ހުލާސާކޮށް އިއްޔެ: ބޮޑު ޓެރަރިސްޓެއް ކަމަށް ފުލުހުން ބުނާ އަލިމަނިކު ކޯޓުގައި ވާހަކަ ދެއްކުން

ބޮޑު ޓެރަރިސްޓެއް ކަމަށް ދައުލަތުން ބުނާ އަލިމަނިކު: އޭނާއަކީ ހިމަންދޫ މައްސަލައިގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މީހެއް -- އަދަދު ފައިލް

ބޮޑު ޓެރަރިސްޓެއް ކަމަށް ދައުލަތުން ބުނާ އަލިމަނިކު: އޭނާއަކީ ހިމަންދޫ މައްސަލައިގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި މީހެއް -- އަދަދު ފައިލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6، 2021 ގައި މާލޭގައި ދިން ބޮމުގެ ހަލަމާ ރޭވުމުގައި އިސްކޮށް އުޅުނު ކަމަށް ބުނާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކުގެ އޭނާގެ ދިފާއުގައި ކްރިމިނަލް ކޯޓުގައި ވާހަކަ ދެއްކީ އާދީއްތަ ދުވަހެވެ.

އަލިމަނިކު، 48، އަށް ފުލުހުން ކުރާ ތުހުމަތަކީ އަމަލީ ގޮތުން ބޮން ގޮއްވާލި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދުގެ ފަރާތުން ފެނިދާނެ ހެކި ފޮރުވަން މަސައްކަތް ކުރިކަމުގެ ތުހުމަތެވެ. ފުލުހުން ބުނެފައި ވަނީ، ރިމޯޓު ބޭނުންކޮށްގެން ބޮން ގޮއްވާލި ވަގުތު އަދުހަމް ލައިގެން ހުރި އަންނައުނު ފޮރުވީ އަލިމަނިކު ކަމަށެވެ.

މަޖީދީ މަގާއި ރައީސް ނަޝީދު ދިރިއުޅުއްވި ގ. ކެނެރީގެ ހުންނަ ގޯޅީގެ ކަންމަތީގައި ހުރި ސައިކަލެއްގައި ބޮން ހަރުކޮށްގެން ދިން އެ ހަމަލާ ރޭވުމުގައި ވެސް އަލިމަނިކު އިސް ރޯލެއް ކުޅުނު ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

އެހެންނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓު ޖަމާއަތް އައިސިސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ލާދީނީ ޓެރަރިސްޓު ފިކުރު ފަތުރަން ހަރަކާތްތެރިވިކަމުގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި އިއްޔެ ބޭއްވި ޝަރީއަތުގައި އަލިމަނިކު ތަކުރާރުކޮށް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރި އެވެ. އަދި އޭނާއަކީ ދައުލަތް ގަބޫލުކޮށް، ޖަމާއަތަށް ނަމާދަށް އަރާ މީހެއް ކަމަށާއި އޭނާއަކީ ހަރުކަށި ފިކުރު ގަބޫލުކުރާ މީހެއް ނޫން ކަމަށް ވެސް ކޯޓުގައި ބުންޏެވެ.

"އަޅުގަނޑު މީ 2017 ގައި އިނގޭތޯ ދައުލަތުގެ އިމާމެއްގެ ގޮތުގައި މިސްކިތުގައި މަސައްކަތް ކުރި މީހެއް. ކައިރި ގޭގޭގެ މީހުންނަށް އިނގޭނެ އިނގޭތޯ އަޅުގަނޑު ހުކުރަށް ދާ ތަނާއި ނަމާދަށް މިސްކިތަށް އަރާތަނާއި އެއްޗެހި، އަޅުގަނޑު ދަންނަ މީހަކަށް ވެއްޖިއްޔާ،" ދިފާއުގައި ވާހަކަ ދައްކަމުން އަލިމަނިކު ބުންޏެވެ.

އަލިމަނިކާ ދެކޮޅަށް ހެކިބަސް ދޭނެ ފަސް މީހެއްގެ ނަން ދައުލަތުން އޮތީ ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ އިތުރުން ފޮރެންސިކް ރިޕޯޓެއް ވެސް އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތު ކުރުމަށް ހުށަހަޅާފައިވެ އެވެ.

އަލިމަނިކުގެ ފަސްފަހަތް

އަލިމަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަނގުރާމަ ކުރި މައްސަލައިގައި މީގެ ކުރިން މެއި 15، 2008 ގައި 10 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައި ހުރި މީހެކެވެ. އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުގައި އެ ހުކުމް އިއްވަމުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ވިދާޅުވެފައި ވަނީ އަލިމަނިކަކީ ސަލާމަތީ ބާރުތަކާ ދެކޮޅަށް ހިންގި ކުރިމަތިލުމުގައި "ހަނގުރާމައިގެ މައިދާނުގައި" ހަރަކާތްތެރިވެފައިވާ މީހެއް ކަމަށެވެ. އެ ހާދިސާގައި ފުލުހުން ނަގާފައިވާ ވީޑިއޯތަކުން އޭނާގެ މޫނު ސާފުކޮށް ފެންނަ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވެފައިވެ އެވެ.

އެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުއްޓާ ދެ ފަހަރެއްގެ މަތިން އަލިމަނިކު ފިލި އެވެ. އެންމެ ފުރަތަމަ އަލިމަނިކު ފިލައިގެން އުޅެފައި ވަނީ ގދ. ތިނަދޫގަ އެވެ. އެއީ 2009 ވަނަ އަހަރުގެ ތެރޭގަ އެވެ. އެފަހަރު އޭނާ ހޯދައިގެން، ތިނަދުއިން ކަނޑު ބޯޓެއްގައި މާލެ ގެންނަނިކޮށް، ވ. ފެލިދޫ ކައިރިން ކަނޑަށް ފުންމާލައިގެން އަނެއްކާ ވެސް ފިލި އެވެ.

ދެން އޭނާ ހައްޔަރު ކުރީ ފިލައިގެން އުޅޭތާ އަހަރެއް ފަހުން 2010 ވަނަ އަހަރުގެ ތެރޭގައި ތިލަފުށިންނެވެ. ފުލުހުން އޭރު ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ ވަރަށް ބޮޑަށް ސިފަ ބަދަލުކޮށްގެން ފިލައިގެން އުޅެނިކޮށް ކަމަށެވެ.

"މީނާ ފިލައިގެން މި އުޅުނީ އާންމުންގެ ތެރޭގައި އާންމުންނާ އެކު. އެހެންވީމާ މިއީ ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމެއް،" ޖެނުއަރީ 5، 2010 ގައި އަލިމަނިކު ހައްޔަރު ކުރުމަށްފަހު ފުލުހުންގެ އޮފިޝަލަކު ބުނެފައިވެ އެވެ.

ރައީސް ނަޝީދުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރުމުގެ ކުރިން އަލިމަނިކު ހުރީ ރައީސުލްޖުމްހޫރިއްޔާގެ މައާފު ދިނުމަށްފަހު މިނިވަންކޮށްފަ އެވެ. އޭނާ ދޫކޮށްލީ އިސްލާހުވެފައިވާ ކަމަށް ބެލެވުމުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

މީގެ 14 އަހަރު ކުރިން އޮކްޓޯބަރު 7، 2007 ގައި ފުލުހުން ހިމަންދޫއަށް ދިޔައީ އެ އަހަރުގެ ސެޕްޓެމްބަރު މަހު ސަލްޓަންޕާކުގައި ބޮމެއް ގޮއްވާލައި 12 ޓުއަރިސްޓުން ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހޯދުމަށެވެ. އެ ރަށަށް ހިޖުރަކުރަމުންދިޔަ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންނާއި ފުލުހުންނާ ދެމެދު މައްސަލަ ޖެހުނީ މިސްކިތަކަށް ހަދައިގެން، "ދާރުލް ހައިރު" ގެ ނަމުން އެމީހުން ނަން ދީގެން އުޅުނު އައްޑާއެއް ފާސްކުރަން އުޅުމުންނެވެ.

ހިމަންދޫގައި އެ ދުވަހު ހިންގި ކުރިމަތިލުން ގާތްގަނޑަކަށް 48 ގަޑިއިރަށް ދެމިގެންދިޔަ އެވެ. އެންމެ ފުރަތަމަ އެ ރަށަށް ދިޔަ ފުލުހުންނަށް ހަމަނުޖެހުން ކޮންޓްރޯލް ނުކުރެވިގެން އިތުރު ބުރަކަށް ފުލުހުން އެ ރަށަށް ދިޔަ އެވެ. އެވަރުން ވެސް ކޮންޓްރޯލްނުވެގެން އެންމެފަހުން ސިފައިން ވެސް ހިމަންދުއަށް ފޮނުވި އެވެ. އެ ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުންނާއި ސިފައިންގެ 150 މީހުން ބައިވެރިވި އެވެ. އަދި ސަލާމަތީ ބާރުތަކާ ދެކޮޅަށް ޓެރަރިސްޓުންގެ 60 މީހުން ހަނގުރާމަ ކުރި އެވެ.

ފުލުހުން ހިމަންދުއަށް ދިއުމުގެ ކުރިން ހަރުކަށި ފިކުރުގެ މީހުން ތިބީ ކުރިމަތިލުމަކަށް ރަނގަޅަށް ތައްޔާރުވެގެންނެވެ. އެގޮތުން ތިބީ މޫނު ނިވާކޮށް، ހެލްމެޓު އަޅައި، ގައު އެއްކޮށް، ހަތިޔާރުގެ ގޮތުގައި ބޭނުންކުރުމަށް ދާވަނި ފަދަ ތަކެތި ހިފައިގެންނެވެ. އަދި ފަހުން ފުލުހުންނާއި ސިފައިންގެ އަތުން އަތުލި ޝީލްޑާއި މުގުރު ވެސް ސަލާމަތީ ހިދުމަތްތަކާ ދެކޮޅަށް ބޭނުންކޮށްފައި ވެއެވެ. އެ ހަމަނުޖެހުމުގައި ސަލާމަތީ ބާރުތަކުގެ 30 މީހަކަށް ވަރަށް ބޮޑަށް އަނިޔާވި އެވެ. އެކަކުގެ ކޮނޑާ ދިމާލުން މޭ މައްޗަށް ދާވަންޏެއް ހަރައިލި އެވެ. އަދި ސިފައިންގެ މީހަކު ރަހީނު ވެސް ކުރި އެވެ.

ހިމަންދޫގެ ހަމަނުޖެހުން ނިމުމަކަށް އައީ ފުލުހުންނާ ދެކޮޅަށް ހަނގުރާމަ ކުރި މީހުން އެންމެ ފަހުން އަމާން ދިނުމުންނެވެ. އެ މައްސަލައިގައި ޖުމްލަ 63 މީހަކު ފުލުހުން ހައްޔަރުކޮށް، 53 މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އަދި 47 މީހެއްގެ މައްޗަށް ކުށް ސާބިތުވި އެވެ. ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭގެ ތެރެއިން 18 މީހަކު 10 އަހަރަށް ޖަލަށްލުމަށެވެ. ބާކީ 29 މީހުންގެ މައްޗަށް އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ. ދެން ތިބި ފަސް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ ސަލާމަތްވީ އެވެ.

މުހިންމު ބައެއް ހަބަރުތައް

  • މާލޭ ސަރަހައްދުން ދަތުރުކުރާ ނަމަ ޕީސީއާރު ޓެސްޓެއް ހަދަން މަޖުބޫރުކޮށް، ގިނަ މީހުން އެއްވެގެން ހަފްލާތައް ބޭއްވުން ހެލްތު ޕްރޮޓެކްޝަން އެޖެންސީން މަނާކުރީ އިއްޔެ އެވެ. އާ އުސޫލުގައިވާ ގޮތުން މާލޭ ސަރަހައްދުން ދަތުރުކުރާ ނަމަ ޕީސީއާރު ޓެސްޓެއް ހަދަން މަޖުބޫރުވާނެ އެވެ. ވެކްސިން ނުޖަހާނަމަ ފުރޭނީ 14 ދުވަހު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޕީސީއާރް ޓެސްޓެއް ހަދައިގެނެވެ. އަދި 50 ވުރެ ގިނަ މީހުން އެއްވެގެން ހަފްލާތައް ބޭއްވުން ވެސް މިއަދުން ފެށިގެން މަނާވާނެ އެވެ.
  • މިއަދުން ފެށިގެން އިންޑިއާއަށް ދަތުރު ކުރާ އެންމެން އެ ގައުމުގައި ހަތް ދުވަހު ކަރަންޓީނުވާންޖެހޭ ގޮތަށް ހަމަޖެއްސީ އާދީއްތަ ދުވަހު އެވެ. އަދި ފުރުމުގެ 72 ގަޑިއިރު ތެރޭގައި ހަދާފައިވާ ޕީސީއާރް ޓެސްޓެއް ވެސް ދައްކަންޖެހޭނެ އެވެ. އޭގެ އިތުރުން އިންޑިއާއަށް އެތެރެވުމަށްފަހު ހަތް ދުވަަސްވަންދެން އަމިއްލަ ސިއްހަތު މޮނީޓާ ކުރަންޖެހޭނެ އެވެ.
  • "ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުމާބެހޭ ގަވާއިދު" އިކޮނޮމިކް މިނިސްޓްރީން ގެޒެޓު ކުރީ އިއްޔެ އެވެ. އެ ގަވާއިދުގެ ދަށުން އަލަށް ވިޔަފާރި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، ވިޔަފާރިކޮށްގެން އަހަރަކަށް ލިބޭނެ ފައިސާގެ އަންދާޒާ އާއި ލަފާ ކުރެވޭ މުވައްޒަފުންގެ އަދަދާއި އަހަރަކަށް ލިބޭނެ ކަމަށް ލަފާ ކުރާ ސާފު ފައިދާގެ މިންވަރު ބަޔާން ކުރަންޖެހެ އެވެ. ވިޔަފާރި ގިންތި ކުރާނީ އެ ޑޮކިއުމެންޓުތަކަށް ބެލުމަށްފަހު އެވެ.

ދުވަހުގެ ކަލަންޑަރު

މޯލްޑިވްްސް ނެޝަނަލް ޔުނިވާސިޓީ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސް ގުޅިގެން އުފެއްދި މޯލްޑިވްސް އޭވިއޭޝަން އެކަޑަމީގެ ކިޔެވުން މިއަދު އައްޑޫ ސިޓީގައި ފަށާނެ އެވެ. އެ ފްލައިން ސްކޫލަށް ޔުނިވާސިޓީގެ ފަރާތުން ދެ މިލިއަން ޑޮލަރު އިންވެސްޓު ކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. އެ އެކަޑަމީގެ ކިޔެވުން ފަށާއިރު އޭޝިއަން އެކަޑަމީ އޮފް އެރޯނޯޓިކްސް (އޭއޭއޭ) އިން ކޯސް ފުރިހަމަ ނުކުރެވުނު ދަރިވަރުން އެންރޯލްވުމަށް އިސްކަންދޭނެ އެވެ.

ދުވަހުގެ ކޯޓޭޝަން

އިދިކޮޅު ޕީޕީއެމްގެ ފަރާތުން ކުރިއަށްދާ "އިންޑިއާ އައުޓް" މުޒާހަރާގައި އަނިޔާވި މީހަކު ހޮސްޕިޓަލަށް ގެންދިއުމުން އެތަނުގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލަ ބެލުމަށްފަހު ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ:

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާ ހައްގެއް. [ނަމަވެސް] އާންމު ސިއްހަތުގެ މި ނާޒުކު ހާލަތުގައި، ހޮސްޕިޓަލުތަކާއި މި ނޫން ވެސް އާންމު ހިދުމަތް ފޯރުކޮށްދޭ ތަންތަނުގައި ހަމަނުޖެހުން އުފެދޭ ފަދަ އެއްވެސް ކަމެއް، އެއްވެސް ފަރާތަކުން ނުކުރުމަށް ގޮވާލަން. އަދި އެއްވެ އުޅުމުގެ ހައްގު ބޭނުން ކުރަންވާނީ ގާނޫނީ އިމުގެ ތެރެއިން އަނެކާގެ ހައްގަށް އިހުތިރާމްކޮށް. ކޮވިޑް ފެތުރެމުންދާ މި ނާޒުކު ހާލަތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެންމެހައި ފަރާތްތަކުން އަމަލު ކުރުމަށް ވެސް ގޮވާލަން.

ދުވަހުގެ ފޮޓޯ

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގައި މާޒިޔާގެ ފޯވަޑް ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ގޯލެއް ޖެހުމަށްފަހު އުފާ ފާޅުކުރަނީ: މާޒިޔާއިން ވިކްޓަރީ ބަލި ކުރީ 4-0 ގެ ނަތީޖާއަކުން. މާޒިޔާ ދެން ކުޅޭ މެޗުގައި ގްރީން ސްޓްރީޓް އަތުން މޮޅުވެއްޖެ ނަމަ މުބާރާތުގެ ފައިނަލަށްދާނެ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގައި މާޒިޔާގެ ފޯވަޑް ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ގޯލެއް ޖެހުމަށްފަހު އުފާ ފާޅުކުރަނީ: މާޒިޔާއިން ވިކްޓަރީ ބަލި ކުރީ 4-0 ގެ ނަތީޖާއަކުން. މާޒިޔާ ދެން ކުޅޭ މެޗުގައި ގްރީން ސްޓްރީޓް އަތުން މޮޅުވެއްޖެ ނަމަ މުބާރާތުގެ ފައިނަލަށްދާނެ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗުގައި މާޒިޔާގެ ފޯވަޑް ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ގޯލެއް ޖެހުމަށްފަހު އުފާ ފާޅުކުރަނީ: މާޒިޔާއިން ވިކްޓަރީ ބަލި ކުރީ 4-0 ގެ ނަތީޖާއަކުން. މާޒިޔާ ދެން ކުޅޭ މެޗުގައި ގްރީން ސްޓްރީޓް އަތުން މޮޅުވެއްޖެ ނަމަ މުބާރާތުގެ ފައިނަލަށްދާނެ -- ފޮޓޯ: އާއިމް ޒަމީރު/އަދަދު

ދިރާސާތަކުން ކިޔާލުމަށް

"ރިސާޗް އޮން ވިމެންސް އެކްސެސް ޓު ޖަސްޓިސް އިން ދަ މޯލްޑިވްސް"

މިއީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނުވަތަ ޔޫއެންޑީޕީގެ ފަރާތުން 2016 ވަނަ އަހަރު ރާއްޖޭގައި ކުރިއަށްގެންދިޔަ ދިރާސާއެކެވެ. ނަމަވެސް އެ ދިރާސާ ޝާއިއުކޮށްފައި ވަނީ ޖޫން 23، 2021 ގަ އެވެ. އަންހެނުންނަށް ރާއްޖޭގައި ކުރިމަތިވާ އަނިޔާތަކާއި އެ އަނިޔާތަކަށް އިންސާފު ހޯދުމަށް ހުރި ގޮންޖެހުންތައް އެ ދިރާސާގައި ފާހަގަކޮށްފައިވެ އެވެ. އަންހެނުންނަށް ކުރިމަތިވާ ހުރަސްތައް މައިގަނޑު ގޮތެއްގައި ކުރިމަތިވަނީ އަންހެނުންނަށް އިޖްތިމާއީ ގޮތުންނާއި އިގްތިސާދީ ގޮތުންނާއި ގާނޫނީ ނިޒާމު ރޭވިފައި އޮންނަ ގޮތުން ކަމަށް އެ ދިރާސާއިން ހޯދާފައިވެ އެވެ.

އެ ދިރާސާ ހަދަންޖެހުނީ، އަންހެނުންނަށް ކުރިމަތިވާ މައްސަލަތަކުގައި އެމީހުންނަށް އިންސާފު ހޯދަން ބަލާއިރު، ނިޒާމުގެ މައްސަލަތަކެއް ހުރި ކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި ޔޫއެންޑީޕީ ގުޅިގެން 2014 ވަނަ އަހަރު ހިންގި ލީގަލް އެންޑް ޖަސްޓިސް ސެކްޓާ ބޭސްލައިން ސްޓަޑީގައި ހާމަވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox