ތާލިބާން ފޮރިން މިނިސްޓަރުގެ ފުރަތަމަ ރަސްމީ ދަތުރު އިރާނަށް

ތާލިބާން ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ. -- ފޮޓޯ: އޭއެފްޕީ

ތާލިބާން ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ. -- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (ޖެނުއަރީ 8) - އަފްގާނިސްތާނުގެ ވެރިކަމަށް މިދިޔަ އޯގަސްޓު މަހު ތާލިބާނުން އައި ފަހުން ފޮރިން މިނިސްޓަރުގެ ފުރަތަމަ ރަސްމީ ދަތުރުގައި އިރާނަށް ހިނގައްޖެ އެވެ.

އެހެން ގައުމުތައް ފަދައިން އިރާނުން ވެސް މިހާތަނަށް ތާލިބާން ސަރުކާރު ރަސްމީކޮށް ބަލައިގެންފައެއް ނުވެ އެވެ. ދަތުރުގެ މަގްސަދަކީ ރެފިއުޖީންނާއި އިގްތިސާދާ ގުޅޭ މަޝްވަރާ ކުރުމެވެ.

"އަމާޒަކީ ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކާއި، ޓްރާންސިޓާއި ރެފިއުޖީންނާ ގުޅޭ މައްސަލަތައް އިރާނާއި އަފްގާނިސްތާނުން މަޝްވަރާ ކުރުން،" ތާލިބާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އަބްދުލް ގަހަރް ބަލްކީ ޓްވިޓާގައި ބުންޏެވެ.

މިހާރު ވެސް އެތައް މިލިއަން އަފްގާން ރެފިއުޖީން ދިރިއުޅެނީ އިރާނުގަ އެވެ. ތާލިބާނުން ވެރިކަމަށް އައުމާ އެކު ބޯޑަރު ހުރަސްކޮށް އިރާނަށް އެތެރެވޭ ރެފިއުޖީންގެ އަދަދުތައް ވަނީ އެތައް ގުނައެއް އިތުރުވެފަ އެވެ.

ތާލިބާން ވަފުދުގައި އިސްކޮށް ހުރީ ފޮރިން މިނިސްޓަރު އާމިރް ހާން މުއްތަގީ އެވެ. އޭނާ ވަނީ މީގެ ކުރިން ވެސް ނުރަސްމީކޮށް އިރާނުގެ އޮފިޝަލުންނާ ބައްދަލުކޮށްފަ އެވެ.

ތާލިބާނުން 1996 އިން 2001 އަށް ވެރިކަން ކުރިއިރު ވެސް އިރާނުން ރަސްމީކޮށް ތާލިބާން ސަރުކާރުން ބަލައިގެންފައެއް ނުވެ އެވެ. އިރާނުން ބުނެފައި ވަނީ ތާލިބާނުން ބަލައިގަނެވޭނީ އެންމެންގެ ބައިވެރިވުން ހިމެނޭ ސަރުކާރެއް ގާއިމްކުރުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox