ބޭނުންވާ ބަދަލު އަދި ނާދޭ، އެމްޑީޕީ އަދި 10 އަހަރު ވެރިކަމުގައި ތިބެން ޖެހޭ: ނަޝީދު

ށ. ފޯކައިދޫގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ލޫކަސް ޖަލީލު/ޓްވިޓާ

ށ. ފޯކައިދޫގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ލޫކަސް ޖަލީލު/ޓްވިޓާ

އެމްޑީޕީން ތައާރަފްކުރި ގިނަ ކަންތައްތަކަކުން ރައްޔިތުންނަށް ފައިދާވަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ރާއްޖެއަށް ގެންނަން ބޭނުންވާ ބަދަލު އަދިވެސް ނާންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވާދަކުރާ، އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކެމްޕޭންކުރަން އެ ޕާޓީން މިރޭ ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެއަށް ރަނގަޅު ބަދަލެއް އަތުވެއްޖެ ކަމަށެވެ. އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި "ހިލޭ ޑިގްރީ" ޕްރޮގްރާމެވެ. އެ ޕްރޮގްރާމްގެ ދަށުން ފޯކައިދޫގެ 54 ދަރިވަރަކު ކިޔަވަމުން އަންނަ ކަމަށާއި އެ ރަށުގައި ގްރޭޭޑް 12 އާ ހަމައަށް ކިޔެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ތިޔަ ބޭފުޅުން ދާނީ މޮޅުވަމުން، ތިޔަ ބޭފުޅުން ދާނީ ތަނަވަސްވަމުން. އަޅުގަނޑުމެންގެ މަސައްކަތަކީ އަބަދުވެސް އެ ތަނަވަސްކަން ތިޔަ ބޭފުޅުންނަށް ހޯދައިދެވޭނެ ސިޔާސަތުތަކެއް ކަނޑައަޅައިދިނުން،" ނަޝީދު ވިދާޅުވި އެވެ.

Advertisement

ރައްޔިތުންގެ އާމްދަނީ އިތުރުވާނެ ގޮތްތައް ހަމަޖެއްސުމަކީ އެމްޑީޕީން އަބަދުވެެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވިދާޅުވެ، އޭގެ މިސާލަކަށް އެމަނިކުފާނު ދެއްކެވީ ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ "މިނިމަމް ވޭޖް" ކަނޑައެޅުމެވެ. އެ ބަދަލުގެ ފައިދާ ލިބޭނެ ކަމަށް އެމަނިކުފާނު ދެެކެވަޑައިގަންނަވާ މީހުންގެ އަދަދުތަކެއް ވެސް ވިދާޅުވި އެވެ. ފޯކައިދޫ ރައްޔިތުންގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ލިބޭ އާމްދަނީ ދެގުނަވެއްޖެ ކަމަށް ވެސް އެެމަނިކުފާނު ވިދާޅުވި އެވެ.

"އެހެން ނަމަވެސް އަނެއްކާވެސް އަޅުގަނޑުމެން މި އަހާ ވާހަކައަކީ ކިހިނެތްހޭ މިވީ؟ އަޅުގަނޑުމެން ތަސައްވަރުކުރާ، އަޅުގަނޑުމެން މި އުއްމީދުކުރާ ޖަމްޕް ޖަހައިފި ހެއްޔޭ؟ އެ ބަދަލު އަތުވެއްޖެ ހެއްޔޭ؟ ނޫން، ނާދޭ،" ނަޝީދު ވިދާޅުވި އެވެ.

އެ ބަދަލު ގެނައުމަކީ ޖީލެއްގެ މަސައްކަތެއް ކަމަށާއި މިހާރު ލާ އެންމެ ވޯޓަކުން އެ ބަދަލު ނާންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖެ ބަދަލުވެ، ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވުމަށް ޓަކައި އެމްޑީޕީގެ ސިޔާސަތުތައް ހިންގަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުގައި، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ވެރިކަމުގައި އަދި އެބަ، 10 އަހަރު ތިބޭން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް ކެމްޕޭންކުރަން އެ ޕާޓީން މީގެ ކުރިން ވަނީ އެ ދާއިރާގެ މައި ރަށް، ކޮމަންޑޫގައި ވެސް ޖަލްސާއެއް ބާއްވައިފަ އެވެ. އެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާއަށް ވެސް ކުރިން އޮތީ އެމަނިކުފާނު ވަޑައިގަންނަވާ ގޮތަށެވެ. އެހެން ނަމަވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އައިސޮލޭޝަންގައި ހުންނަވަން ޖެހިވަޑައިގެންނެވުމުން ފޯކައިދޫއަށް ވަޑައިނުގެންނެވުނީ އެވެ. ފޯކައިދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ފިޔަވައި، އެމްޑީޕީގެ އިސް އެހެން ބޭފުޅުން ބައިވެރިވަވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox