ގްރާންޑޭ ބަލިކޮށް ޓީސީން ދެ ވަނަ މޮޅު ހޯދައިފި

Jan 14, 2022, 12:55 PM
ލަނޑު ޖެހުމަށް ފަހު ޓީސީގެ ނަފްކޮ (ކ) އެ ޓީމުގެ ސާވީއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަނޑު ޖެހުމަށް ފަހު ޓީސީގެ ނަފްކޮ (ކ) އެ ޓީމުގެ ސާވީއާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން ސީޒަނުގެ ދެ ވަނަ މޮޅު ހޯދައިފި އެވެ.

ޓީސީން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ އީގަލްސް ބަލިކޮށްފަ އެވެ. އޭގެ ފަހުން ކުޅުނު ހަތަރު މެޗުން ބަލިވީ އެެވެ. މިއަދު ގްރާންޑޭ އަތުން މޮޅުވެ، ޓީސީ އޮތީ ހަ މެޗުން ހަ ޕޮއިންޓް ހަމަކޮށް ޕްރެޒިޑެންޓްސް ކަޕްގެ ލީގު ބުރުގެ ހަ ވަނައިގަ އެވެ. ފަސް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން 20 ސިކުންތު ތެރޭގައި ދަ ގްރާންޑޭ އަށް ލީޑުނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. ދަ ގްރާންޑޭގެ ފޯވާޑް އިސްމާއިލް ނަޒީހު އަށް ޓީސީގެ ކީޕަރު އާދަމް އިމްއާން ކައިރިން ނައްޓާފައި ވެސް ގޯލަށް ފޮނުވާލަން ޖާގަ ނުލިބި ފުރުސަތު ގެއްލުނީ އެވެ. މެޗުގެ 11 ވަނަ މިނިޓްގައި ގްރާންޑޭގެ ޖަޕާން މިޑްފީލްޑަރު ޔޫގޯ ކަވަބާޓާ ހުސްކޮށްލާފައި އެ ޓީމުގެ ޖަޒްލާން އާދަމަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު އިމްއާން ވަނީ މަތަކޮށްފަ އެވެ.

ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭގެ ފަހުން ޓީސީން ފުލުފުލުގައި އެޓޭކްތަކެއްކޮށް މެޗު ލީޑުނެގި އެވެ. އެ ޓީމަށް ލީޑުނަގައިދިނީ 14 ވަަަނަ މިނިޓްގައި ޕެނަލްޓީ އަކުން މުހައްމަދު ދާނިޝް އިބްރާހިމް އެވެ. މި ޕެނަލްޓީ އަކީ ދަ ގްރާންޑޭގެ އޭރިއާތެރެއިން އެ ޓީމުގެ މުސްރިފު މޫސާ ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަސް މިނިޓް ފަހުން އޭރިއާތެރެއިން ޓީސީގެ ތޮލާލް ނަސީރު (ތޮލް) ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު ހަމަޖެހިލާފައި ނަފްކޮ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި، ޓީސީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ 19 ވަނަ މިނިޓްގައި ނަފްކޮ އެ ބޯޅަ ގޯލަށް ފޮނުވާލިއިރު، ކައިރީގައި ދަ ގްރާންޑޭ ޑިފެންޑަރަކު ނެތެވެ.

އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ދަ ގްރާންޑޭގެ ސާބިއާގެ ޑިފެންޑަރު މާކޯ އިވަނޮވިޗް ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ޓީސީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 41 ވަނަ މިނިޓްގައި ތޮލް ޖެހި ގޯލުން ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. އަހުމަދު މާއިޝް ރަޝީދު (މާއި) ނެގި ހުރަހަކުން ތޮލް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީގެ ރިލްވާން (ކ) އާއި ސާދު (ވ) ކައިރިން ގްރާންޑޭގެ ޔޫގޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ ގްރާންޑޭ އިން ގޯލެއް ޖެހި އެވެ. ނަޒީހު ނަގައިދިން ހުރަހަކުން މުުސްރިފު މި ގޯލު ޖެހީ ތިރިތިރިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. ދެ ވަނަ ގޯލެއް ޖަހަން މެޗުގެ 61 ވަނަ މިނިޓްގައި މުސްރިފަށް ލިބުނު ފުރުސަތުން އޭރިއާތެރެއިން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރުންނެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއަރައި ދަ ގްރާންޑޭގެ ނައުޝް އަހުމަދަށް ހުސްކޮށް ލިބުނު ފުރުސަތެއްގައި ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ޓީސީ އަށް ދެ ވަނަ ހާފުގައި ގޯލު ޖަހަން މާ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވޭ ގޮތެއްނުވި އެވެ. ޓީސީ އަށް ލިބުނު އެއް ބޯޅައެއްގައި އެ ޓީމުގެ ޑިފެންޑަރު ހަސަން އީނާޒް ބޮލުން ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ޔުނައިޓެޑް ވިކްޓްރީ ހަތް ވަނައިގައި އޮތްއިރު، ސަސް އޮތީ ފަސް ވަނައިގަ އެވެ. ސަސް އަށް މިރޭ މޮޅުވެގެން ހަތަރު ވަނަ އަށް އެރެން އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox