ޕޮޒިޓިވްވާ މިހުންގެ އަލާމާތް ނެތްނަމަ ކަރަންޓީނު މުއްދަތު ހަތް ދުވަހަށް ކުރުކޮށްފި

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާންދާ މީހެއް: ބަލީގެ އަލާމާތެއް ފެންނަނަމަ ކަރަންޓީންގެ މުއްދަތު ނިމޭނީ އަލާމާތެއް ނުފެންނަތާ 24 ގަޑިއިރު ފަހުން ކަމަށް ވެސް އެޗްޕީއޭން ބުނޭ--- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ކޮވިޑަށް ޓެސްޓު ކުރުމަށް ސާމްޕަލް ނަގާންދާ މީހެއް: ބަލީގެ އަލާމާތެއް ފެންނަނަމަ ކަރަންޓީންގެ މުއްދަތު ނިމޭނީ އަލާމާތެއް ނުފެންނަތާ 24 ގަޑިއިރު ފަހުން ކަމަށް ވެސް އެޗްޕީއޭން ބުނޭ--- ފޮޓޯ: ހުސެން ޝަޔާހު/ އަދަދު

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ނަމަ ކަރަންޓީންވާންޖެހޭ މުއްދަތު ހަތް ދުވަހަށް ކުރުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ނިންމައިފި އެވެ.

އެޗްޕީއޭން ބުނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކަރަންޓީނުގައި ހުންނަ މުއްދަތު ސާމްޕަލް ނަގާ ދުވަހުން ފެށިގެން ހަތް ދުވަހުގެ މުއްދަތައް ކުޑަ ކޮށްފައިވާ ކަމަށެވެ.

އެ ހަތް ދުވަހުގެ މުއްދަތު ހަމަވުމުން ބަލީގެ އަލާމާތެއް ހުރިނަމަ، ކަރަންޓީނު ކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރުވުމުން ކަމަށްވެސް އެޗްޕީއޭން ބުނެ އެވެ.

Advertisement

ނަމަވެސް، އެޗްޕީއޭން ބުނީ ސާމްޕަލް ނަގާ ތާރީހުން ފެށިގެން ހަތް ދުވަސް ފުރިހަމަވުމާއެކު މަސައްކަތަށް ނުކުންނަންޖެހޭ ސިއްހީ ހިދުމަތްދޭ ތަންތަނާއި، މީހުން ބަލަހައްޓާ މަރުކަޒުތަކާއި ސްކޫލުތަކާއި ކިޔަވައިދޭ މަރުކަޒުތައްފަދަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާއަށް ނުކުންނަންވާނީ އެންޓިޖަން ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން ކަމަށެވެ.

އެންޓިޖަން ޓެސްޓު ހަދާނީ ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން އެންޓިޖަން ޓެސްޓު ހެދުމުގެ ހުއްދަ ދީފައިވާ ތަނަކުންނެވެ.

ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ މީހަކު ޕޮޒިޓިވްވާ މީހަކާ ކޮންޓެކްޓުވެ ކަރަންޓީނު ކުރާނީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަށެވެ. އެ 10 ދުވަސް ފުރިހަމަވުމުން، ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓުކުރުމަކާނުލައި ކަރަންޓީން ނިމޭނެ އެވެ.

ނަމަވެސް، އެ މީހަކު ކަރަންޓީނުވުމަށް އެޗްޕީއޭން އަންގާ ތާރީހުން ފެށިގެނެ ފަވަސް ފުރިހަމަވުމުން، ޕީސީއާ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވްނަމަ ކަރަންޓީން ނިމޭނެ އެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންނާ ވަކިން ކަރަންޓީނުގައި ތިބޭ ނަމަ އެވެ.

ވެކްސިން ފުރިހަމަނުވާ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ ނަމަ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވާ މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 14 ދުވަސް ކަމަށް އެޗްޕީއޭން ބުނެ އެވެ.

އެޗްޕީއޭން ބުނީ ވެކްސިން ފުރިހަމަ ނުވާ މީހުން ކަރަންޓީނުން ދޫކޮށްލެވޭނީ ވެސް 14 ދުވަސް ފުރިހަމަވުމުން ޕީސީއާރް ޓެސްޓު ހަދާ ނަތީޖާނެގެޓިވްވުމުން ކަމަށެވެ.

ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ކަމުގައި ބެލެވޭނީ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަދީފައިވާ ނުވަތަ ޑަބްލިޔުއެޗްއޯއިން އިމަޖެންސީ ޔޫސް ލިސްޓިންގައި ހިމަނާފައިވާ ވެކްސިނެއްގެ ކަނޑައެޅިފައިވާ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާނަމަ އެވެ.

އެޗްޕީއޭން ބުނީ މިހާރު ޕޮޒިޓިވްވެ ކަރަންޓީނުގައި ހުރި މީހުންނާއި އެ މީހުންގެ ކޮންޓެކްޓުން މިހާރުގެ އުސޫލުގެ މަތިން ޓެސްޓުގެ ނަތީޖާ ލިބިފައިވާނަމަ ކަރަންޓީނުވުން ނިމޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox