ޓީސީ އަތުން މޮޅުވެ ގްރީން ސްޓްރީޓްސް އުންމީދުގައި

Jan 8, 2022, 5:55 PM
ޓީސީ އަތުން މޮޅުވެ ގްރީން ސްޓްރީޓްސް އުންމީދުގައި

ހަސަން ނަޒީމް ގާސިމް (ޗޯޓު)ގެ ހެޓްރިކާ އެކު، ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން 5-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މުބާރާތުގެ ފައިނަލަށް ދިއުމުގެ އުންމީދު ދަމަހައްޓައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުން ޖާގަ ލިބޭނީ ލީގު ބުރުގެ ގަދަ ދެ ޓީމަށެވެ. ލީގު ބުރުގެ އެއް ވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާ އެކު ވެލެންސިއާ އެވެ. ދެ ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓާ އެކު މާޒިޔާ އެވެ. މިރޭގެ މޮޅާ އެކު ގްރީން ސްޓްރީޓްސް އިން ވަނީ ފަސް މެޗުން 12 ޕޮއިންޓް ހަމަކޮށްފަ އެވެ.

ގްރީން ސްޓްރީޓްސް އިން ދެން ކުޅޭ މެޗުފައި ބައްދަލުކުރާނީ މާޒިޔާއާ އެވެ. މާޒިޔާ އިން މާދަމާ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)އާ ކުޅޭނެ އެވެ.

ގްރީން ސްޓްރީޓްސް އިން މިރޭ އެންމެ ފުރަތަމަ އެގާރައިގައި އަބްދުﷲ ޔާމީން (ޔާނު) ހިމެނި އެވެ. އެކަމަކު، ފަހު ވަގުތު ޔާނު އަށް ދިމާވި ކަމަކުން އޭނާގެ ބަދަލުގައި ޗޯޓު ކުޅެން އެރުވީ އެވެ. ޗޯޓު ވަނީ ހެޓްރިކެއް ހަދައި އެއް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.

ގްރީން ސްޓްރީޓްސް އަށް މިރޭ ލީޑުނަގައިދިނީ ވެސް ޗޯޓު އެވެ. މެޗުގެ 22 ވަނަ މިނިޓްގައި ޓީސީގެ ކީޕަރު އާދަމް އިމްއާން އަތުން ބޯޅަ ހޯދައި ގްރީން ސްޓްރީޓްސްގެ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒް ދިނީ އެ ޓީމުގެ އަންސަރު އިބްރާހިމް (އަންކޮ) އަށެވެ. އަންކޮ ފޮނުވާލި ބޯޅަ ޓީސީގެ ޑިފެންޑަރަކު ފައިގައި ޖެހިފައި ޗޯޓު އަށް ލިބުމުން އޭނާ ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ކައުންޓަ އެޓޭކުގައި ޓީސީން ވެސް ގޯލެއް ޖެހޭތޯ ބަލަމުންދިޔަ އެވެ. އެ ޓީމުގެ އެންމެ ކުރިއަށް ކުޅޭ ޒަޔާން ނަސީރު (ޒައްޔު) އަށް އެންމެ ރަނގަޅު ފުރުސަތެއް ގޯލަށް ޖަހަން ނުލިބެ އެވެ.

މެޗުގެ 27 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ އަންކޮ އަށް އެ ޓީމުގެ ލީޑުފުޅާކޮށްދޭން ރަނގަޅު ފުރުސަތެއް ލިބުނެވެ. ގްރީން ސްޓްރީޓްސްގެ ކީޕަރު ހުސެއިން ޝިފާދު މުހައްމަދު ސައްޕު ޖަހައި ފޮނުވާލި ބޯޅަ އަންކޮ އަށް މުޅިން ހުސްކޮށް ގޯލަށް ފޮނުވާލަން ލިބުމުން އޭނާ ޖެހި ބޯޅަ އަމާޒުވީ ޓީސީގެ ކީޕަރު އިމްއާން އަތަށެވެ. އޭގެ 10 މިނިޓް ފަހުން ގްރީން ސްޓްރީޓްސް އިން ދެ ވަނަ ގޯލު ޖެހި އެވެ. މުނޯޒް ހުސްކޮށްލާފައި އަންކޮ އަށް ދިނުމުން އޭނާ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި ޖައްސާލީ ހުސްކޮށް ހުރި ޗޯޓު އަށެވެ. ޗޯޓު ވަނީ ތިރިތިރިން ގޯލުގެ ތެެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ޓީސީން ދެ ވަނަ ހާފްގައި ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅެން ފެށި އެވެ. އެ ގޮތުން މި ހާފުގެ ފުރަތަމަ ފުރުސަތު ތަނަވަސްކުރީ ވެސް އެ ޓީމުންނެވެ. މެޗުގެ 54 ވަނަ މިނިޓްގައި ޓީސީގެ މުހައްމަދު ދާނިޝް އިބްރާހިމް އޭރިއާތެރެއިން ޖެހި ބާރު ބޯޅަ ކީޕަރު ޝިފާދު ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން އޭރިއާތެެރެއިން ދާނިޝް ޖެހި ބޯޅަ ވެސް ހުއްޓުވީ ކީޕަރު ޝިފާދު އެވެ. އެކަމަކު، ތިން ވަނަ ފަހަރު ލިބުނު ފުރުސަތުން ދާނިޝް ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 66 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ކައިރިން ނައްޓާފައި ދާނިޝް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރުކަނަށެވެ.

ގްރީން ސްޓްރީޓްސްގެ ޗޯޓު މެޗުގެ 68 ވަނަ މިނިޓްގައި އެ ޓީމަށް ގޯލެއް ޖަހައިދިން ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. ޓީސީ އަށް އެއްވަރުކޮށްދޭން މެޗުގެ 77 ވަނަ މިނިޓްގައި އެ ޓީމުގެ އަޒްމާން އަހުމަދު ވަނީ ރަނގަޅު ހަަމަލާއެއް ފޮނުވާލައިފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަޒްމާން އޭރިއާ ރޮނގުކައިރިން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ގްރީން ސްޓްރީޓްސް އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ 86 ވަނަ މިނިޓްގަ އެވެ. މި ގޯލު ޖެހީ އަންކޮ އެވެ. ޓީސީ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި މުނޯޒް ދިން ބޯޅަ އަކުން އަންކޮ ޖެހި ބޯޅަ ގޯލަށް ވަނީ ޓީސީގެ ޑިފެންޑަރު ހަސަން އީނާޒް ފައިގައި ޖެހިފަ އެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ޗޯޓު ވަނީ ގްރީން ސްޓްރީޓްސްގެ ހަަތަރު ވަނަ ގޯލު ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ޗޯޓު މި ގޯލު ޖެހީ ކީޕަރު އިމްއާން ކައިރިން ނައްޓާފައި ގޮހެވެ. އަދި އޭގެ ދެ މިނިޓް ފަހުން ޗޯޓު ހުސްކޮށްލާފައި ނަގައިދިން ހުރަހަކުން އަންކޮ ބޮލުން ގޯލެއް ޖަހައި ގްރީން ސްޓްރީޓްސްގެ ފަސް ވަނަ ގޯލު ޖެހި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox