ފަގީރު ގައުމުތަކުގެ ދަރަންޏަށް ލުއި ދޭން ޗައިނާއިން ފުރިހަމައަށް ބައިވެރިވާން ޖެހޭ: ވޯލްޑް ބޭންކް

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މެލްޕާސް. -- ފޮޓޯ: އޭއެފްޕީ

ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މެލްޕާސް. -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން، އެމެރިކާ (ޖެނުއަރީ 12) - ފަގީރު ގައުމުތަކުގެ ދަރަންޏަށް ލުއި ދޭން ކުރާ މަސައްކަތުގައި ޗައިނާއިން ފުރިހަމައަށް ބައިވެރިވުމަށް ވޯލްޑް ބޭންކްގެ ރައީސް ޑޭވިޑް މެލްޕާސް ގޮވާލައްވައިފި އެވެ.

"އިންޓްރެސްޓް ރޭޓުތައް މަތިވާން ފެށުމާ އެކު ގިނަ ގައުމުތަކަށް މިހާރު ކުރިމަތިވެފައި ވަނީ ރެކޯޑު މިންވަރުގެ ބޭރުގެ އަދި އެތެރޭގެ ދަރަނި،" ވޯލްޑް ބޭންކްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާމްދަނީ ދަށް ގައުމުތަކުގެ 60 ޕަސެންޓަށް ދަރަނި ދެއްކޭނެ ގޮތެއް ނެތް އިރު، ތަރައްގީވަމުން އަންނަ ގައުމުތަކަށް ވެސް ދަރަނި ދެއްކުން ވަނީ ބުރައަކަށް ވެފަ އެވެ.

"މި ފެށި 2022 ވަނަ އަހަރު އެކަނިވެސް ގައުމުތަކުން ދަރަނީގެ ގޮތުގައި 35 ބިލިއަން ޑޮލަރު ދައްކަން އެބަ ޖެހޭ ބައިލެޓަރަލް އަދި ޕްރައިވެޓް ސެކްޓާގެ ކްރެޑިޓަރުންނަށް. އޭގެ 40 ޕަސެންޓު ދާނީ ޗައިނާއަށް،" މެލްޕާސް ވިދާޅުވި އެވެ.

"ދަރަނީގެ ލުއިދޭން ކުރާ ބައިނަލްއަގްވާމީ މަސައްކަތުގައި ޗައިނާއިން ފުރިހަމައަށް ބައިވެރިވުން ވަރަށް މުހިއްމު،" ޕްރައިވެޓް ސެކްޓާ އާއި ކޮމާޝަލް ކްރެޑިޓަރުން ވެސް ބައިވެރިވުން މުހިއްމު ކަމަށް ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

މެލްޕާސް ގޮވާލެއްވީ ނޮވެމްބަރު 2020 ވަނަ އަހަރު ޗައިނާ ހިމެނޭ ގޮތަށް ޖީ20 ގައުމުތަކުން އެއްބަސްވި ދަރަނި ރީސްޓްރަކްޗާ ކުރުމާ ބެހޭ "އާއްމު ފްރޭމްވޯކް" ތަންފީޒު ކުރުމުގެ މަސައްކަތް ހަލުވި ކުރުމަށެވެ.

"އާއްމު ފްރޭމްވޯކް"ގެ ދަށުން ދަރަނީގެ ލުޔަށް އެދޭ ގައުމުތަކުގެ ދަރަނި ކެންސަލް ކުރުމާއި ލުއި ދެވޭނެ ގޮތްތައް މަގުފަހިވެ އެވެ. އެއީ ކޮވިޑް ބަލިމަޑުކަން ފެށުމުން ގައުމުތަކުގެ ދަރަނި ފަސްކޮށްދިނުމުގެ ގޮތުން އެކުލަވާލި ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ފަހުން އެކުލަވާލި އޮނިގަނޑެކެވެ.

ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން ދަރަނިތައް އެންމެ ފުރަތަމަ ފަސްކޮށްދިނީ 2020 ވަނަ އަހަރުގެ ނިޔަލަށެވެ. އޭގެ ފަހުން 2021 ވަނަ އަހަރުގެ ނިޔަލަށް ފަސްކޮށްދޭން މުއްދަތު އިތުރުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox