ޕްރިމިއާ ލީގަށް ދާއިރު ޕްރެޒިޑެންޓްސް ކަޕްގެ ފައިދާ ހުރިހާ ޓީމަކަށް ކުރާނެ: ނިޒާމްބެ

Jan 18, 2022, 5:51 AM
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ޕްރެޒިޑެންޓްސް ކަޕުން ފެށުމުގެ ފައިދާ އަންނަ މަހު ފަށަން ނިންމާފައި އޮތް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާއިރު ހުރިހާ ޓީމަކުން ވެސް ފެންނާނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ޓީސީން މި ފަހަރުގެ ސީޒަނަށް ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމަށް ލައިގެން ނުކުންނަން ޖެހުނުއިރު ވެސް ނިޒާމްބެ ވަނީ އެ ޓީމު ގޮވައިގެން ނުކުތީ ޕްރެޒިޑެންޓްސް ކަޕްގެ ޝަރަފްގައި ވާދަވެރި ރޫހެއްގައި ކުޅުމަށެވެ. ޓީސީން ފުރަތަމަ މެޗުގައި ކްލަބް އީގަލްސް ބަލިކުރި ނަމަވެސް ދެން ކުޅުނު މެޗުތަކުން ވަނީ މާޒިޔާ، ވެލެންސިއާ، ގްރީން ސްޓްރީޓްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން ބަލިވެފަ އެވެ. އެކަމަކު، އެންމެ ފަހުން ކުޅުނު މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ޓީސީން ކުރިހޯދި އެވެެ.

މިހާތަނަށް ކުޅުނު މެޗުތަކަށް ބަލާއިރު، ނިޒާމްބެގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޓީސީ ކުޅުންތެރިންގެ މޯޓިވޭޝަން އާއި ކުޅުންތެރިން ދަނޑުމަތީގައި އެ ކުރާ މަސައްކަތެވެ. ދެން، ނިޒާމްބެ ފާހަގަކުރާ ކަމަކީ ލީގުގެ ބޮޑެތި ޓީމުތަކާ ދެކޮޅަށް ޕްރެޒިޑެންޓްސް ކަޕްގައި ޓީސީން އެ ދެއްކި ކުޅުމަށް ބަލާއިރު، ލީގުގައި ރަނގަޅު ފައިޓެއް ދެވޭނެ ކަމުގެ އިތުބާރު ބޮޑުވުމެވެ.

ނިޒާމްބެ ބުނީ ތަޖުރިބާކާރު ކުޅުންތެރިން ގިނަ ޓީމުތަކާއި ޒުވާން ކުޅުންތެރިން ގިނަ ޓީމުތަކަށް ވެސް ޕްރެޒިޑެންޓްސް ކަޕުން މި ލިބުނު މެޗުތަކުގެ ފައިދާ ބޮޑުވާނެ ކަމަށެވެ. ޓީމެއް ސެޓު ކޮށްލެވޭނެ ވާދަވެރި ރަނގަޅު މެޗުތަކެއް ޕްރިމިއާ ލީގުގެ ކުރިން ލިބުމަކީ ލީގުގެ ފެންވަރު ރަނގަޅުވާނެ ސަބަބެއްގެ ގޮތުގައި ނިޒާމްބެ ގަބޫލުކުރެ އެވެ.

"ޓީސީ އަށް ހަމަ ވަރަށް ބޮޑު އެއްޗެއް، ވަރަށް ބޮޑު އެކްސްޕީރިއަންސެއް ލިބޭނެ. ދެން އެއް ގޮތަކަށް ވެސް މި މުބާރާތަށް ނުކުތީ އެކްސްޕީރިއަންސް ކުރާކަށް ނޫން. ދެވޭ އެންމެ ރަނގަޅު ފައިޓެއް ދީގެން އެންމެ ރަނގަޅު ހިސާބަށް ދިއުމަށް. އެ ގޮތަށް ބަލާއިރުގައި މިއީ ކާމިޔާބު މުބާރާތެކޭ ނުބުނެވޭނެ. އެއީ އެންމެ ފަހުން ކުުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި ކުޅުނު ޓީމަށް ބަލާފައި، ނަތީޖާ އެހާ ރަނގަޅެއް ނޫން. އެކަމަކު، މި ތިބި ކުޅުންތެރިންނަށް ބަލަންޏާމު ރަނގަޅު އެއްޗެއް (ލީގުގައި) ހަދާލެވޭނެ،" ދެ ފަހަރު ޓީސީ ގޮވައިގެން ގައުމީ ފައިނަލުގައި ކުޅުނު ނިޒާމްބެ ބުންޏެވެ.

ޓީސީން ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފަހު މެޗުގައި މިއަދު ނުކުންނާނީ ލީގުގެ އެންމެ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ދެކޮޅަށެވެ. މި ވަގުތު ހަ ވަނައިގައި އޮތް ޓީސީން ފަސް ވަނައިގައި ޕްރެޒިޑެންޓްސް ކަޕް ނިންމާލަން ބޭނުންނަމަ މިއަދު ޔުނައިޓެޑް ވިކްޓްރީ ބަލިކުރަން ޖެހޭނެ އެވެ. ޓީސީ ހަ ވަނައިގައި އޮތީ ހަ މެޗުން ހަ ޕޮއިންޓާ އެކު އެވެ. ފަހެއްގައި އޮތް އީގަލްސް އަށް ހަ މެޗުން ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. އީގަލްސް މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ބައްދަލުކުރާނެ އެވެ.

ނިޒާމްބެ ބުނީ ޕްރެޒިޑެންޓްސް ކަޕްގައި ނިންމާ މަގާމާއި ޓީމު ރޫހު ރަނގަޅު ލެވަލެއްގައި ބައިންދަން ބަލާއިރު، ޔުނައިޓެޑް ވިކްޓްރީ މެޗުގެ ބޭނުން ހިފިދާނެ ކަމަށެވެ.

"ވަރަށް މުހިންމު މި ތިން ޕޮއިންޓް ނެގުން ޓީމުގައި މިތިބި ކުޅުންތެރިން، ލީގަށް ދާއިރުގައި ރަނގަޅު މޯޓިވޭޝަނެއްގައި ދިއުމަށް، ކޮންފިޑެންސް ރަނގަޅު ކޮށްލަން ލިބޭ ފުރުސަތެއް. ދެން އަނެއް ޓޭބަލްގައި ޖެހިލެވޭނެ އެންމެ ކުރިއަށްދާން ވެސް ލިބޭ ފުރުސަތެއް މިއީ. ކޮމްޕެޓިޓިވްކޮށް ކުޅެން ކިޔައިދޭން ބަލާއިރު މިއީ ވަރަށް މުހިންމު މެޗެއް،" ނިޒާމްބެ ބުންޏެވެ.

މިހާތަނަށް ކުޅުނު މެޗުތަަކަށް ބަލާއިރު ޓީސީން ރަނގަޅުކުރަން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަވެ، އެ އަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ. ލީގަށް ނުކުންނަން ޓީމު ވަރުގަދަ ކުރަން ބަލާއިރު، އަތޮޅު ތެރެއިން ރަނގަޅު ތިން ކުޅުންތެރިއަކު ޓީސީއާ ގުޅިފައިވާ ކަމަށާއި ލީގަށް ނުކުންނާނީ ބިދޭސީ ކުޅުންތެރިންނާ އެކު އިތުރަށް ޓީމު ވަރުގަދަކޮށްގެން ކަމަށް ނިޒާމްބެ ވަނީ ބުނެފަ އެވެ.

ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީގެ މެޗު ފަށާނީ މިއަދު ހަތަރެއް ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox