އަންކޮ، ކުރީގެ ފޯމުގައި ތަފާތު ދައްކާ ފަހަރެއް

Jan 12, 2022, 5:47 AM
އަންކޮ: މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންކޮ: މި ސީޒަނުގައި އަންނަނީ މޮޅު ކުޅުމެއް ދައްކަމުން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ވިދާލި އަންސަރު އިބްރާހިމް (އަންކޮ) އަކީ މީގެ 10 ވަރަކަށް އަހަރު ކުރިއަށް ބަލާއިރު، އެންމެ ހަލުވި ދުވެއްޔެއްގައި ކުރި އަރަމުން އައި ކުޅުންތެރިޔާ އެވެ. އެފްއޭއެމުން ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ތަފާތު ދެ ޓީމެއްގައި ހުރެ، ކާމިޔާބުކުރި އަންކޮ ވަނީ ގައުމީ ސީނިއާ ޓީމަށް ވެސް ކުޅެފަ އެވެ.

މިދިޔަ އަހަރުތަކުގައި ތަފާތު ސަބަބުތަކާ ހުރެ ކުރިން ދެއްކި އެންމެ ރަނގަޅު ކުޅުން އަންކޮ އަށް ނުދެއްކުނު ނަމަވެސް މި ސީޒަނުގައި ކްލަބް ގްރީން ސްޓްރީޓްސްގައި އަންކޮ އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ކޯޗު އަލީ ނިސްތާރު މުހައްމަދުގެ އިރުޝާދުގެ ދަށުން އަންކޮ މި ފަަހަރު ދައްކާ ކުޅުން ގިނަ ބަޔަކަށް ވަނީ ފާހަގަކުރެވިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިހާތަނަށް ގްރީން ސްޓްރީޓްސް އިން ވަނީ ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ އެވެ. އަންކޮ ވަނީ އެ ފަސް މެޗުގައި ޖުމްލަ ހަތަރު ގޯލު ޖަހައި ތިން ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން ދެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

"މިއީ 2017 ވަނަ އަހަރުގެ ސީޒަން ފެށިިއިރު، ހުރި ލެވަލާ ބަލާއިރު، އެންމެ ރަނގަޅަށް ސީޒަން ފެށުނު ފަހަރު،" މި ސީޒަން ފެށުނު ގޮތާ ބެހޭގޮތުން އުމުރުން 26 އަހަރުގެ އަންކޮ "އަދަދު" އަށް ބުންޏެވެ.

ސަސްގެ ސާމިރު (ވ) ކައިރިން ގްރީން ސްޓްރީޓްސްގެ އަންކޮ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންކޮ ވަނީ ސީޒަން ފެށި މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ގްރީން ސްޓްރީޓްސް އިން ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ގްރާންޑޭ މެޗަށް ފަހު މޮޅު ކުޅުންތެރިޔާގެ ގޮތުގައި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވެ، އަންކޮ ވަނީ ކޮވިޑް-19ގެ ތެރޭގައި ނުކުޅެ ހުންނަން އެ ޖެހުނު މުއްދަތުގައި ފިޓްނަސް ހިފަހައްޓަން ދިމާވި ގޮންޖެހުންތައް ކިޔައިދީފަ އެވެ.

ކްލަބް މޯލްޑިވްސް ފުޓްސަލް ކަޕްގައި އެލައިޑް ޓީމަށް ވެސް ކުޅުނު އަންކޮ ބުނީ ފުޓްސަލް ކުޅެގެން ފުޓްބޯޅައިގެ ފިޓްނަސް ނާންނާނެ ކަމަށާއި ޖެހޭނީ ރަނގަޅަށް ފުޓްބޯޅަ އަށް ފިޓްވާން މަސައްކަތް ކުރަން ކަމަށެވެ. އެ މަސައްްކަތް ކޮށްގެން އަންކޮ ހުރީ މި ސީޒަނުގައި ކުރީގެ ކުޅުން އަލުން ދެއްކުމުގެ އަޒުމުގަ އެވެ.

އީގަލްސްގެ ޔޫތު ޓީމުން ފެށިގެން ސީނިއާ ޓީމަށް ކުޅުނު އަންކޮ ވަނީ އެ ޓީމާ އެކު 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ. އީގަލްސް އަށް 2017 ވަނަ އަހަރުގެ ކުރީކޮޅުގައި ކުޅެފައި އަންކޮ، އެ ސީޒަނުގެ ފަހު ކޮޅުގައި ފެނުނީ ތިނަދޫ ފުޓްބޯޅަ ޓީމުންނެވެ. އޭގެ ޖެހިގެން އައި ސީޒަނުގައި 2018 ވަނަ އަހަރު ކްލަބް ވެލެންސިއާ އަށް ކުޅުނު އަންކޮ، ދެން ބަަދަލުވީ ށ. ފޯކައިދޫ ފުޓްބޯޅަ ޓީމަށެވެ.

އަންކޮ މިހާރު ކުޅެމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސް އަށް ބަދަލުވީ މިދިޔަ ސީޒަނުގަ އެވެ.

މިދިޔަ ސީޒަނުގައި އަންކޮގެ ކޮންފިޑެންސް އެންމެ ރަނގަޅު ލެވަލެއްގައި ނުފެނުނީ ގޯލު ޖަހަން ލިބޭ ފުރުސަތުތައް ބޭނުން ނުކުރެވޭތީ އެވެ. އެކަމަކު، މި ސީޒަނުގައި އެބައި ރަނގަޅުކޮށް، އަންކޮ ފެންނަނީ ކުރިއަށް ވުރެ ރަނގަޅު ރޫހެއްގައި ހުރި ތަނެވެ. ކުރިއަށް ވުރެ ރަނގަޅު ފޯމެއްގައި ކުޅޭތަނެވެ.

ނިއު ޒީލެންޑްގެ ރިކީ ހާބަޓްގެ ކޯޗުކަމުގައި 2015 ވަނަ އަހަރު ސީިނިއާ ގައުމީ ފުޓްބޯޅަ ޓީމުން ވެސް ޖާގަ ހޯދި އަންކޮ، މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު، ދެން އެންމެ އަވަހަށް ނަގާ ގައުމީ ސްކޮޑަކުން އަންކޮ އަށް ފުރުސަތު ދިނުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox