ރިޔާސީ އިންތިހާބެއްގައި ރައީސް ސޯލިހާ ވާދަނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެ

ނަޝީދު އަދި ރައީސް ސޯލިހު: ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުން މުހިންމު ނަމަވެސް ރައީސް ސޯލިހާ ވާދަނުކުރައްވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ނަޝީދު އަދި ރައީސް ސޯލިހު: ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ލިބުން މުހިންމު ނަމަވެސް ރައީސް ސޯލިހާ ވާދަނުކުރައްވާނެ ކަމަށް -- ފޮޓޯ: އަދަދު ފައިލް

ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަ ނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާއަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއްގައި ނަޝީދު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ދެމެެެހެއްޓުމަށް "ކޮންމެ ކަމެއް ވެސް ކުރަން" ތައްޔާރަށް ހުންނެވި ކަމަށެވެ. ނުސީދާ ގޮތެއްގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ ވެރިކަމުގައި ދެމެހެއްޓުމަށް ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

"އަޅުގަނޑުމެން އެކަކު އަނެކަކާ ވާދަކުރާތަނެއް އަޅުގަނޑަކަށް ނުފެނޭ. [ރިޔާސީ އިންތިހާބުގައި ] ވާދަކުރާނީ ދެލީޑަރުންގެ ތެރެއިން އެކަކު ނުވަތަ އެކަކުވެސް ވާދަ ނުކުރާނީ،" ނަޝީދު ވިދާޅުވި ކަމަށް ނޫހުން ބުންޏެވެ.

ދަ ހިންދޫގެ ހަބަރުގައިވާ ގޮތުން، "ޕާޓީ ވެރިކަމުގައި ދެމެހެއްޓުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރައްވާނެ" ކަމަށް އެމަނިކުފާނު ވިދާޅުވީ އެވާހަަކަފުޅާ ގުޅުވައިގެންނެވެ. އެމަނިކުފާނާ ހާވާލާދީ ނޫހުން ބުނީ އެމްޑީޕީއަށް އިތުރު ދައުރެއް ލިބުމަކީ އެންމެ މުހިންމު ކަންތައް ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނަންތޯ އެ ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ އެއީ އަބަދުވެސް ގެންގުޅުއްވާ ވިސްނުމެއް ކަމަށެވެ. އެހެން ނަމަވެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން އެމަނިކުފާނު ގެންގުޅުއްވާ ވިސްނުންފުޅު ވެސް ދުލެއް ނުކުރައްވަ އެވެ. ރާއްޖޭގައި އެއް ޕާޓީއަކުން އިންތިހާބެއް ކާމިޔާބުކުރުމަކީ ވާނެކަމެއް ނޫން ކަމަށް ވިދާޅުވާ ވިދާޅުވުން އެ އިންޓަވިއުގައި ވެސް ތަކުރާރުކުރެއްވި އެވެ.

"އިންޑިއާ އައުޓް ކެމްޕޭނަކީ ނުބައި އިހުސާސެއް"

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ އިންޓަވިއުގައި ނަޝީދު ވިދާޅުވި ގޮތުގައި ވަރަށް "ނުބައި އިހުސާސެެކެވެ".

"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީ ވެރިކަމުގައި އޮތުމުގެ މުހިއްމުކަން އަންނަނީ ބޮޑުވަމުން. ނުބައި އިހުސާސްތައްް [ރާއްޖޭގައި] ވަރަށް ބޮޑަށް އެބަ އޮތް. ރައީސް [އަބްދުﷲ] ޔާމީނާއި އެމަނިކުފާނު އިންޑިއާއާ މެދު ގެންގުޅުއްވާ ރައުޔާއި ކުރައްވާ ކެމްޕޭނާ ހެދީ މީހުން ވަރަށް ނުތަނަވަސް އެބަ ކުރުވާ،" ނަޝީދު ވިދާޅުވި ކަމަށް ނޫހުން ބުންޏެވެ.

ޗައިނާގެ ފޮރިން މިނިސްޓަރު ވާންޔީ ދާދި ފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ މެދު ދެކެވަޑައިގަންނަވާ ގޮތާ ބެހޭ ގޮތުން ވެސް ދަ ހިންދޫ ނޫހުން ނަޝީދާ ސުވާލުކުރި އެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެއް ގައުމަކާ ދެެކޮޅަށް އަނެއް ގައުމުލައްވާ "ކުޅުވުމަކީ" ކުރެވޭނެކަމެއް ނޫން ކަމަށް އެމަނިކުފާނު އަބަދުވެސް ގަބޫލުކުރައްވާ ކަމަށެވެ.

އިންޑިއާއަކީ ރާއްޖޭގެ އަަވަށްޓެރި އަދި ޖެހޭ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ދާން އޮތް ބަނދަރުކަމަށާއި އެގައުމުން ރާއްޖެއަށް ވެދޭ އެހީތެެރިކަމަށް އެއްވެސް އެހެން ކަމަކުން ހިޔަނި އެޅެން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހާ ރިޔާސީ އިންތިހާބެއްގައި ވާދަ ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވެފައި މި ވަނީ ރައީސްއާއެކު އިތުރަށް ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް މިިދިޔަ އަހަރު އިއުލާން ކުރައްވާފައި އޮއްވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox