ބަލިމަޑުކަމުގެ ކުރިން ފަތުރުވެރިކަން އޮތް ހާލަތަށް އަނބުރާ ދާނީ 2024 ގައި

ހުޅުމާލެ ގޮނޑުދޮށުގައި ފަތުރުވެރިއަކު މަޑުކޮށްލައިގެން. -- ފޮޓޯ: އަދަދު ފައިލް

ހުޅުމާލެ ގޮނޑުދޮށުގައި ފަތުރުވެރިއަކު މަޑުކޮށްލައިގެން. -- ފޮޓޯ: އަދަދު ފައިލް

މެޑްރިޑް، ސްޕެއިން (ޖެނުއަރީ 20) - ކޮވިޑް ބަލިމަޑުކަމުގެ ކުރިން ދުނިޔޭގެ ފަތުރުވެރިކަން އޮތް ހާލަތަށް އަނބުރާ ދާނީ އެންމެ އަވަހަށް ވެސް 2024 ވަނަ އަހަރުގައި ކަމަށް ވޯލްޑް ޓޫރިޒަމް އޯގަނައިޒޭޝަނުން ލަފާކޮށްފި އެވެ.

އދ. ގެ ފަތުރުވެރިކަމާ ބެހޭ އެޖެންސީން ބުނީ ހަލުވިކަމާ އެކު ފެތުރޭ އޮމިކްރޯން ވޭރިއެންޓުން ބަލިވާ މިންވަރު ކުޑަ ނަމަވެސް އެ ވޭރިއެންޓްގެ ސަބަބުން 2022 ވަނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަމަށް ބުރޫއަރާނެ ކަމަށެވެ.

ދެހާސް ނަވާރަ ވަނަ އަހަރާ އަޅާ ބަލާއިރު 2020 ވަނަ އަހަރު ފަތުރުވެރިކަމުގެ އާމްދަނީ 72 ޕަސެންޓް ދަށްވި އެވެ. ނަމަވެސް 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2021 ވަނަ އަހަރު ފަތުރުވެރިކަމަށް ހަތަރު ޕަސެންޓްގެ ކުރިއެރުމެއް އައެވެ.

"ފަތުރުވެރިކަމުގެ ސިނާއަތް އަލުން އަރައިގަތުމުގެ ދުވެލި ވަރަށް ލަސް. އެއީ ދަތުރު ކުރުމުގައި ހުރި ހުރަސްތަކާއި، ވެކްސިން ޖެހުމުގެ ރޭޓާއި، ދަތުރު ކުރާ މީހުންގެ ޔަގީންކަން ކުޑަވުން ފަދަ ކަންކަމާ ހެދި،" ޔޫއެންޑާބްލިއުޓީއޯ އިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ދެހާސް ވިހި ވަނަ އަހަރާ އަޅާ ބަލާއިރު، މިދިޔަ އަހަރު ޔޫރަޕަށް ފަތުރުވެރިން ޒިޔާރަތް ކުރި އަދަދު 19 ޕަސެންޓުން އަދި އެމެރިކާއަށް ޒިޔާރަތް ކުރި އަދަދު 17 ޕަސެންޓުން އިތުރުވި އެވެ.

ނަމަވެސް މިދިޔަ އަހަރު މެދުއިރުމައްޗަށް ދިޔަ ފަތުރުވެރިންގެ އަދަދު 24 ޕަސެންޓު އަދި އޭޝިއާ ޕެސިފިކަށް ދިޔަ ފަތުރުވެރިންގެ އަދަދު 65 ޕަސެންޓް ދަށްވި އެވެ.

ފަތުރުވެރިކަމާ ބެހޭ އެޖެންސީން ލަފާކުރާ ގޮތުގައި 2021 ވަނަ އަހަރާ އަޅާ ބަލާއިރު، މި އަހަރު ފަތުރުވެރިކަން 30-78 ޕަސެންޓް ރަނގަޅު ވާނެ އެވެ.

އެކަމަކު ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި ބަލިމަޑުކަމުގެ ކުރިން ފަތުރުވެރިކަން އޮތް ހާލަތަށް އަނބުރާ ރުޖޫއަ ވާނީ އެންމެ އަވަހަށް ވެސް 2024 ވަނަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox