ޕްރެޒިޑެންޓްސް ކަޕް ފައިނަލަކީ އަލިފުށީގެ ޒުވާނުންނަށް ދޭ ހަދިޔާއެއް: ޖަވާޒް

ޕްރެޒިޑެންޓްސް ކަޕް ފައިނަލަކީ އަލިފުށީގެ ޒުވާނުންނަށް ދޭ ހަދިޔާއެއް: ޖަވާޒް

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗަކީ ޒަމާނުއްސުރެ އަލިފުށީގެ ފުޓްބޯޅަ ފޯރިއާ އެރަށުގެ ރައްޔިތުންގެ މެދުގަ ފުޓްބޯޅަ އަށް އޮތް ލޯބި ފެނުމުން އެފްއޭއެމުން އެރަށަށް ދޭ ހަދިޔާ އެއް ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުގެ ފައިނަލް ތިން ވަނަ ފަހަރަށް އަތޮޅު ތެރޭގައި ކުޅޭއިރު، މި ފަހަރު ފައިނަލް މެޗު ބާއްވަނީ އަލިފުށީ ޓާފް ދަނޑުގަ އެވެ. ސަރުކާރުން މުޅި ރާއްޖެ އަށް ފުޓްބޯޅަ ފުޅާކުރުމުގެ ސިޔާސަތުގައި ރަށްރަށުގައި އަޅާ ޓާފްދަނޑުތަކުގައި ރާއްޖޭގެ އެންމެ ބޮޑެތި މެޗުތައް ކުޅުމަކީ ގެންގުޅޭ ތަސައްވުރެކެވެ. މި މެޗަކީ އޭގެ ފެށުމެކެވެ.

މާދަމާ ހަވީރު ކުޅޭ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް ވެލެންސިއާ މިހާރުވަނީ އަލިފުއްޓަށް ގޮސްފަ އެވެ. އަދި އިއްޔެ ފުރަތަމަ ޕްރެކްޓިސް ސެޝަން ކުރިއަށް ގެންގޮސްފަ އެވެ. އަރަށުގެ ރަށްޔިތުން ނިކުމެވަނީ މި ދެ ޓީމަށް ހޫނު މަރުޚަބާއެއް ކިޔާފަ އެވެ.

ޕްރެޒިޑެޓްސް ކަޕްގެ ފައިނަލް ބޭއްވުމުގެ ފުރުސަތު އަލިފުއްޓަށް ދިންގޮތާ ގުޅޭގޮތުން "ޕީއެސްއެމް" އިން ގެނެސްދޭ "ރޯޑް ޓު އަލިފުށި" ޝޯގައި ވާހަކަދައްކަވަމުން ޖަވާ ވިދާޅުވީ އަލިފުއްޓަކީ ޒަމާނުއްސުރެ ފުޓްބޯޅައިގެ ފޯރި ގަދަ ރަށެއް ކަމަށެވެ.

ޖަވާ ވިދާޅުވީ އެރަށަށް ފެންވަރު ރަނގަޅު ދަނޑެއް ލިބުމުގެ ކުރިންވެސް އަތޮޅު ފެންވަރުގައާއި ޤައުމީ ފެންވަރުގައި ބާއްވާ މުބާރާތްތައް ހޯސްޓްކުރަން އެރަށުން ބިޑް ކުރަމުން އަންނަ ކަމަށާއި، އެކި ސަބަބުތަކާ ހުރެ އެރަށަށް މާ ބޮޑެތި ފުރުސަތުތަކެއް ފުޓްބޯޅަ މުބާރާތްތައް ބާއްވަން ނުލިބޭކަމަށެވެ. އަދި ޖިއޮގްރަފީ ގޮތުން ބަލާއިރުވެސް އެ ރަށަކީ އަތޮޅު އެހެން ރަށްތަކާ ދުރުގަ އޮންނަ ރަށަކަށްވުމާ އެކު ވެސް ގޮންޖެހުންތަކެއް މީގެ ކުރިން ހުންނަ ކަމަށް ޖަވާ ވިދާޅުވި އެވެ.

ޖަވާ ވިދާޅުވީ އެ ރަށަށް ރަނގަޅު ދަނޑެއް ލިބުމާ ހަމައަށް ވެސް ފުޓްބޯޅަ ފޯރިއަށް ބަދަލު ނާންނަކަމަށާއި، އެކަން ވަރަށް ބޮޑަށް އެފްއޭމުން ބަލައިގަންނަ ކަމަށެވެ. އަދި މި ފައިނަލަކީ މާޔޫސްކަމެއް ނެތި މިވީ ހުރިހާ ދުވަހު އެރަށު ރައްޔިތުން ފުޓްބޯޅައަށްޓަކައި ކުރި މަސައްކަތަށް ދިން ހަދިޔާއެއްކަމަށް ޖަވާ ވިދާޅުވި އެވެ.

"އަލިފުއްޓަކީ އަބަދުވެސް އަތޮޅު ފުޓްބޯޅަ މުބާރާތާ އެހެން މުބާރާތްތަކަށް ބިޑް ކުރާ ބައެއް. އެ އަހަރަކު ބިޑް ކާމިޔާބު ނުކުރެވުނަސް ޖެހިގެން އަންނަ އަހަރުވެސް ހަމަ ބިޑް ކުރާނެ. މިކަމުން އެބަ ފެނޭ އެރަށުގެ ރައްޔިތުން މިކަހަލަ ކަމަކަށް އެދި އެދި މިންވަރު. އެހެންވެ އަސްލު އަޅުގަނޑުމެން މި ފުރުސަތުދޭން ނިންމީ. މިއީ އަލިފުށީގެ ޒުވާނުންނަށް ދޭ ހަދިޔާއެއް." ޖަވާ ވިދާޅުވި އެވެ.

ރަނގަޅު ފެންވަރެއްގެ ދަނޑެއް އޮތަސް އަދި މިކަހަލަ މުބާރާތެއްގެ ފައިނަލް މެޗެއް ކުޅުމަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖެހުނީ އެއް ނޫން ކަން ޖަވާ ފާހަގަކުރެއްވި އެވެ. އަލިފުށީގެ ރައްޔިތުން ވަރަށް ފޯރީގައި ދަނޑުގެ ޗޭންޖިން ރޫމްތަކާއި އެހެނިހެން ކަންކަންވެސް ވަރަށް ފުރިހަމަ އަށް ތައްޔާރުކޮށްދީފައިވާ ކަމަށް ޖަވާ ވިދާޅުވި އެވ.

ޖަވާ ވިދާޅުވީ މިގޮތަށް ރަށެއްގައި މުބާރާތެއްގެ ފައިނަލް މެޗެއް ބޭއްވުމަކީ ގިނަ ގޮންޖެހުންތަކެއް ހުރިކަމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ދަތުރު ފަތުރުގެ ކަންކަން ހަމަޖެއްސުމާއި، އެކޮމަޑޭޝަންގެ ކަންކަން ހަމަޖެއްސުމަށް އުނދަގޫތަކެއް ހުންނަ ކަމަށެވެ.

"އަސްލު އަޅުގަނޑު ބުނާނީ މިއީ ވަރަށް ބޮޑު ބުރަ މަސައްކަތެކޭ، ރާއްޖޭގެ ދަތުރު ފަތުރުކުރުމުގެ ނިޒާމް ހުންނަ ގޮތާއި، ރަށް ރަށުގެ އެކޮމޮޑޭޝަންގެ ކަންކަމާއި، ރަށު ތެރޭގެ ދަތުރުތައް ހުންނަ ގޮތާއި މިކަންކަމަށް ބަލާއިރު އުނދަގޫތަކެއް ހުރޭ. ވަރަށް ބުރަ މަސައްކަތެއް ކައުންސިލާ ގުޅިގެން އަޅުގަނޑުމެންގެ ޓީމުން ކޮށްފަ މިއޮތީ."

ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުން އަދި އަލިފުށި ކައުންސިލުން ގުޅިގެން އަންނަނީ ފައިނަލް މެޗު ކުޅުމުގެ ކުރިން އަލިފުށީ ދަނޑުގައި ކުރަން ޖެހޭ އިތުރު މަސައްކަތްތަކެއް ނިންމަމުންނެވެ. އަދި ކައިރި ރަށް ރަށުގެ ސަޕޯޓަރުންވެސް މެޗު ބަލަން އަންނާނެތީ އެކަމަށްވެސް ތައްޔާރުވަމުން އަންނަކަމަށް އަލިފުށި ކައުންސިލުންވަނީ މައުލޫމާތުދީފައިވެ އެވެ.

އަލިފުށީގަ ކުޅޭ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލަކީ މާލެއިން ބޭރުގަ ކުޅ ގައުމީ ތިން ވަނަ ފައިނަލެވެ.

މާލޭން ބޭރުގައި އެންމެ ފުރަތަމަ ކުޅުނު ފައިނަލަކީ 1970 ވަނަ އަހަރުގެ މުބާރާތެވެ. އައްޑޫގައި އޮތް އެ ފައިނަލުގައި ޑީއެންސީ އާއި މާލޭ ޒަމާނީ މިއުޒިކީ ކްލަބް 1-1 އިން އެއްވަރުވެ ޖެހުނީ ދެ ޓީމަށް ޖޮއިން ޗެމްޕިއަންކަން ދޭށެވެ. އޭގެ ފަހުން ދެ ވަނަ ފަހަަރަށް 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް މާލޭން ބޭރުގައި ކުޅުނެވެ.

އެންމެ ފަހުން 2015 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕްގެ މުޅި މުބާރާތް ހޯސްޓްކުރީ ހދ. ކުޅުދުއްފުއްޓާއި ސ. ހިތަދޫގަ އެވެ. އެއީ ގަލޮޅު ދަނޑު ވިނަގަނޑު ހަލާކުވެެގެން މުބާރާތް މާލެއިން ބޭރަށް ބަދަލުކުރީ އެވެ. ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވީ މިނިވަން ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދަންވެގެން ވިނަގަނޑު މަތީގައި އެޅި ރަބަރުގަނޑެއްގެ ސަބަބުންނެވެ. ފައިނަލް މެޗު ކުޅުނީ ސ. ހިތަދޫ ޒޯން ސްޓޭޑިއަމްގަ އެވެ. ނިއު ރޭޑިއަންޓް 3-1 އިން ބަލިކޮށް، މުބާރާތުގެ ތަށި އުފުލާލީ މާޒިޔާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox