް ކުރާތާ 20 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ. ގަލްފް ކްރާފްޓަކީ ރާއްޖޭގެ ކަނޑުގެ ދަތުރުފަތުރުގެ 80 އިންސައްތަ ޚިދުމަތް ފޯރުކޮށްދޭ، ޕަބްލިކް ޓްރާންސްޕޯޓް، ކޯސްޓްގާޑް، އިމަރޖެންސީ އަދި އެމްބިއުލާންސްގެ ޚިދުމަތާއި، ރިސޯޓްތަކާއި، ލެޝަރ ބޯޓްފަދަ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޔެކެވެ. ގަލްފް ކްރާފްޓް ގެ ފަރާތުން މިހާރު ދަނީ އިންޑިއާ ކަނޑުގައި ބޭނުންކުރުމަށް އުޅަނދުފަހަރު އުފެއްދުމަށް ހާއްސަ އާ ޕްރޮޑަކްޝަން ފެސިލިޓީއެއް ތަރައްގީ ކުރަމުންނެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް ގެ އެކި ހިސާބުތަކުގައި ބޭނުން ކުރުމަށް ޚާއްޞަ ކޮށްގެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު ސްޕީޑް ބޯޓްތަކުގެ ފްލީޓެއް އުފެއްދުމަށް 2021 ވަނަ އަހަރު އެމްޓީސީސީއިން ވަނީ ގަލްފް ކްރާފްޓާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އަލަށް ތައާރަފުކުރި ސްޕީޑް ބޯޓްތަކުގެ ސަބަބުން ރާއްޖޭގެ އިދާރީ ހުރިހާ ރަށަކަށް އެއްފަހަރާ 53 ފަސިންޖަރުން އުފުލުމުގެ ގާބިލްކަން ލިބިފައިވާ، އަދި ވެރިރަށް މާލެ އާ ކައިރި ރަށްތަކާ ގުޅުވައިދޭނެ ފަސޭހަ އަދި ހަރުދަނާ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކުރެވިގެންދާނެ އެވެ. މި އުޅަނދުތަކުގައި އިމަޖެންސީ ހާލަތްތަކުގައި ދަތުރުކުރާ ފަސިންޖަރުންނަށް ހާއްސަ ފެސިލިޓީ ހިމަނާފައިވާއިރު، ސްޓްރެޗާތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކްސެސް ލިބޭނެ ގޮތް ވެސް ވަނީ ހަމަޖެހިފައެވެ. ޢާންމު ދަތުރުފަތުރުގެ މަޝްރޫޢަކީ، ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާއިރު، މި މަޝްރޫޢު ނިމުމުން، ރާއްޖޭގެ ރަށްތައް އެއް ފެރީ ނެޓްވޯކަކުން ގުޅާލެވޭނެ އެވެ.
"ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ކެނޑިނޭޅި އަޅުގަނޑުމެންގެ އޮޕަރޭޝަންތައް ފެށިފަހުން، މި ފާހަގަކޮށްލެވޭ ކާމިޔާބީއެއް. ގަލްފް ކްރާފްޓާ މި ވިހި އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުރިއެރުމުގައި މެދުމިން ދައުރެއް އަދާކުރި ޕްރޮޖެކްޓްތައް ހަވާލުކުރި ކަމަށްޓަކައި އަޅުގަނޑުމެން ޝުކުރު ވެރިވަން." ގަލްފް ކްރާފްޓްގެ ޗެއަރމަން މުޙައްމަދު ޙުސައިން އަލްޝާލީ ވިދާޅުވި އެވެ.

ގަލްފް ކްރާފްޓުން ތިލަފުށީގައި ގާއިމްކޮށްފައިވާ މެނުފެކްޗަރިން ފެސިލިޓީ -- ފޮޓޯ: ގަލްފް ކްރާފްޓް
ގަލްފް ކްރާފްޓް ކުންފުނިން ރާއްޖޭގައި އެކުންފުނީގެ އޮޕަރޭޝަންތައް ގާއިމްކޮށްފައިވަނީ 100،000 އަކަފޫޓުގެ މެނުފެކްޗަރިން ފެސިލިޓީއެއްގައި ކަމަށްވާއިރު އެންމެ މަތީ ފަންތީގެ އަރާމު ބޯޓްތަކާއި ރެޕިޑް ޓްރާންސްޕޯޓް އުޅަނދުތައް އެތަނުގައި އުފައްދަ އެވެ. ގަލްފް ކްރާފްޓް އިން މިހާރު ބޮޑަށް ފޯކަސް ކުރަނީ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސްޓްރެޓެޖީއަށް އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ފުޅާކުރުމަށެވެ. މިކަން ކުރިއަށް ގެންދާނީ، ޕްރޮޑަކްޝަން ކެޕޭސިޓީ ދެގުނައަށް އިތުރުކޮށް، ކެޕްޓަނުންނާއި ފަޅުވެރިންނަށް އާ ޓްރެއިނިންގ ފެސިލިޓީ މެދުވެރިކޮށް، މުޖުތަމަޢަށް އަނބުރާ ދީގެންނެވެ.
މިދިޔަ އަހަރު ގަލްފް ކްރާފްޓުން ވަނީ "ގަލްފް ލެގޫން" ގެ ނަމުގައި ރާއްޖޭގައި ސްޓްރެޓެޖިކް ޑިވެލޮޕްމަންޓެއް ހެދުމަށް އިންވެސްޓް ކުރާނެ ކަން އިއުލާންކޮށްފަ އެވެ. މި މަޝްރޫއުގައި އެންމެ ޒަމާނީ ފެންވަރުގެ މެނުފެކްޗަރިން ފެސިލިޓީއަކާއި، ކަނޑުދަތުރުކުރާ މީހުންނާއި ލިވް އަބޯޑްތަކަށް ހާއްސަ މެރީނާއަކާއި، ޒުވާން ދިވެހިންނަށް ކެޕްޓަން/ކްރޫ ޓްރެއިނިން ދޭ މެރިޓައިމް ސްކޫލެއްގެ އިތުރުން ރިސޯޓެއް ވެސް ހިމެނޭނެ އެވެ.
"ރާއްޖެއަކީ އަޅުގަނޑުމެންގެ ފުރަތަމަ ބައިނަލްއަޤްވާމީ މަންޒިލް، މެރިން އެންޑް ޓުއަރިޒަމްގެ ދާއިރާއަށް ރާއްޖެއިން ލިބޭ ފުރުސަތުތަކުގެ ބޭނުން ކޮށްގެން، އިން-ކަންޓްރީ ކޮމްޕިޓެންސީޒް ބިލްޑް ކޮށްފައި އޮތް ތަނެއް. އަޅުގަނޑުމެންގެ ޕްރޮޑަކްޝަން ކެޕޭސިޓީ ދެގުނައަށް އިތުރުވެ، އަލަށް މި ހުޅުވިގެންދިޔަ ޓްރެއިނިންގ ފެސިލިޓީއާއެކު، ވަޒީފާގެ އާ ފުރުޞަތުތައް ތަނަވަސްވެ، ފަތުރުވެރިކަން އިތުރަށް ކުރިއަރައިގެން ގޮސް، ލޯކަލް ކޮމިއުނިޓީއަށް މިހާރަށްވުރެ ރަނގަޅަށް ޚިދުމަތް ދެވޭނެކަމަށް އަޅުގަނޑުމެން އުންމީދުކުރަން." ގަލްފް ކްރާފްޓްގެ ތަސައްވުރާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ޗެއަރމަން ޙުސައިން އަލްޝާލީ ވިދާޅުވި އެވެ.

ގަލްފް ކްރާފްޓް ތިލަފުށީ ފެސިލިޓީގައި ލޯންޗެއްގެ ހަލް ފަރުމާކުރުމުގައި އެ ކުންފުނީގެ މުވައްޒަފުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްޓީސީސީ
ގަލްފް ކްރާފްޓަކީ ޒަމާނީ ކަނޑުގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ފެންވަރު ރަނގަޅު، ސުޕަ ޕަރފޯމިންގ އުޅަނދުތައް ފަރުމާކޮށް ޑެލިވަރީކުރުމުގައި ސާބިތު ހިފޭ ޓްރެކް ރެކޯޑެއް އޮތް ދުނިޔޭގެ އެންމެ ފުރިހަމަ އެއް ބޯޓް އަދި ޔޮޓް އުފައްދާ ކުންފުންޏެވެ. ގަލްފް ކްރާފްޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރީގެ ބޭނުމަށް ފެންވަރު ރަނގަޅު ޕާސަނަލައިޒްޑް އުޅަނދުތައް ފޯރުކޮށްދޭ ބްރޭންޑެކެވެ.
ގަލްފް ކްރާފްޓަކީ ދުނިޔޭގެ އެންމެ ބޮޑު ކޮމްޕޮސިޓް ޕްރޮޑަކްޝަން ސުޕަޔޮޓް ކަމަށްވާ "މެޖެސްޓީ 175" ގެ މައިގަނޑު އަސާސްގެ މައްޗަށް ބިނާކޮށް، ޑިޒައިން އަދި ޕާފޯމަންސްގައި އަބަދުވެސް ބާ އުފުލައިދޭ ކުންފުންޏެކެވެ. އެ ކުންފުނީގެ އުފެއްދުންތަކުގެ ތެރޭގައި ސިލްވާކްރާފްޓް، އޮރިކްސް ސްޕޯޓްސް ކުރޫޒާސް، މެޖެސްޓީ ޔޮޓްސް އަދި ނޯމޭޑް ޔޮޓްސް ބްރޭންޑްްތައް ހިމެނެ އެވެ. މި ބްރޭންޑްތަކުގެ ދަށުން އުފައްދާ އުޅަނދުތަކަކީ 31 ފޫޓުން ފެށިގެން 175 ފޫޓުގެ ދިގުމިން ހުންނަ އެންމެފަހުގެ ޓެކްނޮލޮޖީ އާއި އިންޖިނިއަރިން އާއެކު ދުނިޔޭގެ ފެންވަރުގެ ފަންނުވެރިން ބަންނަ އުޅަނދުތަކެކެވެ.
ގަލްފް ކްރާފްޓަކީ ބޯޓް/ޔޮޓްތަކަށް ބޭނުންވާ ދުނިޔޭގެ ފުރަތަމަ ފުލް އިންޓަގްރޭޓެޑް ޑިޒައިން އެންޑް ޕްރޮޑަކްޝަން ފެސިލިޓީ ހުންނަ ކުންފުންޏެވެ. އެ ކުންފުނީގެ ތިން ފެސިލިޓީއެއްގައި 1000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އަދި މިއަދާ ހަމަޔަށް 10،000 އަށްވުރެ ގިނަ އުޅަނދު ވަނީ އުފައްދާފަ އެވެ. 1982 ވަނަ އަހަރު އުފެއްދި ގަލްފް ކްރާފްޓް އިން ވަނީ އާ އަދި ޑައިވާސިފައިޑް ޕްރޮޑަކްޝަން ލައިންތަކުގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ޑީލަރު ނެޓްވޯކްތައް ތައާރަފްކޮށްފައެވެ.
titledesc










