ޔުނައިޓެޑް ވިކްޓްރީ އަތުން މޮޅުވެ ސަސް ހަތަރަކަށް

Jan 14, 2022, 5:56 PM
ލަނޑު ޖެހުމަށް ފަހު ސަހާއު (ކ) އެ ޓީމުގެ މުލަކޭއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ސަހާއު (ކ) އެ ޓީމުގެ މުލަކޭއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕްގައި ފުޓްބޯޅަ މުބާރާތުގައި މިރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2-0 އިން މޮޅުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގު ބުރުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގައި ކޮންމެ ޓީމަކަށް ވެސް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެއް ވަނައިގައި 16 ޕޮއިންޓާ އެކު ވެެލެންސިއާ އޮތްއިރު، ދެ ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

އީގަލްސް ފަހަތަށް ޖައްސާލައި، މިރޭ ސަސް ހަތަރަކަށް އެރީ ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ފަސް ވަނައިގައި އޮތް އީގަލްސް އަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ހަ ވަނައިގައި ޓީސީ އޮތީ ހަ ޕޮއިންޓާ އެކު އެވެ. ހަ މެޗު ކުޅުނުއިރު މޮޅެއް ނުލިބި އޮތީ ހަތް ވަނައިގައި އޮތް ދަ ގްރާންޑޭ އާއި ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީ އެވެ. ދެ ޓީމަށް ވެސް އެއް ޕޮއިންޓް ލިބިފައިވަނީ އެ ދެ ޓީމު ކުރިމަތިލި މެޗު އެއްވަރުވެގެން ނިމުމުންނެވެ.

ސަސް އިން ވަނީ މިރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އަރިމަތިން ސަސްގެ އައިހަމް އަހުމަދު (އައިހު) ނެގި ހުރަހެއް އޭރިއާ ރޮނގުކައިރިން އަހުމަދު ނަޝާހު (ނައްޓު) ފޮނުވާލި ބާރު ބޯޅަ ބޭރުވީ ގޯލުގެ ދެ ދަނޑީގައި ޖެހިފަ އެވެ. އޭގެ ފަހުން ސަސްގެ މުހައްމަދު ސަހާއު ޖެހި ބޯޅައެއް ދިޔައީ ގޯލުގެ ހުރަސްދަނޑިމަތިންނެވެ.

ސަސްގެ އިއްބެ (ވ) ހުއްޓުވަން ޔުނައިޓެޑް ވިކްޓްރީގެ އަނަފް ޓެކަލްކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ އަރީން އަބްދުﷲ އިބްރާހިމް އޭރިއާތެރެއިން އެ ޓީމުގެ އަލީ ހައިޝަމް (ޗުމްޕު) އަށް ދިން ބޯޅަ އޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްލިއިރު، ޖަހަން އަރާނެ ކުޅުންތެރިއަކު ނެތި، ބޯޅަ ދިޔައި ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ފުރަތަމަ ހާފުގައި އެންމެ ގިނަ އެޓޭކް ކުރެވޭތޯ ބެލި އެއް ކުޅުންތެރިއަކީ ސަސްގެ އިބްރާހިމް އަތީގް ހަސަން (އިއްބެ) އެވެ. އިއްބެ ފޮނުވާލި ގިނަ ޝޮޓްތަކެއް ދިޔައީ ޔުނައިޓެޑް ވިކްޓްރީގެ ކީޕަރަކަށް ހުރި އަހުމަދު އަނަފް ޒަރިޔަންދު ހުރި ގޯލާ ސީދާނުވެ ބޭރުންނެވެ. މި ހާފުގައި ޔުނައިޓެޑް ވިކްޓްރީގެ ޔަސްފާދު ހަބީބު (މުލަކޭ) އަށް އޭރިއާތެރެއިން ފައުލުކުރި ކަމަށް ބުނެ، ޕެނަލްޓީ އަކަށް އެޕީލްކުރި ނަމަވެސް ރެފްރީ އާދަމް ފަޒީލް ނިންމީ ޕެނަލްޓީ ދޭން. ނުޖެހޭ ކަމަށެވެ.

މެޗުގެ 40 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ އަރީން ހުސްކޮށްލާފައި އޭރިއާތެެރެއިން އެ ޓީމުގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ސަސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ފައިން ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ސަސް އަށް ލީޑުނަގައިދިނީ ސަހާއު އެވެ. މެޗުގެ 45 ވަނަ މިނިޓްގައި މުލަކޭ އޭރިއާތެެރެއިން ހުސްކޮށްލާފައި ސަހާއު އަށް ދިން ބޯޅަ އޭނާ ވަނީ ކީޕަރު އަނަފް ކައިރިން ނައްޓާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ދެ ވަނަ ހާފް ފެށިގެން ހަތަރު ވަނަ މިނިޓްގައި ވެސް އިއްބެ ގޯލެއް ޖެހި އެވެ. އެކަމަކު، މި ފަހަރު ލައިންސްމަން ހުރީ އޮފްސައިޑް ކަމަށް ދިދަ ނަގައިގެންނެވެ.

ބެންޖޯ ލަނޑު ޖެހުމަށް ފަހު ސަސްގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މެޗުގެ 53 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓްރީގެ އަލީ ހަމްދާން (އައްޔަ) އޭރިއާބޭރުން ޖެހި ބޯޅަ ސަސްގެ ކީޕަރު ޝަފީއު ވަނީ މަތަކޮށްފަ އެވެ. ސަސް އިން ވަނީ އޭގެ ހަތަރު މިނިޓް ފަހުން ލީޑުފުޅާކޮށްފަ އެވެ. މިއީ އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭ ޖެހުމަކުން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ޖެހި ގޯލެކެވެ. ބެންޖޯ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ސަސް އަށް ތިން ވަނަ ލަނޑެއް ޖަހައިދޭން މުލަކޭ ޖެހި ބޯޅަ އަމާޒުވީ ކީީޕަރު އަނަފާ ދިމާލަށެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ސަހާއު ޖެހި ބޯޅަ ދިޔައީ އަރިމަތިންނެވެ. އިތުރު ވަގުތުގައި ސަސްގެ ޔޫސުފް ޖުނައިދު ޒާހިރު (ޖުނޭ) މުޅިން ހުސްކޮށް ހުރެ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ވެސް ދިޔައީ ގޯލާ ސީދާނުވެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު އެވެ. އަންގާރަ ދުވަހު ހަވީރު ކުޅޭ މެޗުގައި ޓީސީ ކުޅޭނީ ޔޫވީއާ އެވެ. އެރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ކުޅޭނީ ސަސްއާ އެވެ. ބުދަ ދުވަހު ހަވީރު ގްރީން ސްޓްރީޓްސް ކުޅޭނީ އީގަލްސްއާ އެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި ވެލެންސިއާ ކުޅޭނީ މާޒިޔާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox