މިއަދު 450 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

ރަށްރަށަށް ދިއުމަށް ޕީސީއާރް ހެދުމަށް ކިޔު ހަދާފައި: މިއަދު މާލެ ސަރަހައްދުން އެކަނި 192 މީހުން ވަނީ ޕޮޒިޓިވް ވެފައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރަށްރަށަށް ދިއުމަށް ޕީސީއާރް ހެދުމަށް ކިޔު ހަދާފައި: މިއަދު މާލެ ސަރަހައްދުން އެކަނި 192 މީހުން ވަނީ ޕޮޒިޓިވް ވެފައި-- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދިވެހިރާއްޖެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 454 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ހެލްޔު ޕްރޮޓެކްޝަން އެޖެންސީން މިރޭ ބުނެފި އެވެ.

އެޗްޕީއޭއިން އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުގައި މާލޭ ސަރަހައްދުން 192 މީހަކު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑްޖެހިފައިވެ އެވެ. އަދި މީހުން ދިރިއުޅޭ އެހެން ރަށްރަށުން 165 މީހަކަށް އެ ބަލި ޖެހިފައިވެ އެވެ. އަދި ރިސޯޓުތަކުން 74 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެ އެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ އެޗްޕީއޭޭއިން އިއްޔެ ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ. ވެކްސިންގެ ދެ ޑޯޒު ހަމަކޮށްފައިވާ މީހުން މާލޭ ސަރަހައްދުން ފުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ހަދަންޖެހެ އެވެ.

ވެކްސިން ނުޖަހާ މީހުންނަށް ފުރޭނީ 14 ދުވަހު ކަރަންޓީނުވުމަށްފަހު ޕީސީއާރް ޓެސްޓެއް ހަދައިގެނެވެ. އޭގެ ތެރޭގައި ވެކްސިން ނުޖެހޭ އުމުރުފުރައިގެ ކުދިން ވެސް ހިމެނެ އެވެ.

އޭގެ އިތުރުން، 50 ވުރެ ގިނަ މީހުން އެއްވެގެން ހަފްލާ ބޭއްވުން ވެސް ވަނީ މަނާކޮށްފަ އެވެ. އެއަށްވުރެ މަދުން މީހުން ބައިވެރިވެގެން ހަފްލާއެއް ބައިވެރިވާ ނަމަވެސް ގައިދުރުކުރުމާއި މާސްކު އެޅުން ފަދަ ގައިޑްލައިންތަކަށް ތަބާވާންޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox